ގާނޫނު އަސާސީ އިސްލާހުކުރަން މަސައްކަތްކުރަނީ ގިނަ ބަޔަކު އެކަމަށް އެދޭތީ: ނަޝީދު

Loading

Facebook
Twitter
WhatsApp

 

ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ގިނަ ބަޔަކު އެކަމަށް އެދޭތީކަމަށް ގާނޫނު އިސްލާހުކޮށްގެން ވެރިކަމުގެ ނިޒާމް ބަދަކޮށް ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

 

މަޖިލީހުގެ ޖަލްސާ މިއަދު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީ އިސްލާހުކުރަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރައްވާފައިވާނެ ކަމަށާ އެކަން ކުރައްވަނީ އެކަމަށް ގިނަ ރައްޔިތުން އެދެމުންދާތީ ކަމަށެވެ.

 

”ޕާޓީތަކާ ބައްދަލުކުރި އެންމެ ބޮޑު އެއް ސަބަބަކީ އެކިއެކި ފަރާތްތަކުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެދި މަޖިލީހުގެ އިދާރާއަށް އެބަ ހުށަހަޅާ އަދި މަޖިލީހުގެ އިދާރާގައި އެބަ އެދޭ“ ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި ގާނޫނު އަސާސީ އިސްލާހު ކުރުމާމެދު މަޝްވަރާކުރައްވާފައެވެ.

އެގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ވެސް ނަޝީދުވަނީ ބައްދަލުކުރައްވާފައެވެ.

ރައިސް ނަޝީދު މިއަދު  ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތްކުރާނަމަ އެންމެ ބުއްދިވެރި ގޮތަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން އެމަސައްކަތް ކުރުންކަމަށެވެ.

އެމަނިކުފާނު ގަބޫލު ކުރައްވާގޮތުގައި ގާނޫނު އަސާސީ އިސްލާހުކޮށް ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމީ ހުރިހާ ރައްޔިތުންނަށް ފައިދާވާނެގޮތެވެ.

ނަމަވެސް  ސިޔާސީ ބައެއް ފަރާތްތަކުން ހާމަކުރާގޮތުގައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ވާހަކަ ރައީސް ނަޝީދު ދައްކަވަނީ އަމިއްލަ އެދުމާއިގެންނެވެ.  އެއީ ބަރުލަމާނީ ނިޒާމަކަށް ރައްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަމުގެ އެމަނިކުފާނު ވަޑައިގަތުމުގެ ބޭނުމުގައެވެ.

Loading

2 Responses

  1. ގާނޫނު އަސާސީ އިސްލާޙް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަން ޖެހިވަޑައިގަންނަވާނީ:
    1. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރަން އަދި އެބޭފުޅުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ދިވެހިންގެ ފެންވަރަށް ދަށްކުރުމާއެކު އެއީ އެމެމްބަރުން ކަނޑައަޅުއްވާ އެއްޗެއްގެ ގޮތުގައި ނުބޭއްވުން.
    2. ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އަދި އަދަދު ކަނޑައެޅުން
    3. ކައުންސިލް ތަކުގެ މެމްބަރުންގެ އަދަދު މަދުކުރުން
    4. ސިޔާސީ ޕާރޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާދޭންނުޖެހޭ ގޮތް ހެދުން

  2. އަދީބު ހުޅުމާލޭ ޕެންޓް ހައުސްގައި ބަހަށްޓައި އެމްއެމްޕީއަރސީގެ ޚިޔަނާތުގެ ބައިވެރީންގެ ގޭސްގަޑު އަނބުރަނީވެސް ބަޔަކު އެދޭތީ. ދެންވެރިކަމަށް އާދެވޭނެ ހަނިގޮތަކީ ވެރިކަމުަގެ ނިޒާމު މިހާރަށްވުރެވެސް ފަސޭހައިން ގަނެ ވިއްކޭނެ ނިޒަމަކުންކަމަށްވާތީ އަނެއްކާ އެންމެންކައިރީ ސަލާމްޖަހަން ފެށީއެވެ. ލަދު ހަޔާތް ނެތުމާއި އަބަދު ހަމަހޭގައި ހުންނަން ނުޖެހުމަކީ ދުނިޔޭގައި އުޅެން ފަސޭހަގޮތެއްވެސްމެއެވެ. ހަރުގޭގައި ތިބާގެ ގޮޅާބޯ ރަން 30 އަހަރުގެ ބާނީއަކަށްވެ އެލަވަވެސް ޖެހީނޫންހެއްޔެވެ. ވެރިކަމުގެ ބޫތުގައި ތިބާ ކޮންމެކަމެއްވެސް ކޮށްފާނެއެވެ. އާއެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް