ސިޔާސީ ކޯޅުމުގެ ތެރެއަށް ސަލާމަތީ ބާރު ތަކުން ވަނުމަކީ ގައުމީ މަސްލަހަތަށް ހުރި ނުރައްކަލެއް

253

އަންނަ ރިޔާސީ އިންތިޚާބާ ކައިރިކޮށް އައު ޕާޓީތައް އުފެދި 2012 ވަނަ އަހަރު އެމް.ޑީ.ޕީ. ގެވެރިކަން ވައްޓާލުމުގައި ބައިވެރިވި އެންމެން އެކުވާނެ ކަމަށް ބައެއް ސިޔާސީ ފަރާތް ތަކުން ބުނާތީ އިވެއެވެ. އެގޮތުން އެމް.ޑީ.ޕީ.ގެ ވެރިކަން ވައްޓާލުމުގެ އެއް މޭސްތިރި ކަމަށް ބައެއް މީހުން ބުނާ ކާނަލް ނާޒިމް ޕާޓީއާ އިސްވެ ދެންނެވުނު ފަރާތްތައް ގުޅޭނެ ކަމަށްވެސް ދަނީ އަޑު ފެތުރެމުންނެވެ.

ކާނަލް ނާޒިމަކީ އެމް.އެން.ޑީ.އެފްގެ އިސްފަރާތްތަކާ ގުޅުން އޮންނަ އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކޯނީ ރިޕޯޓުގައިވާ ކަންކަން ތަންފީޒުނުކުރައްވަވައި، މިދެންނެވި އެމް.ޑީ.ޕީ.ގެ ވެރިކަން ވައްޓާލުމުގެ ބައިވެރިން ޙިމާޔަތް ކޮށްދެއްވި ފަރާތް ވެސް މެއެވެ. އަދި އެ ޙަރަކާތުގައި ބައިވެރިވި ފުލުހުންގެ މަށްޗަށް ވެސް ވަނީ ފިޔަވަޅު ނައަޅުއްވައެވެ. އެހެން ކަމުން މިދެންނެވި އެންމެން ކަހަލަ ގޮތަކަށް މަގާމުގައި ދެމި ތިއްބެވިއިރު، މި ފެށެން އުޅޭ ސިޔާސީ ކޯޅުމުގެ ތެރެއަށް އެފަރާތްތަކުން ނުވަންނާނޭ ކަމުގެ ޔަގީންކަން ރައްޔިތުން ބޭނުންވާނެ ތާއެވެ!

މިހާރު ވެސް ވަގުންނާއި ބަޣާވާތް ތެރިން އެކުވެ، އޭރު ހިންގާފައިވާ އެތަކެއް ޖަރީމާތައް ވަނީ ބެލޭނެ ގޮތް ނުވެފައެވެ، ރައްޖޭގެ އާބާދީ ކުޑަކަމާއެކު ވާދަވެރި ސިޔާސީ ޕާޓީތައް ގިނަކަމުން ގިނަ ސިޔާސީ ޕާޓީތަކެއް އެކުވެގެން މެނުވީ އެއްވެސް ފަރާތަކަށް ވެރިކަން ލިބޭނެ ގޮތެއް ނުއޮވެއެވެ. އުފެދޭ ސުވާލަކީ މިގައުމުގައި ހިންގާފައި ވާ ގާނޫނާޚިލާފް ބޮޑެތި މައްސަލަތައް ނުބެލިގެންވެސް އެ އުޅެނީ ސިޔާސީ ޕާޓީ ތައްގިނަވީމާ ހެއްޔެވެ؟

ކުރިން ހެދިފައިވާ ކޯލިޝަން ސަރުކާރުގެ ތެރެއިން އަނިޔާ ލިބުނު ޕާޓީ ތަކުގެ އިސް ވެރިން މިސަރުކާރުގެ ތެރެއަށް ވަދެ މައްސަލަތަކުގެ އިންސާފަށް ހުރަސް އަޅާތީ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ ރައްޔިތުންގެ މަޖީލީހުން މިކަން ޙައްލުވާނެ ގޮތެއް ރައްޔިތުންނަށް ހޯދާދޭން އެބަޖެހެއެވެ. އާބާދީއާ ނުބައްދަލު ގިނަޕާޓީ ތައް އުފެދިގެން އައުމުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ ނުފޫޒު މީގެ ކުރިން ވެސް އޮތީ ސިޔާސީ ޕާޓީ ތަކަށް ފޯރާފައެވެ. މިއީ ރައްޔިތުން އެދޭނެ ގޮތެއް ނޫނެވެ.

ޕާޓީއެއް އުފައްދައި ވުޖޫދުވާން މަދުވެގެން ބައި ލައްކައެއްހާ މެންބަރުން ނެތީ ވިއްވިއްޔާ އިތުރުވާ ޕާޓީތަކުގެސަބަބުން ގެއްލިގެން ދާނީ ގައުމީ އެއްބައި ވަންތަކަމެވެ. ޕާޓީތައް ގިނަވި ވަރަކަށް ވެރިކަމަށް އައުމަށް އެކުވާން ޖެހޭ ޕާޓީ ތައް ވެސް ގިނަވާނެއެވެ. ވިހި ތިރީސް ޕާޓީ އެކުވެގެން ގެނެވޭ ވެރިކަމުގެ އުނދަގޫ އެންމެ ބޮޑު ވާނީ ރައްޔިތުންނަށެވެ. މިގައުމުގެ އާބާދީގެ ނިސްބަތަށް ބަލާއިރު ހަތަރު ޕާޓީއަށްވުރެ ގިނަ ޕާޓީ މިރާއްޖޭގައި އޮތުމަކީ ގައުމީ މަސްލަހަތު ފުށުއަރާނެ ކަމެކެވެ. ބިލިޔަނަކަށް ވުރެ މީހުން ގިނަ އިންޑިޔާގައި ވެސް ކޮންމެ ދެމަފިރިއަކަށް ޕާޓީއެއް ނުހަދައެވެ. މިއީ ދިވެހީން ވެސް ވިސްނާލަން ވެއްޖެ ކަމެއް ނޫންހެއްޔެވެ؟

ކާނަލް ނާޒިމް: ސިޔާސީ ޕާޓީއެއް އުފައްދަވައި އިންތިޚާބަށް ތައްޔާރުވެވަޑައިގަންނަވަނީ

މި ރާއްޖޭފައި ކުރިން އޮތީ ދެފިކުރެވެ. މިހާރު އެފިކުރުތައް ތިނަކަށް ބަދަލުވެފައި ވީނަނަވެސް އަދިވެސް ގިނައީ އިސް ވެ މިދެންނެވި ދެ ފިކުރުގެ މީހުންނެވެ. ސިޔާސީ ޕާޓީތައް ގިނަވުމަކީ ދައުލަތަށްވެސް ބާރު ބޮޑު ކަމެކެވެ. ކޯލިޝަން ސަރުކާރު ރައްޔިތުން ބޭނުނެއް ނޫނެވެ. ބަޔަކު ހޭ ހުސްވަންދެން މުޒާހަރާކޮށް މަރުދަން ޖެހިގެން އިންތިޚާބުގެ ފުރަތަމަ ބުރުން ދެވަނަ ހޯދީމާ ދެއަތް އުރާލައިގެން ތިބެފައި އޭގެތެއަށް ވަދެގެން ވެރިކަން ކާމިޔާބު ވާ ގޮތަށް އޮތުމަކީ ހަމަޖެހޭ ގޮތެއްނޫނެވެ. މި ރާއްޖޭގައި މިހާރުވެސް ޕާޓީތައް މާގިނައެވެ. ޕާޓީތައް އުފެއްދުމަށް ވެސް 50000 ހާސް މީހުންގެ ސޮއި އޮނަން އެބަޖެހެވެ. ނޫނީ އުފެދިގެން ދާނީ ފިތުނަ އުފައްދާ ޕާޓީ ތަކެކެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ގާނޫނު ބަދަލުކޮށް ގައުމުގެ ހަމަޖެހުން ގާއިމު ކުރުމަކީ ސަރުކާރުގެ މައްސޫލިއަތެކެވެ. މިހާރު ވެސް ރާއްޖޭގައި އުފެދިފައި ހުރި ގިނަ ޕާޓީތަކުގައި ގާނޫނުގައި ބުނާ މިންވަރަށް މެންބަރުންނެއް ނެތެވެ. މިކަންކަން ބެލެހެއްޓެނީ އެއްވެސް ނޫނެވެ. ވީއިރު ޕާޓީތައް އުފައްދާށޭ ކިޔައިގެން މި ޖަހަނީ ދެން ކޮންސަކަރާތެއް ހެއްޔެވެ؟ މިހާ މީހުން މަދު އިރު ވިހި ތިރީސް ޕާޓީ އުފައްދައިގެން ރައްޔިތުންނަށް ވާނީ ކޮން ފައިދާއެއްތޯ ވެސް އެނގެން ވާނެއެވެ. ނޫނީ ރިޔާސީ އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯދާ ބޭފުޅަކަށް ވެރިކަން ދެއްވާށެވެ. ވޯޓުގެ % 50 އިންސައްތަ ވޯޓް ހޯދައިގެން ވެރިކަން ލިބޭ ގޮތަށް އޮންނަންޏާ ޕާޓީތައް މަދުކުރަން އެބަޖެހެއެވެ. މިހާރު މިއޮތް ގޮތަށް ގާނޫނު ބަދަލު ނުކޮށް ކޯލިޝަން ވެރިކަން ކުރުމަކީ ރިޔާސީ ނިޒާމުގެ ސިފަ އެއް ނޫނެވެ. އެހެން ކަމުން ވެރިކަމުގެ ނިޒާމު ވެސް ޖެހޭނީ ބަދަލު ކުރާށެވެ. ރިޔާސީ ނިޒާމަކީ ކޯލިޝަން ހަދައިގެން ވެރިކަން ކުރާ ނިޒާމެއްވެސް ނޫނެވެ.

މިފަހަކަށް އައިސް ސިފައިންނާ ފުލުހުން ސިޔާސީ ވުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ހިއްތަކުން އެފަރާތް ތަކަށް ދެވިފައިވާ ގަދަރާއި އިޙުތިރާމާއި އިތުބާރު ވަނީ ގެއްލިފައެވެ. ފުލުހުންނާއި ސިފައިން ސިޔާސީވެ ޓީވީ ޗެނަލް ތަކުގެ މައްޗަށް އަތް ގަދަކޮށް ބައެއް ސިޔާސީ ޕާޓީތަކުގެ ހަރުގެތަކަށް ވަދެ އެތަންތަން ލޫޓުވައި ސުންނާފަތި ކުރިމަންޒަރު ރައްޔިތުން ވަނީ ގާތުން ބަލާފައެވެ. ކަން މިހެން ހުރުމާއެކު ސިފައިންނާ ފުލުހުން ސިޔާސީ ކޯޅުން ތަކުގެ ތެރެއަށް ވަދެ ގައުމުގެ ގެ މަސްލަހަތު ނަގާލުމަކީ އެމުއައްސަސާތަކުގެ އިތުބާރު ގެއްލިގެން ދާ ސަބަބު ކަމުގައި ވާނެއެވެ.

 

 

2 ހިޔާލުތައް

    • ޔޭސް ފަހަލަ ވަރަށް ރީދޫހުން ޖެހިފަ ހުންނާނީ ޚާއްސަކޮށް އަބަދު ހަމަހޭގައި ހުންނާކަށް ނުޖެހޭނޭ ހިނދުކޮޅު އަންނަވަގުތުވެސް އަންނާނޭ ބުނާ މީހާ އާއިއެކު އަބަދުވެސް ފަހަލަ ހުންނާނީ. އެހެނަސް ލިޔުންތަށް ފާސްވާވަރަށްވުރެވެސް ރަނގަޅުކަމަށްފެނޭ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ