ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

 

 

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގާތްގަޑަކަށް 100 އެއްހާ މީހުން ދިރިއުޅޭ 6.3 ހެކްޓަރުގެ ކުޑަ މިރަށުގެ ގޮޑުދޮށް ހިމާޔަތްކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

9.16 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 3.5 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެމްޓީސީން ބުނީ ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 40 މީޓަރުގެ ސަރަހައްދެއްގައި ހުރަސް ތޮށިލާނެކަމަށެވެ. އަދި 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ރަކީދޫގެ އާބާދީ އަކީ 370 މީހުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅެނީ 100 އެއްހާ މީހުންނެވެ. ރަށުގެ ގިނައަދެއްގެ މީހުން އެހެން ރަށްރަށުގައި ދިރިއުޅެމުންދާއިރު އެރަށް ވެފައިވަނީ ފަތުރުވެރިންނަށް ހާއްސަ ރަށެއްގެ ގޮތުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް