މާލޭގެ މަގުތައް ތޮއްޖެހުން

މާލޭގެ މަގުތައް ތޮއްޖެހި ފިތިބާރުވާ މައްސަލައަށް ޙައްލެއް ފެންނާނެ ބާވައެވެ! ގްރޭޓަރ މާލެއަކީ އިންތިހާއަށް މީހުން ގިނަވެ ތޮއްޖެހިފައިވާ ސިޓީ އެކެވެ. ރާއްޖޭގައި ވެރިކަން ކުރަނީ މި ސިޓީގައެވެ. އަދި މުޅިރާއްޖޭގެ ވިޔަފާރީގެ މައި މަރުކަޒަކީ ވެސް ހަމަ މާލެ ސިޓީއެވެ. އެހެންކަމުން އޮފީސްތަކަށާއި ވިޔަފާރި ކުރުމަށް ދުވާލަކު އެވްރެޖްކޮށް ލައްކައެއްހާ މީހުން އަބަދުވެސް މަގުތަކުގައި ޙަރަކާތް ތެރިވަމުން ދެއެވެ. މީގެ ތެރެއިން ގިނަމީހުން އުޅެނީ ވެހިކަލް ތަކުގައެވެ. މާލެ ސިޓީގެ މަގެއްގެ ފުޅާމިނުގައި 30 ފޫޓު […]
ބަލިފަތުރާ ޖަރާސީމެއް މީހުންގެ ތެރެއަށް ދޫކޮށްލުމުން ދެންވާނީ ކިހިނެއްކަން އެނގެންޖެހޭނެ

ރާއްޖޭގައި އާލާވަމުން އަންނަ ހަރުކަށި ފިކުރުގެ މީހުން ޖަލުތަކަށް ލައި ޖަލުތަކުގައި ތިބި ޒުވާނުންގެ ސިކުނޑިދޮވެލާފައި އެވަނީ ސަރުކާރުތަކުގެ އިހުމާލުންނެވެ. މުޑުދާރު ބައްޔެއް ޖެހިފައިވާ މި މީހުން ޖަލުތަކުގެ ގޮޅިތަކަށް ލަނީ އެގޮޅިއެއްގެ އިމާމެއްގެ ގޮތުގައެވެ. ޖަލުތަކާ ހަވާލުވެގެން ތިއްބަވާ ވެރިންގެ ނަޒަރުގައި ހަރުކަށި ފިކުރުގެ މީހުންނަކީ ދީންވެރި ބައެކެވެ. އަދި އެކިއެކި ކުށްކުށުގައި ޖަލަށް ލާފައި ތިބޭ ޒުވާނުންގެ ތެރެއަށް މި ނުރައްކާތެރި މީހުން ލަނީ އެޒުވާނުން އިސްލާހުކުރުމުގެ ނިޔަތުގައެވެ. އަޅުގަނޑު ޖަލުގައި އޮތް އިރު […]
ސިޔާސީ ކޯޅުމުގެ ތެރެއަށް ސަލާމަތީ ބާރު ތަކުން ވަނުމަކީ ގައުމީ މަސްލަހަތަށް ހުރި ނުރައްކަލެއް

އަންނަ ރިޔާސީ އިންތިޚާބާ ކައިރިކޮށް އައު ޕާޓީތައް އުފެދި 2012 ވަނަ އަހަރު އެމް.ޑީ.ޕީ. ގެވެރިކަން ވައްޓާލުމުގައި ބައިވެރިވި އެންމެން އެކުވާނެ ކަމަށް ބައެއް ސިޔާސީ ފަރާތް ތަކުން ބުނާތީ އިވެއެވެ. އެގޮތުން އެމް.ޑީ.ޕީ.ގެ ވެރިކަން ވައްޓާލުމުގެ އެއް މޭސްތިރި ކަމަށް ބައެއް މީހުން ބުނާ ކާނަލް ނާޒިމް ޕާޓީއާ އިސްވެ ދެންނެވުނު ފަރާތްތައް ގުޅޭނެ ކަމަށްވެސް ދަނީ އަޑު ފެތުރެމުންނެވެ. ކާނަލް ނާޒިމަކީ އެމް.އެން.ޑީ.އެފްގެ އިސްފަރާތްތަކާ ގުޅުން އޮންނަ އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ […]
ޖާބިރު މޮޔަވީތަ؟

ރައްޔިތުންންގެ މަޖިލީހުގެ ކ. ކާށިދޫ ދާއިރާ ގެ ޢިއްޒަތްތެރި މެންބަރު އަދި ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޯނަރ މަޝްހޫރު ވިޔާފާރިވެރިޔާ ޢަބުދު ﷲ ޖާބިރު މޮޔަވީބާވައޭ ބުނެ ވަރަށް ގިނަ ބަޔަކު ސުއާލު ކުރަމުން އެނބަދެއެވެ. ޖާބިރު މޮޔަވީބާވައޭ ބުނެ މީސްމީހުން ސުއާލު އުފައްދަނީ އޭނާ މާލޭގެ މަގުމަތީގައާއި ރައްޔިތުންގެ މަޖިލީހުގެ ދޮރޯށި ކައިރީގައި އިށީންނަވައިގެން މޮޔައިން އުޅޭ ގޮތަށް އުޅުއްވާތީ ފެނުމުންނެވެ. ޢަބުދު ﷲ ޖާބިރަކީ ވަރަށް ޅަ ޢުމުރުގައި މާލެ ވަޑައިގެން […]
މަރު ކޮމިޝަން ކޮބައިހެއްޔެވެ؟

އެމްޑީޕީ ކޯލިޝަންގެ ވެރިކަން ވުޖޫދަށް އައީ އިންސާފު ނުލިބި މާޔޫސްވެފައި ތިބި އެތައް ރައްޔިތުންގެ ހިތްތަކަށް އުންމީދީ ކުލަ ހުވަފެން ދައްކަމުންނެވެ. ގެއްލިފައިވާ މީހުންނާއި ޝަހީދު ކޮށްލެވިފައިވާ މީހުންނާއި ދަންޖެހިގެން މަރުވެފައިވާ ގޮތްނޭގޭ މަރުތަކަށް އިންސާފު ވައުދުތަކާއެކުގައެވެ. މިކަންކަމުގެ އެންމެ އަޑިއަށް ދެވޭވަރުގެ ޓީމުތައް އެކުލަވާލުމަށްފަހު އަތްފުނާ އަޅަމުން ދާ ވާހަކަ އެކިފަހަތުމަތިން ފަންވަތްތަކުގައި އެކި ސުރުޚީ އެޅެމުން، ޚަބަރެއް ނުވަމުން ގޮސް، އެންމެ ފަހުން މަރުކޮމިޝަން އޮބާލީތޯ ރައްޔިތުން އެބަ ސުވާލު އުފައްދައެވެ. ދާފިފަހުން މަރުކޮމިޝަންގައި […]
ދިޔަދޫއަކީ ނާމާން ކިއްލާއެއް: މަރުތަކުގެ ސިއްރެއް ނުހޯދުނު

https://sandhaanu.today/13335/ އާ ގުޅޭ …. ސިފައިންގެ މަސައްކަތުން އެއިން އެންމެ މީހެއްގެ ޚަބަރެއް ވެސް ނުވުމުން މަސައްކަތް ހުޓާލިތާ ހަފްތާއެއް ފަހުން ރަތަފަންދޫ ހަތަރު މީހުން ދަތުރުކުރި ދޯނި ފެނުނު އިރު ދޯނި އޮތް ފަޅުރަށް މާރެހާއާ ޖެހިގެން އޮންނަ ގެމަނަފުށީގެ ފަރުމަތިން އެދޯނިން ދަރުކުރި މީހަކު އަނދެގެންހުރި މުންޑުފެނުނެވެ. މި މުންޑު ފެނުމުގެ ކުރިން މާރެހާ ކަނޑުއޮޅިއާ ވަރަށް ކައިރިން ދަތުރު ކޮށްފައި މަހަށް ދިޔަ ގެމަނަފުށި ދޯންޏެއްގެ ބަޔަކަށް މާރެހާއާ ގުޅިފައިވާ ރާނަން ބޭނުންކުރާ […]
ދިޔަދޫއަކީ ނާމާން ކިއްލާއެއް: އެ ހަތަރު މީހުންގެ މަރުގެ ސިއްރު ….؟

https://sandhaanu.today/13295/ އާ ގުޅޭ …. ދިޔަދޫގެ ފިތުނައިގެ ވާހަކައާއި ސިހުރުގެ ވާހަކައާއި ފަޅުވެ ދިޔަގޮތުގެ ވާހަކައަކީ ދައްކައި ކޮޅުންލާނެ ވާހަކައެއް ނޫނެވެ. ރައީސް އަލްމަރުޙޫމް މުޙަންމަދު އަމީންގެ ވެރިކަމުގައި ދިޔަދޫގެ މަގުހެއްދެވިއެވެ. އެދުވަސްވަރު ދިޔަދޫގައި ހުންނެވި ވެރިއެއްގެ ސަބަބުން ރަށުގެ ތަރަޢްގީއަށް ކޮންމެވެސް ކުރިއެރުންތަކެއް ލިބިގެންދިޔައެވެ. މުޅި ދިޔަދޫ ބިނާވެފައިވަނީ ހަތަރު ޢާއިލާއެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނޭ ބޮޑު ދެ ޢާއިލާއަކީ ރަށުގެ އެންމެ ތަނަވަސް ދެ ޢާއިލާއެވެ. ޢިލްމީގޮތުންވެސް މިދެންނެވި ދެ ޢާއިލާއަކީ ރަށުގެ އެންމެ […]
ދިޔަދޫއަކީ ނާމާން ކިއްލާއެއް: ދިޔަދޫ ފަޅުވެ ދިޔައީ ކީއްވެ؟

ރައީސް މައުމޫނުގެ ޒަޢާމަތުގައި ރާއްޖޭގެ އާބާދީ ކުޑަ ރަށްރަށުން އާބާދީ ބޮޑު ރަށްރަށަށް މީހުން ބަދަލު ކުރެއްވުމަށް ރޭއްވެވި ޕްލޭންގެ ދަށުން ހުވަދު އަތޮޅު ދިޔަދޫ މީހުންވަނީ އެތައް ރަށަކަށް ބަދަލު ކޮށްފައެވެ. މައުމޫނުގެ ވެރިކަމުގައި ދިޔަދޫން މީހުން ބަދަލުކުރަން ހަމަޖެހި ބައެއް މަސައްކަތް ފަށްޓަވާފައިވީ ނަމަވެސް އެރަށުން މީހުން ބަދަލު ކުރުމުގެ ޢަމަލީ މަސައްކަތް ކުރެވުނީ ރައީސް ނަޝީދުގެ ވެރިކަމުގައި2009 ވަނަ އަހަރުގެކުރީ ކޮޅުގައެވެ. ދިޔަދޫ ގެ ޢާއިލާތައް ބަދަލު ކުރެވުނު ރަށްރަށުގެ ތެރޭގައި، އެ […]
ރާއްޖޭގެ ސިޔާސީ ކޯޅުން ގަދަވެ ރައްޔިތުންގެ މެދުގައި ފިތުނައިގެ އަލިފާން ރޯވަނީ

ވާން އުޅޭގޮތް ނޭނގުނަސް މުސްކުޅިން ބުނެއުޅެނީ ވަމުން ވަމުން އަންނަ ގޮތުގެ މައްޗަށް ވިސްނާލުމުން ދެން ވާނީ ކިހިނެއްކަން އެނގިގެން ދާނެ ކަމުގައެވެ. ރައީސް މައުމޫނަށް ޕީޕީއެމް ގެއްލުނު ގޮތަށް ރައީސް ނަޝީދަށް އެމްޑީޕީ ނުގެއްލި ވެސް ހިނގައިދާނެއެވެ. ކޮންމެއަކަސް ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އެވެ. އެހެން އޮތުމުން ރައީސް ޔާމީނު ޕީޕީއެމް ނެންގެވި ގޮތަށް ރައީސް އިބޫ އަށްވެސް ބޭނުންފުޅިއްޔާ އެގޮތަށް […]
މިނިމަމް ވޭޖް ކަނޑައެޅުން ބޮނޑު ނަގުލަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މެނިފެސްޓޯއިން ވަޒީފާއަދާ ކުރާފަރާތްތަކަށް ވަރަށް ފޮނި އުންމީދު ތަކެއް އާވެގެން ދިޔައެވެ. އެހެނަސް ވެރިކަމަށް ތިން އަހަރު ފުރެމުންދާއިރު އަދިވެސް ފެންނަނީ ކޮންމެވެސް ބަހަނާއަކުން އެންމެ ކުޑައުޖޫރަ ކަނޑައެޅުން މެނިފެސްޓޯގައި އޮތް ގޮތަށް ހަގީގަތަކަށް ނުވެ، ލަސްކުރަމުންދާ ތަނެވެ. ކަނޑަނޭޅިގެންދާތަނެވެ. އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލު މިނިމަމް ވޭޖޭ ވިދާޅުވެ ދޭތެރެދޭތެރެއިން ކޮންމެވެސް އެއްޗެކޭ ވިދާޅުވާނެއެވެ. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބަހަނާއެއްގެ ވާހަކައެވެ. ނުކުރެވި ހުރި ގިނަ ކަންތައްތައް ކޮވިޑް-19އަށް […]