ހަށި ގަނޑުގައި ނުހަނު ބާރު ހުރި އުމުރުން ދުވަސް ވީ މީހުން ބާކީ ކޮށްނުލައްވާ!

169

ރާއްޖޭގައި އައިޑީ ކާޑު ހަދަން ފެށި އިރު ރައްޔިތުންގެ ތެރެއިން ގިނަ މީހުން ގެ އައިޑީ ކާޑު ހަދާފައި ވަނީ ލަފާކުރެވޭ އުމުރުގެ މައްޗަށް ބިނާ ކޮށެވެ. އެހެންކަމުން ބައެއް މީހުން ގެ އުމުރު އެމީހާގެ މަންމަ އަށް ވުރެ ދޮށްޓެވެ. މިގޮތަށް ކަން ހިނގާފައި ވާ އިރު 65 އަހަރު ކަމަށް އައިޑީ ކާޑުން ދައްކާއިރު އަސްލު އުމުރަކީ 40 އަހަރެވެ. މި ހިސާބުން ރިޓަޔަރ ވީމަ ރައްޔިތު މީހާގެ ޢުމުރުގެ ބާކީ ދުވަސް ތަކުގައި އުޅެން ޖެހިފައިވަނީ އުމުރުން ދުވަސްވީ މުސް ކުޅި މީހެއްގެ ގޮތުގައެވެ. ލިބޭ 5000ރ އަށް ބަރޯސާ ވެގެން މަސައްކަތެއް ނުކޮށް ހުރުމުގެ ސަބަބުން އިގުތިސާދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހެއެވެ. މީހާ މުސް ކުޅި ނުވަނީސް ގައިގައި ބާރު ހުއްޓާ، އައިޑީ ކާޑުން ފެންނަ އުމުރަށް ބަލައި ސަރުކާރު ގެ މަގާމެއް ނުލިބޭ ގޮތަށް ގާނޫނު ހެދުމުން މުޖުތަމަގެ ތެރޭގައި އުފެދޭ ހަމަނުޖެހުންތައް ދާނީ ބޮޑު ވަމުންނެވެ. ރައްޔިތުމީހާ ތާހިރު ދިރިއުޅުމަކަށް ދާން ކުރާ މަސައްކަތް ދާނީ ބޭކާރު ވެގެންނެވެ. ރައްޔިތު މީހާ ރިޓަޔާރ ކުރަން ވާނީ މަސައްކަތް ކުރަން އޭނާގެ ސިއްހީ ހާލަތު ތަންނުދޭނަމަ އެވެ.

މީގެ އިތުރުން ދައުލަތުގެ ދައުލަތު ގެ ކުންފުނި ތަކުގައި 40 އަހަރު މެދު ނުކެންޑި ވަޒީފާއަދާއަދާ ކުރުމަށްފަހު ވަޒީފާއިން ވަކި ވެގެން ދާއިރު އެ ރައްޔިތުމީހާ އަށް ޕެންޝަނެއް ނުލިބުމަކީ ގައުމު ބިނާކުރުމަށް ރައްޔިތުމީހާ 40 އަރު ކުރި މަސައްކަތުގެ އެއްވެސް އަގެއް ދައުލަތުން ވަޒަން ނުކޮށް ރައްޔިތު މީހާ އެއްލާލުން ނޫން ތޯއެވެ؟ ސިވިލް ސާވިސް ގައި ވެސް މަސައްކަތް ކުރަނީ ގައުމަށެވެ. ކުންފުނި ތަކުގައިވެސް މަސައްކަތް ކުރަނީ ގައުމު އާރާސްތުކުރުމަށެވެ. ޕެންޝަނާ ބެހޭ ގާނޫނު އިސްލާހުކޮށް ގައުމުގެ ކުރިމަގަށްޓަކައި މަސައްކުރާ އެންމެން ހަމަހަމަ ވާގޮތަށް ޕެންޝަން ދިނުމަކީ ގައުމީ އެއްބައި ވަންތަކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ އެވެ. އިސްވެ ދެންނެވުނު އައިޑީ ކާޑު ހެދިފައި ވާގޮތުން ރައްޔިތުމީހާ ރިޓަޔާރ ކުރުން އެމީހާގެ ސިއްހީ ހާލަތަށް ނުބަލާނަމަ އެކަން އެކުރެވެނީ އިންސާފުން ކަމަށް ނުބެލެ ވޭނެއެވެ. ސިވިލްސާވިސް ގެ ވަޒީފާއާ ކުންފުނި ތަކުގައި ވަޒީފާ އަދާކުރާމީހުންނަށް އެއްހަމަޔަކުން ޕެންޝަންދީ މުޖުތައުގެ އަމާންކަން ގާއިމު ކުރުމަކީ އިންސާފު ގާއިމު ކުރުމުގެ މުހިންމު އެއް ބަހާ އެވެ. ކުންފުންޏެގައި 40 އަހަރު ދުވަހު ވަޒީފާ އަދާކުރުމަށްފަހު ވަޒީފާއިން ވަކިވެގެން ހުސްއަތާ ގެއަށް ދާން ޖެހުމަކީ ރައްޔިތުމީހާއަށް ލިބޭނެ އެންމެ ބޮޑު އެއްއަނިޔާ އެވެ. ރައްޔިތުން ސަރުކާރުތައް އެކުލަވާލަނީ ތަފާތު ކުރުން ނައްތާލައި ހަމަހަމަ ކަމާއެކު އިންސާފު ގާއިމު ކުރުމުގެ މަގުސަދުގައެވެ. މި ލަނޑުދަނޑި އަށް ވާސިލު ނުވާނަމަ ގައުމީ ފިތުނަ ބޮޑުވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެ އެވެ.

ރިޓަޔާރ ކޮށްފައި ތިބި އެތައް ބަޔަކު މުޖުމައުގައި ވަރަށް ބުރަ މަސައްކަތް ކޮށްގެން ދިރިއުޅެމުން ދާތަން އެބަފެނެއެވެ. މިފަދަ މަސައްކަތް ކުރެވެނީ ހަށިގަނޑު ގައި ބާރު ހުރީމަ އެވެ. މިފަދަ މީހުނަށް މުޖުތަމައުން ބާކީ ކުރުމަކީ އޯގާވެރި ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ. ގައުމު ބިނާ ކުރަނީ ބައްޕައިންނާއި މަންމައިންނެވެ. ގައުމަށް ފައިދާ ކުރަނިވި ޒުވާން ޖީލެއް ބިނާ ކުރުމަށް މަންމައިންނާ ބައްޕައިން އެ އަދާކުރާ ދައުރަކީ ގައުމު އާރާސްތު ކުރުމުގެ ބުރަ އަދި އަގު ނުދެއްކޭވަރުގެ މަސައްކަތަކަށް ވާއިރު ގައިގައި ބާރު ހުއްޓާ ރިޓަޔަރ ކުރުމަކީ ވަރަށް ބޮޑު އަނިޔާ އެއްކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ.

ސަރުކާރެއްގެ މައިގަނޑު އަސާސަކީ ގައުމުގެ ސުލްހަ ގާއިމު ކުރުމާއި ހަރުދަނާ ފުދުންތެރި ރައްޔިތެއް ބިނާކުރު މެވެ. އަދުލުވެރި ޝަރުޢީ ނިޒާމެއް ގާއިމުކޮށް، އަނިޔާ އާއި ދެކޮޅު އިހުސާންތެރި މުޖުތަމައެއް ބިނާކުރުމެވެ. ނިންމާލަމުން ވެސް ރައްޔިތުމީހާގެ ހައްގުތަކަށާއި މުޖުތަމައުމުގެ ހަމަޖެހުމަށް އިސްކަން ދިނުމަށް ގޮވާލަމެވެ.

 

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ