ދިޔަދޫއަކީ ނާމާން ކިއްލާއެއް: މަރުތަކުގެ ސިއްރެއް ނުހޯދުނު

1872

https://sandhaanu.today/13335/  އާ ގުޅޭ ….

ސިފައިންގެ މަސައްކަތުން އެއިން އެންމެ މީހެއްގެ ޚަބަރެއް ވެސް ނުވުމުން މަސައްކަތް ހުޓާލިތާ ހަފްތާއެއް ފަހުން ރަތަފަންދޫ ހަތަރު މީހުން ދަތުރުކުރި ދޯނި ފެނުނު އިރު ދޯނި އޮތް ފަޅުރަށް މާރެހާއާ ޖެހިގެން އޮންނަ ގެމަނަފުށީގެ ފަރުމަތިން އެދޯނިން ދަރުކުރި މީހަކު އަނދެގެންހުރި މުންޑުފެނުނެވެ. މި މުންޑު ފެނުމުގެ ކުރިން މާރެހާ ކަނޑުއޮޅިއާ ވަރަށް ކައިރިން ދަތުރު ކޮށްފައި މަހަށް ދިޔަ ގެމަނަފުށި ދޯންޏެއްގެ ބަޔަކަށް މާރެހާއާ ގުޅިފައިވާ ރާނަން ބޭނުންކުރާ އުވަދަވާ ހުރާގަޑުން މިނިއަނދާ ފާޑުގެ ވަހެއްދުވި ކަމުގެ މަޢުލޫމާތެއް ދިނުމާ މިދެންނެވި މުންޑާ ގުޅުން ހުރިކަމަށްވެ، ސިފައިންގެ ޓީމެއް ދިޔަދޫއަށް ގޮސް މައްސަލަ ތަހުގީގު ކުރަން ފެއްޓެވިއެވެ.

ބުނެވޭ ގޮތުގައި ރަތަފަންދޫ ހަތަރު މީހުން ކޮށައި އުވަވަޅަށް ލައި އަންދާލީއެވެ. މިމައްސަލަ ތަހުގީގު ކުރަމުން ދިޔަ އިރު މައްސަލައިގެ ހެކިން ވީ މަސްދޯންޏެއްގެ އިންޖީނު އެޅުމަށްޓަކާ މާލެ ދާން ފުރާފައެވެ. މި ދޯންޏަށް ސިހުރު ހެދުމުގެސަބަބުން ދޯންޏާއި ދޯނިން ދަތުރުކުރި 19 މީހުންގެ ޚަބަރެއް އަދިއަދަށްދާނދެނންވެސް ނުވެއެވެ. މީރަށުގައި ވާހަކަ ފެތުރުނު ގޮތެވެ.

ދޯންޏަށް ސިހުރު ހެދުން

ކަނޑުހުޅުދޫ މަސްދޯންނެއްގެ ކަފު ޖަހައިގެން ދިޔަދޫ މަސްދޯނީގެ އިންޖީނު އެޅުމަށްޓަކާ 19 މީހުންނާއެކު މާލެދާން ފުރި ރޭ އެހަފްތާގައި އެރަށުން މަރުވި މީހެއްގެ މަހާނަ ކޮނުނެވެ. މަހާނަ ކޮނުނު އުމުރުން 17 އަހަރުގެ ކުއްޖާގެ މާހާނަ ކޮންނަމުންގޮސް ސަންދޯކުގެ މަތީގައި ސިހުރުވެރިޔާ ދިން ކިހާއް ބެހެއްޓުމާއެކު ސަންދޯކުގެ ތެރެއިން އަލިވެ އިވުނު އަޑަށް މަހާނަ ކޮނުނު ކުއްޖާ ސިއްސައިގެންގޮސް ޝޮކެއް ލިބުނެވެ. އޭރު ސިހުރުވެރިޔާ މަހާނަ ކައިރީގައި ވަކި ހިސާބެއްގައި ހުރެ އޭނާގެ މަސައްކަތް ފުރިހަމަ ކުރިއެވެ. ޖެހިގެން އައިރޭ ހުވަދު އަތޮޅު ވިގިލިން ދިޔަދޫ ދޯނި ހުވަދޫ ކަނޑަށް ނުކުމެ ލާމު އަތޮޅަށް މިސްރާބު ޖެހިއެވެ. ކަނޑުހުޅުދޫ ދޯނީގެ ކަފުގައެވެ. ކޮންމެއަކަސް އެރެއަށް ފަހު ދޯނީގެ ޚަބަރެއް ނުވެއެވެ. ލަކުޑި ކޮޅެއްހާ މިންވަރުވެސް ނުފެނުނެވެ. ރަތަފަނދޫ ދޯނިން ގެއްލުނު މީހުންގެ މައްސަލަ ރިޕޯޓުރި މީހާއާއި އެކަމަށް ހެކިދޭން ތިބި މީހުންވެސް މި ދޯނީގައިވެއެވެ. އެހެންކަމާ އެކު މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ނުވިއެވެ.

ސިފައިންގެ ޓީމުވެސް މާލެދާން ފުރައިފިއެވެ. އޭގެ ޒަމާންތަކަށް ފަހު ރަތަފަންދޫ މީހުން މަރާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތަކުން އޭނާގެ އަނބިމީހާގެ އިސްތަށިގަނޑު ފޮރަޔަކުން ޖަހައި ބުރިކުރަމުން ބުނީ ރަތަފަންދޫ މީހުނަށް ހެދިގޮތަށް ހަދާފާނަމެވެ. މިކަން ބަޔަކަށް އެނގުމާއެކު އަނެއްކާވެސް މައްސަލަ ބެލުމަށްޓަކާ ކުރިންވެސް ތުހުމަތު ކުރެވެމުނު އަށް މީހުން މާލެގެނެސް އަނދަގޮޑި ޖަހައި އަހުވަދެއްކި އެވެ. އެކަމަކު އެކަކުވެސް އެއްބަސްނުވިއެވެ.

ކޮންމެ އަކަސް ރަތަފަންދޫ ދޯނި ރަހީނުކުރި މީހުންގެ ޝަރީޢަތް ފެށިގެންގޮސް އެންމެނަށް ހުކުމް އިއްވައިފިއެވެ. އެކި މީހުންނަށް އެކިވަރަށެވެ. އަށް އަހަރު، ހަ އަހަރު، ހަތަރު އަހަރު، މި ރޭޓުން ހުކުމްކޮށް އެންމެން އަރުވާލިއެވެ. އޭގެ ދެމަސް ފަހުން އިވުނީ އެ އަށް މީހުނަށް މަޢާފް ދެއްވި ތަނެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ފަންޑިތައިގެ ބާރެވެ.

މަހާނަ ކޮނުނު ކުއްޖާ

މުޙައްމަދު ހަނީފް އޭގެފަހުން މާލެ ދިޔުމަށް ކަނޑުމައްޗަށް އެރުމާއެކު ކުރިންވެސް ލިބުނު ޝޮކުޖެހެން ފެށުނެވެ. އެ ދަތުރު ނިންމާލުމަށް ފަހު ދިޔަދޫއަށް ދިޔައެވެ. މަހާނަ ކޮނުނު ރެއަށް ފަހު ހަނީފު ނިދަނީ ގަމީސް ލައިގެންނެވެ. އެކަމާ އޭނާގެ އަންހެނުން ސުވާލު ކުރުމުން ބުނިކަމަށް ވަނީ މޭމަތީގައި އަލިކޮޅެއް އިންނާތީ ކަމުގައެވެ. ހަނީފު މާލެއިން އައިސް ރޭގަނޑަކަށްފަހު ދެމަފިރިން ދިޔައީ މަދިރިގެއެއް ދޮވުމަށްޓަކާ މޫދަށެވެ. ދިޔަވަރު ވަރަށް ތިލައެވެ. ގޮނޑުދޮށުގައި މަދިރިގެ ތަޅައި ނިމިގެން ވެލި ފިލުވާލުމަށްޓަކާ ހަނީފު މޫދަށް އެރުނެވެ. ކަކޫތާފެނުގައި މަދިރިގެއިން ވެލި ފިލުވާލުމަށްފަހު ކަކޫތާފެނުގައި ފީނައިގެން ހަނީފު އޮށޯތެވެ. އެތެއް އިރެއްވީ އިރުވެސް ހަނީފު ނުތެދުވީމާ އޭނާގެ އަންހެނުން ކައިރިއަށް ގޮސް ތެދުކުރަން އުޅެއުޅެ ތެދުނުވީމާ ދަމާފައި ގޮނޑުދޮށުން އެއްގަމަށް އެރުވުނު ވަރަކަށް އަރުވާފައި މީހުން ދިރިއުޅޭ

ހިސާބަށް ދުވެފައި ގޮސް ޚަބަރު ދިނުމުން މީހުން އައިސް ހަނީފު ނަގައިގެން ގެންގޮސް، އަތޮޅު ސިއްހީ މަރުކަޒަށް ގެންދިއުމަށްޓަކާ މަސް ދޯޏެއްގައި ފުރައިގެންގޮސް އެއަތޮޅު ދާންދުއާ ހަމަވިތަނާ ހަނީފުގެ ފުރާނަ ހިނގައްޖެއެވެ. ހަނީފް މަރުވީއެވެ.

ދިޔަދޫ: ސިއްރުން ފުރިގެންވާ އެތައް މަރެއް ރަށުގައި ހިނގާފައިވޭ

ރަތަފަންދޫ މީހުން މަރާލިކަމަށް ތުހުމަތު ކުރެވޭ އަށް މީހުން

މީގެތެރޭގައި ހިމެނޭ ދެ މީހުން އެއްރޭ ފަތިހު ވަދާ ދިޔައެވެ. ދޯނީގައި ދިޔައީ ޖުމްލަ ތިން މީހުންނެވެ.

ރަށުގެ ފުއްޓަރުފަރާތު ފަރުކައިރިން ރިޔަލުގައި ވަދު އަޅަމުން ގޮސް ގެނަފުށީގެ ދެކުނުން އޮންނަ ކޮޑަފެހެލަ މުއްޔާ ހިސާބުން އައިކޮޅިގަނޑެއްގައި ޖެހި ދޯނި ބަންޑުން ޖަހާލިއެވެ. މި ދޯނީގެ ޚަބަރެއް ނުވެގެން އުޅެނިކޮށް ވަދާ ދިޔަ އެ ދެ މީހުންގެ ބޮޑުބޭބެ ފަޅުރަށަކަށް ލައްގައިފިއެވެ. އޭނާ ހޭވެރިކަން ވީ އޭގެ އަނެއްދުވަހު އެވެ. އެއީ ގެމަނަފުށްޓާ އެއްފަޅެއްގައި އޮންނަ ފަޅުރަށަކަށް ވާތީ ދިޔަވަރު ހިކުނު ވަގުތު އޭނާ ގެމަނަފުށްޓަށް ގޮސް ޚަބަރު ދިނުމާ ގުޅިގެން އަނެއް ދެމީހުންނާ ދޯނި ހޯދުމުގެ މަސައްކަތް ދިޔަދޫގެ ރައްޔިތުންނާއި ސިފައިންނާ ޑައިވިން ޓީމުތަކުން ކޮށްގެން ވެސް އެދޯންޏާއި އެމީހުންގެ ޚަބަރެއް މިއަދާ ހަމައަށްވެސް ވަނީ ނުވެފައެވެ.

ސިއްރުތަކުން ފުރިފައިވާ މި ބިރުވެރި ކާރިސާ ތަކަށްފަހު، ތުހުމަތުގެ އިނލި ދިއްކުރެވުނު ހަތަރުވަނަ މީހާ އެއްރޭ ދަންވަރު ގޮނޑުދޮށަށް ނަނުއެއްލަން ދިޔައެވެ.

ހެނދުނު ވީއިރުވެސް އޭނާ އެނބުރި ގެއަކަށް ނާދެއެވެ. ހެނދު މީހުން ހޭލައިގެން އޭނާ ހޯދުމުގެ މަސައްކަތް ކޮށް ނުފެނުމާ ގުޅިގެން ސިފައިންނަށް އަންގައިގެން ސިފައިންގެ ޑައިވިން ޓީމަކާއެކު ދިޔަދުއަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ކުރިއެވެ. ގެއްލުނު މީހާ މަސްވެރިކަމު ދިޔައިރު ގެންދިޔަ ބޮޑު ރަތް ބާލިދީއާ އޭނާ އަލިކުރަން ގެންދިޔަ ޓޯޗު ރަށުގެ ގޮނޑު ދޮށަށް ލައްވެފާއޮއްވާ ފެނުނެވެ. އޭނާ ގެންދިޔަ ނަނާ އޭނާގެ އެއްވެސް ޚަބަރެއް މިއަދާ ހަމައަށްވެސް ވަނީ ނުވެފައެވެ.

ދިޔަދޫން މީހުން ބޭލުމުގެ ވާހަކަ ސަރުކާރުން އިޢުލާނު ކުރުން

މި ޚަބަރު ވެގެން ދިޔައީ ދިޔަދޫ ރައްޔިތުންނަށް ތަޙައްމަލު ނުވި ޚަބަރަކަށެވެ.

ސިހުރުވެރިން ބުންޏެވެ. ތިމަންނާމެން ދުނިޔޭގައި ތިއްބާ ރަށުން މީހުން ނުބޭލޭނެއެވެ. އެކަންވީ ހަމައެގޮތަށެވެ. ކޮނޑޭ މީހުންނާ އެކު ދިޔަދޫ މީހުން ބަދަލުކުރަން ކުރި އިޢުލާނުގެ ދަށުން 1969ވަނަ އަހަރުގެ ކުރީކޮޅު ކޮނޑޭ މީހުން ދާންދުއަށް ބަދަލު ކުރިއެވެ. އެހެނަސް ދިޔަދޫ މީހުން ގަބޫލު ނުވެގެން ސަރުކާރަށް އެކަން ނުކުރެވުނެވެ.

ކޮންމެއަކަސް ދިޔަދޫގައި އޭރު ތިބި ސިހުރުވެރިން ދުނިޔެ ދޫކުރުމާ ގުޅިގެން ގިނަދުވަސްތަކެއް ނުވެ، ރަށުން މީހުން ހުސްވާން ފެށުމުން ސަރުކާރުން ދިޔަދޫ މީހުން ބަދަލު ކުރެވުނީ 2009 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ނިމުނީ

 

5 ހިޔާލުތައް

  1. ދިޔަދު އާއިބެހޭ ގޮތުން ތިޔަ އާޓިކަލް ލިއުނީ އުފަން ދިޔަދޫގެ މީހެކެވެ.އޭގައިވަނީ ވަރަށްބޮޑަށް ހަގީގަތާއި ޚިލާފް ވާހަކަތަކެއް.
    ވަރަށް ގިނަމީހުންގެ ހައްގުުތަކަށްވަނީ އަރައިގަނެވި ގައި.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ