މީދޫ އިސް މެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

އައްޑޫ ސިޓީ މީދޫގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝިއަލް ސާވިސް ކޮމިޝަނުން ( ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީ ތައްޔިބަށް ފިޔަވަޅު އެޅުމަށް ނިންމީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން މައްސަލައިގައި ގޮތެއް ނިންމިއިރު އޭނާ އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނާ މައްސަލަ އެއް ބެލުމަށް ފަހުއެވެ.

މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތައްޔިބުގެ މައްޗަށް އަޅާ ފިޔަވަޅުގެ ގޮތުގައި ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށެވެ.

އެ ކޮމިޝަނުން އެ ގޮތަށް ނިންމެވީ ސެޕްޓެމްބަރު 29 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ މީދޫ އިސް މެޖިސްޓްރޭޓާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައިގައި ސުލޫކީ ފިޔަވަޅު އަޅަން ނިންމާފައިވަނީ މީދޫ ކޯޓުން ބެލި މައްސަލައެއްގައި ދައުވާ ރައްދުވާ ފަރާތް ”ގޭގައި“ ބަންދުކޮށްފައި ބެހެއްޓުމަށް ކުރި އަމުރަކީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ކުރި އަމުރެއްކަމަށް ވާތީ ކަމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭކަމަށް ފަނޑިޔާރަށް ފެންނަ މީހަކު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ފަނޑިޔާރަށް ލިބިދޭ އިހުތިޔާރެއް ނޫނެވެ. އެ ގާނޫނު އޮތްގޮތުން މީހަކު ބަންދުގައި ބެހެއްޓޭނީ ކަސްޓޯޑިއަލް ނުވަތަ ރިމާންޑް ޖަލެއްގަ އެވެ.

ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ ކަމަށް ފެންނަ ހާލަތުތަކުގައި ގޭގައި ބަންދުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަމުން ގެންދިޔަ އުސޫލެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް