އަނބިމީހާ އާއި ފިރިމީހާ ހަމަހަމަ ވާނެތޯއެވެ؟

ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ އަދަބު އަޚުލާޤުގެ ވާހަކަ އާއި ފިރިމީހާ އަނބި މީހާއަށް އަދާ ކުރަން ޖެހޭ ވާޖިބު ތަކާއި އަނބި މީހާ ފިރިމީހާއަށް އަދާކުރަން ޖެހޭ ވާޖިބުތަކަކީ މިހާރުގެ ޒުވާނުން ނަށް ވަރަށް ބޮޑަށް އޮޅިފައި ވާ ކަންކަމެވެ. އިސްލާމް ދީނުގައި ދެމަފިރިންނަކީ ހުޅަނގުގެ ތަހުޒީބުގެ ތެރެއިން އެފެންނަ އުޞޫލް ތަކަށް ތަބަޢަވާ ބަޔަކަށް ވެއްޖެ ނަމަ ދުވަސް ކޮޅަކުން ފެންނާނީ ވަރިކުރުމުގެ އިޚުތިޔާރު ވެސް އަނބިމީހާއަށް ލިބިގެން ދާ ތަނެވެ. އިސްލާމް ދީން […]
ރައްޔިތުންނަށް ހައްގު ހޯދައި ދޭން އުޅޭނީ ކޮންބައެއް؟

ރާއްޖޭގައި މުޒާހަރާ ތަކުގައި ބައިވެރިވި ބައެއް ފަރާތްތަކަށާއި ސަރުކާރަށް ފާޑު ކިޔައިހެދި ބައެއް މީހުންނަށާއި ސަރުކާރުގެ އަނިޔާވެރި ޚުދު މުޚުތާރު ޢަމަލުތަކުގެ ވާހަކަ ނޫސްތަކުގައާއި މަޖައްލާ ތަކުގައި ޝާއިޢު ކުރި ފަރާތްތައް ޖަލަށްލައި ޖިސްމާނީގޮތުންނާއި މާއްދީގޮތުން ބޮޑެތި އަނިޔާތައް ދީފައި ވެއެވެ. އޭގެ ސަބަބުން ޢާއިލާތައް ރޫޅި ދިރިއުޅުމަށްޓަކާ ކުރަމުން ދިޔަ މަސައްކަތް ބަރުބާދު ވެފައިވެއެވެ. އިގުތިސާދީ ގޮތުންނާއި އިޖްތިމާޢީގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން ”ހުކުރު“ މަޖައްލާ، ”ސަންދާނު“ މަޖައްލާ، ”މިނިވަން“ ނޫހުގެ […]
ގައުމީ ބޮޑެތި މައްސަލަތައް ކުރިއަށް ދަނީ ފިނިހަކަ ދުވެލީގައި

މީހުން މެރުމާއި ލޭހުއްދަ ކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުން ރާއްޖޭގައި އާންމު ވެއްޖެ އެވެ. މީގެ އިތުރުން ރަހީނު ކުރުމާއި ރޭޕް ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުމުގެ ޢަމަލުތަކާއި ރާ ބުއިމާއި، ފޭރުމާއި އޮޅުވާލުމާއި މަކަރު ހެދުން ފަދަ ބޮޑެތި ފާފަ ކުރުން ވެސް ރާއްޖޭގައި އާންމު ވެއްޖެއެވެ. މިފަދަ ނުރައްކާތެރި ބިރުވެރި އަމަލުތައް އާންމު ވަމުން މިދަނީ ދީނީ އެއްބަވަންތަކަމާއި ސުލްހަވެރި އަމާން ޖީލެއް ބިނާ ކުރުމަށް ސަރުކާރު ނުކުޅެދިފައި ވާތީ ކަމަށް […]
ހަށި ގަނޑުގައި ނުހަނު ބާރު ހުރި އުމުރުން ދުވަސް ވީ މީހުން ބާކީ ކޮށްނުލައްވާ!

ރާއްޖޭގައި އައިޑީ ކާޑު ހަދަން ފެށި އިރު ރައްޔިތުންގެ ތެރެއިން ގިނަ މީހުން ގެ އައިޑީ ކާޑު ހަދާފައި ވަނީ ލަފާކުރެވޭ އުމުރުގެ މައްޗަށް ބިނާ ކޮށެވެ. އެހެންކަމުން ބައެއް މީހުން ގެ އުމުރު އެމީހާގެ މަންމަ އަށް ވުރެ ދޮށްޓެވެ. މިގޮތަށް ކަން ހިނގާފައި ވާ އިރު 65 އަހަރު ކަމަށް އައިޑީ ކާޑުން ދައްކާއިރު އަސްލު އުމުރަކީ 40 އަހަރެވެ. މި ހިސާބުން ރިޓަޔަރ ވީމަ ރައްޔިތު މީހާގެ ޢުމުރުގެ ބާކީ ދުވަސް ތަކުގައި […]
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ ޖިނާޢީ ކުށް ކުރާ ތަނަކަށް ވެގެންނުވާނެ!

މުސްލިމުންގެ އާދަކާދަ ނުވަތަ ވެރިކަން ކުރުމުގެ ސިފައަކީ، ބޭރުގެ މުސްލިމުންނޫން ގައުމުތަކުން މިހާރު މިފެންނަ ޑިމޮކްރަސީއާ ޚިލާފް ފުރިހަމަ ޑިމޮކްރަސީ އެކެވެ. ޣައިރު މުސްލިމް ގައުމުތަކުގެ ރައްޔިތުންގެ މަޖިލީސް ތަކުގައި، އެ އޮންނަ ތަޅާފޮޅުމާއި، އައުގުރާނަ ގޮވުމާއި، މަޖްލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުންފަދަ، ޖިނާޢީ ކުށްތަކާއި އިސްލާމް ދީނާ ޚިލާފް ޢަމަލުތައް، މުސްލިމް އުންމަތެއްގެ އަމާންކަމާއި މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުން އުފައްދާފައިވާ ގެއެއްގެ ތަޅުމުގައި، އޮތުން އެއީ ނުރަނގަޅު އަދި ޙަރާމް ސިފައެއްކަމުގައި މެނުވީ ނުވާނެއެވެ. […]
މެރިޑް ވިސާގައި ރާއްޖޭގައި އުޅޭބިދޭސީންނަށް ހިލޭ ބޭސްފަރުވާ ލިބެންޖެހޭ.

ދިވެހި ފިރިހެނުންނާ، ދިވެހި އަންހެނުންނާއި ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ނިސްބަތުން ވަރަށް ގިނައެވެ. ބޮޑު ރަށެއްގެ އާބާދީއަށް ވުރެން ބިދޭސީ ފިރިހެނުންނާއި ކައިވެނި ކޮށް ދަރިންލިބި ދަރިން ބޮޑުވެ މީހުންނާ ކައިވެނި ކުރާ ޢުމުރަށް ގޮސް ކާފަ މާމަ ކިޔާފައި ވާއިރު މި އެންމެންގެ ތެރެއިން މަދު ބަޔަކު ފިޔަވާ ރާއްޖޭގައި ދިރިއުޅެނީ ކައިވެނި ވިސާގައި އަމިއްލަ އަށް ޚަރަދު ކޮއްގެން ބޭސްފަރުވާވެސް އަމިއްލަ ޚަރަދުކޮށްގެންނެވެ. ދިވެއްސަކަށް ވާން އޭ.ޖީ އޮފީހުންނާ، އެޑިއުކޭޝަން މިނިސްޓްރީއާއި […]
ރައްޔިތުންގެ ގެއްލިފައިވާ ފައިސާ ލިބޭނެތޯ؟

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވިގޮތުގައި، ޔާމީނުގެ ސަރުކާރުން ހަމައެކަނި ފަޅުފަޅާއި ފަޅުރަށްތައް ވިއްކާފައިވާ އަގުތަކަށް ބަލާއިރު ސަރުކާރަށް ލިބެންޖެހޭ ތިރީހަކަށްބިލިއަން ރުފިޔާއަށް އެސަރުކާރުން ޚިޔާނާތްތެރި ވެފައިވެއެވެ. މިފައިސާއަކީ ރައްޔިތުންގެ ޚަޒާނާއަށް ވަންނަންޖެހޭ ފައިސާ ކަމަށް ވީހިނދު މިމައްސަލަ ތަޙުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެންދެވޭވަރުގެ ކުޅަދާނަކަމެއް އެމްޑީޕީ ކޯލިޝަން ސަރުކާރުގައި ނެތްކަން ހާމަވާފަދަ ގޮތަކަށް ކަންކަން ވަމުންދާތަން ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ. ރައްޔިތުމީހާއަށް ހީވަނީ ކޮންމެވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާ އަށް މިކަން ބައްލަވަން ކެރިވަޑައި ނުގަންނަވަނީކަމަށެވެ. […]
ސްޓެލްކޯ ބޯޑު ރައްޔިތުންގެ ޙާލާއިމެދު ވިސްނަންޖެހޭ!

ސްޓެލްކޯގެ ބޯޑުގައި ތިއްބަވާ ބޯޑުމެންބަރުންނަކީ ދިވެހިރައްޔިތުންގެ ޙާލާއިމެދު ވިސްނަވާ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ”ރައްޔިތުން ފުރަތަމަ“ ކަމަށް މޮޓޯގެންގުޅުއްވާ އަދި އެގޮތަށް ޢަމަލުކުރާ ބަޔަކަށް ވާންޖެހޭނެކަމުގައި ދެކެމެވެ. އެގޮތުން ބޯޑުން ނިންމަވާ، ރައްޔަތުން ދުވަހުންދުވަހަށް ދިރިތިބުމަށް ފޯރުކޮށްދޭ ޚިދުމަތްތަކާބެހޭ ނިންމުންތައް ޒިންމާދާރުގޮތެއްގައި ނިންމަންޖެހޭނެއެވެ. މިޔާޚިލާފަށް އަނިޔާވެރި ނިންމުންތައް ނިންމިގެންނުވާނެއެވެ. އެހެނީ ސްޓެލްކޯއަކީ ރައްޔަތުންނަށް އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ ތަނެއްގެގޮތުގައި އުފެދިފައިވާ ދައުލަތުގެ ކުންފުންޏަކަށްވާތީއެވެ. ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ މިބޮޑު މުޞީބާތާގުޅިގެން މުޅި ރާއްޖެ ލޮކްޑައުންއަކަށް ދިޔަހިސާބުން […]
އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެ

އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް، ފުއްދަވާ ދެއްވާނެ ކަމަށް، އެމް.ޑީ.ޕީ ގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އާއި ގައުމުގެ ރައީސް ސޯލިޙު އެގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ. އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަކީ އެޖެންޑާ 19 ގައި ބަޔާންވެގެންވާ ވަޢުދުތަކެވެ. މި 5 އަހަރު ނިމޭނީ މިދެންނެވި ވަޢުދުތައް ފުދި، ރައްޔިތުންނަށް އުފާވެރި ޒަމާނެއް ދައްކާދީފައެވެ. ޚާއްޞަކޮށް އެންމެހާ ރައްޔިތުން ޝާމިލްކޮށް ރައްޔިތު މީހާއަށް ތާހިރު ދިރިއުޅުމެއް ދައްކާދީފައެވެ. ޝައްކު ނުކުރައްވާށެވެ. ކޮރޯނާ ވައިރަސްގެ […]