އާންމު ފަރާތަކުން ފުލުހަށް ހަވާލުކުރި 100 ރުފިޔާގެ ވެރިފަރާތް ހޯދަނީ

Loading

Facebook
Twitter
WhatsApp

 

އާންމު ފަރާތަކުން ފުލުހަށް ހަވާލުކުރި 100 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ އެ 100 ރުފިޔާއަކީ  މި މަހު 24 ވަނަ ދުވަހު ހެންވޭރު ސަހަރާކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރުފިޔާ ކަމަށެވެ.

ފުލހުން ވަނީ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. މި މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 502294 އެވެ.

އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޗގަށް ހާޒިރުވެ ފައިސާ އާއި ހަވާލުވުމަށް ވެސް ފުލުހުން އެދެއެވެ.

މީގެ އިތުރުންވެސް ފުލުހުންވަނީ އެ ކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް އިއުލާން ކޮށްފައެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

 

ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވާ ތަކެއްތި :

އޮކްޓޯބަރ 22 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރާޒުވާ ބޯޑުތަކެއް. އިންސިޑެންޓް ނަންބަރ 502020

އޮކްޓޯބަރ 25 ވަނަ ދުވަހު ކަނޑިދޮންމަނިކު ހިނގުމުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ނޮކިޔާ ބްރޭންޑުގެ މޯބައިލް ފޯނެއް. ރުފިޔާ. އިންސިޑެންޓް ނަންބަރ 502328

އޮކްޓޯބަރ 25 ވަނަ ދުވަހު ސޯސަންމަގު ގެއަކުން ވައްކަންކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބުރުމާ ބެޓެރިއަކާއި، އަތު ރޮންދާއަކާއި ތިން ފައިވާން. އިންސިޑެންޓު ނަންބަރ: 502356

އޮކްޓޯބަރ 25 ވަނަ ދުވަހު ހެންވޭރުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހޮޅިބިޑި ގޯންޏެއް. އިންސިޑެންޓު ނަންބަރ: 502404

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް