ރައްޔިތުންގެ ގެއްލިފައިވާ ފައިސާ ލިބޭނެތޯ؟

Loading

Facebook
Twitter
WhatsApp

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވިގޮތުގައި، ޔާމީނުގެ ސަރުކާރުން ހަމައެކަނި ފަޅުފަޅާއި ފަޅުރަށްތައް ވިއްކާފައިވާ އަގުތަކަށް ބަލާއިރު ސަރުކާރަށް ލިބެންޖެހޭ ތިރީހަކަށްބިލިއަން ރުފިޔާއަށް އެސަރުކާރުން ޚިޔާނާތްތެރި ވެފައިވެއެވެ. މިފައިސާއަކީ ރައްޔިތުންގެ ޚަޒާނާއަށް ވަންނަންޖެހޭ ފައިސާ ކަމަށް ވީހިނދު މިމައްސަލަ ތަޙުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެންދެވޭވަރުގެ ކުޅަދާނަކަމެއް އެމްޑީޕީ ކޯލިޝަން ސަރުކާރުގައި ނެތްކަން ހާމަވާފަދަ ގޮތަކަށް ކަންކަން ވަމުންދާތަން ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ. ރައްޔިތުމީހާއަށް ހީވަނީ ކޮންމެވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާ އަށް މިކަން ބައްލަވަން ކެރިވަޑައި ނުގަންނަވަނީކަމަށެވެ.

ކޮންމެއަކަސް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާމީހުން ނުވަތަ ބޭފުޅުންނަށް ސަރުކާރުގެ އެއްވެސް މަގާމެއް ދިނުމަކީ ރައްޔިތުން ގަބޫލު ކަމަކަށް ނުވެއެވެ. އެހެނަސް، ރާޢްޖޭގެ ބާރުގަދަ ބަޔަކު އަޑީގައި ތިއްބަވައިގެން ސަރުކާރުން ވައްކަންކޮށް އެފައިސާ ގެއްލި ރައްޔިތުން ބިކަހާލުގައި ޖެހެން ދޫކޮށްލުމަކީ އިންސާފުވެރިގޮތަކަށް ނުވާނެއެވެ. ކޮންމެފަންތިއެއްގެ ބޭފުޅަކަށްވިއަސް ގާނޫނުތަކާ ޚިލާފު ވެއްޖެނަމަ، ގާނޫނީ ދިގުއަތް އެމީހަކާ ހަމައަށް ފޯރަންޖެހޭނެއެވެ. ނޫންނަމަ، ފޭރުމާއި ވައްކަމާއި ޚިޔާނަތް ހިންގުން ނުހުއްޓޭނެއެވެ.

އަދިވެސް، ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެފައިވެއެވެ. އެމް.އެމް.ޕީ.އާރުސީގެ ޚިޔާނާތުގެ ފައިސާ ނުވަންނަ އެއްވެސް މުއައްސަސާއެއް ނެތެވެ. އެހެންކަމަށްވާނަމަ އެންމެކުޑަމިނުން ނިޔާޒު އިބްރާހިމް އެހައްދަވާ ”ދޮގު“ ތަޙުގީގު ކޮށްލަދެއްވަންވީނޫންތޯއެވެ. އެހެނީ އެއީ ގައުމާއި ރައްޔަތުންނަށްޓަކައި ކޮންމެހެން ބަލަންޖެހޭކަމެކެވެ. އަދި އެފަދަ ޚިޔާނާތް ނުވެވޭނެގޮތްތައް ދައުލަތުން ހަމަޖައްސައި ސަރުކާރުގެ ވެރިން އެފަދަ ޚިޔާނާތްތައްކުރުމަށް ޖެހިލުންވާވަރުގެ ގާނޫނީ ހަމަތަކަކާއި ގަވާއިދުތަކެއް ހަމަޖެހެންޖެހޭތީއެވެ.

މީ، ވިސްނާލަންޖެހޭ ކަމެއްނޫންބާވައެވެ! މަޖިލިސްގެ ނައިބުރައީސް އީވާ އެވިދާޅުވާގޮތަށް މިބޮޑު ޚިޔާނާތް ހިނގާފައިވާނަމަ، ކޯޓުތަކާއި ހަމައަށް ރަގަޅު ތަޙުގީގެއް ކުރެވި ހުށަނޭޅޭނަމަ ކޯޓުތަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެތާއެވެ! ކޯޓުތަކުން ޙުކުމެއްނެރެވޭނީ އިންވެސްޓިގޭޓުކުރާބަޔަކު ހެއްކާ ގަރީނާއާއި އެކު މައްސަލައެއް ކޯޓަށްވައްދާ ޢަދުލުއިންސާފު ގައިމުކުރުމުގެ ނިޔަތުގައި އެޝަރިޢަތެއްކުރީމައެވެ. ޝަރިޢަތުގެ މެދުތެރެއިން އެމައްސަލައެއް އަލުން މުރާޖާކުރާށޭ ކިޔާފަ ޕީޖީ ގެންދަވައި އެމައްސަލައެއް ވަޅުޖެހީމާ އެއީ ވެސް ކޯޓުތައް ބަދުނާމު ކުރަންޖެހޭ ސަބެއްކަމުގައިނުވެއެވެ.

ހަމަ އެހެންމެ ބޮޑެތި ވައްކަމާއި ޚިޔާނާތްތެރިންނާއި މަސްތުވާ ތަކެތީގެ ޑީލަރުން ހިފައި ހައްޔަރުކޮށްގެން، ބަންދުގައި ބޭތިއްބުމުގެ އަމުރު ހޯއްދަވަން ކޯޓަށް ވަޑައިގަންނަވާތަން ފެންނަމުންދެއެވެ. އެހެނަސް ހިފައި ހައްޔަރުކޮށްގެން ކޯޓުއަމުރު ހޯދަން އެދޭއިރު ހައްޔަރުކުރެވޭ ވަރުގެ ހެކި ނުގެންދަވައެވެ. އެހެންކަމުން ކޯޓަށް މިޖެހެނީ އެފަރާތް ދޫކޮށްލާށެވެ. ޚަބަރުތަކުން އިވެނީ މަސްތުވާތަކެތީގެ ބޮޑަކު ކޯޓުން ދޫކޮށްލި ވާހަކައެވެ. ޙަގީގަތަކީ މިއެއްނޫނެވެ. ޙަގީގަތަކީ ކޯޓުން ދޫކުރަނީއެއްނޫނެވެ. ހައްޔަރު ކުރާފަރާތުގެ ފެންވަރު ނެތީއެވެ. ނޫންނަމަ، ހެކި ނުދެނީއެވެ. ހެކި ނެތި ކޯޓުން ހައްޔަރުކުރާނީވެސް ކިހިނެއްތޯއެވެ؟ ކޮންމެ ކަމެއްވެސް އެނގޭނީ ހަފަރާތަށް ބަލައިގެން ވިސްނާލީމައެވެ.

ނިޔާޒު އިބްރާހީމްގެ ބަސްފުޅުތަކަށް ބަލާއިރު ތަހުގީގީ އިދާރާތަކުގައި، ބޮޑެތި ތަޙުގީގުތަކަށް ހުރަސް އަޅުވާލެވޭވަރުގެ ބަޔަކު ތިބޭކަން ފެންނަ އަމަލުތަކުން ހާމަވޭ ނޫންތޯއެވެ؟

ރައްޔަތުންގެ ޚަޒާނާއިން ޚިޔާނާތްތެރިވެފައިވާ ފައިސާތަށް ހޯދަދެވޭނެތޯއެވެ؟

 

Loading

2 Responses

  1. ތިކަމެއްނުވާނެ. ތިފަރިއްސަކީ ވޯޓުހޯދަން ޖަހާ އަޑުފޮށްޓެކެވެ. ކުރީސަރުކާރަށްވުަރެ މިސަރުކާރުގައި ތިބުނާ ބޮޑު ޚިޔާނާތުގެ ބައިވެރިން މާގިނައެވެ. ދެން އެހެދީ ބުރޯޑީލް. އޭގެ ދަށުން ކިތައްބޮޑުން އެވަނީ ފަހުގެ ބުރޯގެ ލިސްޓުން އުނިވެފާ. އެމްޑީޕީގެ ތެރެއިން އެފައިސާގަނޑުގައި ޖެހުނުމީބޮޑުން މިހާރު އެވަނީ ފަހުގެ ލިސްޓުން އުނިވެފާކަން ޕޮލިސް އިންވެސްޓިގޭޝަން ޓީމަށް އެގެއެވެ. ދެން އެވާހަކަ އެމީހުންވެސް ލީކުކޮށްލާނީ ވޯޓުދުވަސްވަރެއްގައި ސަރުކާރެއް ބޮލާފޮށާ އަޅުވަން ބޭނުންވީމައެވެ. ބަލަންތިބެމާ؟

  2. ކިހެނެއްތަ ތިފައިސާ ހޯދާނީ. ގޯނިހިފައިގެން ފައިސާ ބެހިމީހާ އަޑުގަދަކުރާ ބޭނުންކޮށްގެން ބެހީމޭ ގޮވީމާވެސް އަޑުއިވުނު މީހަކުހުރިކަމަކަށްނުވި. ދެން އެފައިސާއިން ބައި އެޅިމީހުންގެ ލިސްޓްވެސް އެއޮތީ އޮތްތަނެއްގައި. ބައެއްމީހުންތިބީ ބޮޑެތިބޮޑެތި މަގާމުތަކަށް އަރުވާފައި. ދުވަސްކޮޅަކުން އިވޭނީ ހުރިހާކަރުދާސްތަޢް މިހާރު ހުރީ ކަތުރުފަނި ކައިފައޭ ކަހަލަ ވާހަކައެއް… ދިވެހިން ދިވެހިންގެ ގޮތުގައި ތިބުމަށްވުރެން .. ދިވެހިން ކުޅުދުއްފުށީ މީހުންގެ ގޮތުގައި ތިބުންވެސް މާރަނގަޅު . … އެމީހުންވާ ބޮޑުމަސް ދުއްވަނީވެސް ދެމާނަ ކުރެވޭގޮތަށްތާ !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް