ޖާބިރު މޮޔަވީތަ؟

2258

ރައްޔިތުންންގެ މަޖިލީހުގެ ކ. ކާށިދޫ ދާއިރާ ގެ ޢިއްޒަތްތެރި މެންބަރު އަދި ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޯނަރ މަޝްހޫރު ވިޔާފާރިވެރިޔާ ޢަބުދު ﷲ ޖާބިރު މޮޔަވީބާވައޭ ބުނެ ވަރަށް ގިނަ ބަޔަކު ސުއާލު ކުރަމުން އެނބަދެއެވެ.

ޖާބިރު މޮޔަވީބާވައޭ ބުނެ މީސްމީހުން ސުއާލު އުފައްދަނީ އޭނާ މާލޭގެ މަގުމަތީގައާއި ރައްޔިތުންގެ މަޖިލީހުގެ ދޮރޯށި ކައިރީގައި އިށީންނަވައިގެން މޮޔައިން އުޅޭ ގޮތަށް އުޅުއްވާތީ ފެނުމުންނެވެ.

ޢަބުދު ﷲ ޖާބިރަކީ ވަރަށް ޅަ ޢުމުރުގައި މާލެ ވަޑައިގެން އާދަޔާ ޚިލާފު ތަފާތު ގިނަ މަސައްކަތް ކުރައްވައިގެން އަމިއްލަފުޅު ފައިމައްޗަށް ތެދުވެ ވަޑައިގަތް ހިތްވަރުގަދަ ބޭފުޅެކެވެ.

ޢަބުދު ﷲ ޖާބިރު މާލެ ވަޑައިގަތީ 1969 ވަނަ އަހަރު އަލްމަރުޙޫމް އިބްރާހީމް ނާސިރުގެ ރައީސް ކަމުގެ ދުވަސް ވަރުގައެވެ. އެ ދުވަސްވަރުގައި ވެސް ފަންފުޅަށް އަޅައި ދަނޑިފަނުން ގެދޮރު އަޅައިގެން މާލޭ މީހުން ދިރިއުޅެމުންދިޔައެވެ. ޖާބިރަކީ “ފަންފުޅަށް” ދިރިއުޅުން ދެކެވަޑައިގަތަސް ވަރަށް ފެންވަރުގައި މާލޭގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ކޮންމެއަކަސް ޢަބުދު ﷲ ޖާބިރު ވިޔާފާރީގެ ވިސްނުމާ އެއް ގޮތަށް އެމަނިކުފާނު އަމިއްލަ ފުޅަށް އިސް ނަންގަވައިގެން މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. ލޮލީ ވިއްކެވުމާއި ޓޫރިސްޓް ގާޑިޔާ ހިންގެވުމާއި ސްވެނިއަރ ޝޮޕް ހިންގެވުން ފަދަ ވިޔާފާރީގެ އެކި މަރުޙަލާތައް ކަޑައްތު ކުރެއްވިއެވެ.

ޖާބިރު ގެ މިންނެތް މަސައްކަތުން ލިބޭ ހުސްވަގުތު ކޮޅު ހޭދަކުރައްވަނީ ބޭރު ބަސް ދަސް ކުރެއްވުމުގައެވެ. އެގޮތުން ޖަޕާނު ބަސް ފަރަންސޭސި ބަސް އިނގިރޭސި ބަސް އިޓަލީ ބަސް ފަދަ ގިނަ ބޭރުގެ ބަސް އެމަނިކުފާނު ދަސްފުޅު ކުރެއްވިއެވެ. މިއީ އެމަނިކުފާނަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރެއްވުމުގެ ހިތްވަރު ލިބިވަޑައިގެންނެވި މައިގަނޑު އެއް ސަބަބެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ދައުލަތުގެ ބައެއް މަގާމުތައް ވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. މިފްކޯގެ ޗެއާމަންކަން ކުރެއވިއެވެ. އޭނާއަކީ ވަރަށް ހިންގުންތެރި ހުނަރުވެރި ބޭފުޅެކެވެ.

ޢަބްދު ﷲ ޖާބިރަކީ ދީލަތި އޯގާވެރި ހިތް ހެޔޮ ބޭފުޅެކެވެ. ވާހަކަ ދެއްކެވުމުގެ ރޮނގުން އެމަނިކުފާނު ވަނީ ވަރަށް ކުރި ހޯއްދަވާފައެވެ. ކޮންމެ ދުވަހަކު މަޖިލީހަށް ވަޑައިގަންނަވާނީ ކޯޓު ފަޓުލޫނުގައެވެ.

ކޮންމެއަކަސް ޖާބިރު ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއަށް ވަންނަވައި އެ ދާއިރާއިން ކުރިއެރުން ތަކެއް ހޯއްދަވާފައި ވެއެވެ.

ޖާބިރަކީ ބައެއް ފަހަރަށް މުވައްޒަފުންނަށް އެޑްވާންސް ކޮށް މުސާރަ ދެއްވަމުން ވަޑައިގެންނެވި ބޭފުޅެކެވެ. އަނެއްބައި ފަހަރަށް ޖާބިރު މުއައްޒިފުންނަށް މުސާރަ ނުދެއްވުމުގެ މައްސަލަތައް ވެސް ފެންމަތިވެއެވެ. އެމްޑީޕީ ކޯލިޝަންގެ ވެރިކަން ގެނައުމަށް ޓަކައި ޖާބިރު އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރައްވައި އެމަނިކުފާނުގެ ޖީބު ހުސްކުރެއްވުމާ ގުޅިގެން މިއަދު ޖާބިރުގެ ގިނަ ވިޔާފާރިތައް ވަނީ ބަނގުރޫޓް ވާންފަށާފައެވެ. މުވައްޒަފުންގެ މުސާރަތަކާ ތަންތާގެ ކުއްޔާއި މިނޫންވެސް ގިނަ ޒަރޫރީ ކަންތަކަށް ވަނީ ލޮޅުން އަރާފައެވެ.

ދިޔާނާއާއި ފާރިޝް: ދިޔާނާ ފައިސާ ދެއްވީ ފާރިޝްއަށް

ޖާބިރު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ބުރަ މަސައްކަތުން ހޯއްދެވި ފައިސާކޮޅު ކުރީގެ ރައީސް މައުމޫނު ޢަބުދުލްޤައްޔޫމް އަނބުރާ ދެއްވާގޮތަށް އަތުލައްވާފައި ވާ ކަމުގައެވެ. އެ ފައިސާ ހޯއްދެވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ޓަކައި ކަމަށާއި އަދި ރައީސް ޢަބްދުﷲ ޔާމީނު، ޖާބިރަށާއި އެހެން ސިޔާސީ ބޭފުޅުންނަށް ދެއްވަމުން ގެންދެވި އަނިޔާތަކުން ގައުމު ސަލާމަތްކޮށް ދިނުމަށްޓަކާ ކަމަށްވެސް، ރައީސް މައުމޫނު ވިދާޅުވިކަމަށް ޢަބުދު ﷲ ޖާބިރު ވިދާޅުވެއެވެ. ފަހުން ދެއްވާނެ ކަމަށް ވިދާޅުވެ ފައިސާ ގެންދަވާފައި ވަނީ މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ ރަޙުނެއްގެ ގޮތުގައި ޢަބްދު ﷲ ޖާބިރުގެ އަތްޕުޅުގައި ބާއްވާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅު ވެއެވެ. ފައިސާ ނަންގަވަން ވަޑައި ގަންނަވަނީ ރައީސް މައުމޫނު ގެ ދަރިކަލުން ފާރިޝް މައުމޫނު ކަމަށާއި ފައިސާ ދޫ ކުރެއްވީ ޖާބިރުގެ އަނބިކަނބަލުން އަލްއުސްތާޒާ ދިޔާނާ ސަޢީދު ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. މިގޮތުން އެތައްމިލިއަން ރުފިޔާ ގެންދަވާފައި ވާއިރު އަނބުރާ އެންމެ ރުފިޔާއެއްވެސް ނުލިބުމުން އެމަނިކުފާނުގެ މުޅި ވިޔާފާރި ބަނގުރޫޓްވެ އެކަމުގެ ހިތާމައިގައި ޖެހި މޮޔަގޮވާހިސާބަށް އެމަނިކުފާނުގެ ޙާލު ކޮޅު މިއަދު ވަނީ ދަށަށް ގޮސްފައެވެ.

މީގެ އިތުރުން ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ގެނައުމަށްޓަކާ ޖާބިރު ވަނީ އަތްމަތި ހުސްކޮށްލައްވާފައި ކަމަށް ވެސް ބައެއް ފަރާރާތް ތަކުން ބުނެއެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލީ ދުވަހު އެކަނިވެސް ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ޖާބިރުގެ ޑޮލަރ އެކައުންޓްތަކުން 15 މިލިއަނަށްވުރެ ގިނަ ޔޫ.އެސް ޑޮލަރު ބޭރުވެފައިވާ ކަމަށް ބޭންކް ގެ ހިސާބު ތަކުން ދައްކާފައި ވާކަމަށް ވެއެވެ. އަދި މީގެ އިތުރުން ވެސް އެކިފަރާތްތަކަށް އަނބުރާ ދޭގޮތަށް އިންތިޚާބުގެ ދުވަސްވަރު ޖާބިރު ވަނީ ގިނަޢަދަދެއްގެ ފައިސާ ދެއްވާފައި ކަމަށްވެސް ބުނެވެއެވެ. މަދު މީހެއްގެ އަތުން ކުޑަ ފައިސާ ކޮޅެއް ޖާބިރަށް ލިބިވަޑައިގެންނެވިކަމަށް ވިޔަސް އެއިން އެއްވެސް ފައިސާއެއް ޖާބިރަށް އަދި މިހާ ތަނަށް ލިބި ވަޑައި ގެންފައެއް ނުވެއެވެ.

ޖާބިރުގެ ދެމަފިރިކަނބަލުން: ދެ ބޭފުޅުން ވެސް ސިޔާސީ ދާއިރާއަށް ޝައުޤުވެރިކަން ބަހައްޓަވާ

މުޅި ޢުމުރު ދުވަހުގެ ބުރަ މަސައްކަތުން އެއްކުރެއްވިހާ ފައިސާ ދަރަންޏަށް ދޫ ކުރައްވާފައި ވާއިރު އެއިން އެއްވެސް ލާރިއެއް އަނބުރާ ނުލިބުމުން މޮޔަވުމަކީ ނުވާނެ ކަމެއް ނޫންތާއެވެ!

އެކި ހޮޅު އަށިތަކާއި ގޯޅި ކަންމަތިތަކުގެ ފަލަސުރުޚީ ތަކަށް އަރަމުން ދަނީ ޖާބިރު މޮޔަވެއްޖެ ކަމުގެ ވާހަކައެވެ.

އެޑްވާންސް ކޮށް މުއައްޒަފުންނަށް މުސާރަ ދެއްވަމުން ވަޑައިގެންނެވި ދީލަތި މަޝްހޫރު ވިޔާފާރި ވެރިޔާ މިއަދު އެވަނީ ޙާލުގައި ޖެހި ވަޑައިގެންފައެވެ.

ޢަބްދު ﷲ ޖާބިރު ވިދާޅުވަމުން ގެންދަވަނީ ރައީސް އިބޫ އާއި ރައީސް މައުމޫނާއި ޝައިޚު ޢިމްރާނު ގުޅިވަޑައިގެން ދައުލަތުން ވައްކަން ކުރައްވާ ވާހަކައެވެ. ސަރުކާރު ގެނައުމަށްޓަކާ ބިޔަ އިންވެސްޓްމެންޓެއް ޖާބިރު ކުރައްވާފައި ވާއިރު ސަރުކާރުން އެމަނިކުފާނަށް އެހީ ތެރިނުވި ކަމުގެ ހިތާމަ އެމަނިކުފާނު ކުރައްވާކަން ޖާބިރުގެ ވާހަކަފުޅު ތަކުން މޭރުން ވެއެވެ.

ބައެއް ދުވަސްދުވަހު ޖާބިރުގެ ހާލަތު ހުންނަ ގޮތަށް ބަލާއިރު އޭނާއަށް ވަރަށް ބޮޑު އެހީތެރިކަމަށް ބޭނުން ވެފައިވާކަން ހާމަވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު ދުވަސްވަރު ކާށިދޫ ދާއިރާ ކޭބަލް ކާރުން ގުޅާލައްވާނެކަމަށް ވިދާޅުވި ޖާބިރު އެއްދުވަހު އިރު އަރާއިރު ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ބިންމަތީގައި އޮންނެވުމާއި އަނެއްދުވަހު، ރައީސް މައުމޫނުގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ދޮރުމަތިން ވަރަށް ހާލުގައި އުޅުއްވާތަން ފެންނަ މީހުން، ޖާބިރު އުޅުއްވަނީ މޮޔަފުޅުވެގެންތޯ ސުއާލު ކުރުމަކީ ހައިރާން ވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ!

އަނިޔާވެރިންގެ އަތްދަށުން ޖާބިރާއި ދިވެހި ގައުމު ސަލާމަތްކުރައްވާށިއެވެ!

 

4 ހިޔާލުތައް

  1. ތާކުން ތާކު ޖެހޭ ލިޔުމެއް ނޫން . ރަޖިސްޓަރީ ދީފަ ފައިސާ ނެގިއްޔާ އެރަޖިސްޓަރީ އޮންނާނެތާ ޖާބިރު އަތުގަ. ދިޔާނާފަދަ ގާނޫނު ކިޔަވައިގެން ހުރި ތަންދޮރު ދަންނަ މީހަކު އެއްވެސް ލިޔުމެއްނެތި މިލިއަނުން ފައިސާ ނުދޭނެކަން ޔަގީން. ޕޭޖް ފުރާލަން ލިޔެފަ އޮތް ހާސަރެއް .

  2. މޮޅު ވާހަކައެއް ލިޔެލީ ދޯ.. ޖާބިރުއަކީ ރާ ބުއިމުގައި ވެސް ހައްދު ފަހަނަ އަޅާ ގޮސްފައިވާ މީހެއްކަން ހިމަނާލިނަމަ އިތުރަށް ފުރިހަމަ ވާނެ.

  3. ޖާބިރު އެއީ މި ސޯލިޙު ރައީސްގެ ސްޕެޝަލް އެޑްވައިޒަރ. ކޯއްޗެއް ދޭހަވަނީ. ޖާބިރަށް އެހެންވެ ރައީސުލް ޖުމްހޫރިއްޔާއަށްވެސް ކުލޭ އާމްސޭ ޗޯރޭ ގޮވެނީ. މަޖިލީހުގައިވެސް ވަގަށްގޮވާ ދައުލަތުގެ ރައީސުލް ޖުމްހޫރިއްޔާ ފަލީޙަތްކޮށްލައިފަ ގޮސް އަނެއްކާ ރައީސްމީހާއާއި އެކު ބޮވެނީ. ކޮފީނަމަވެސް ހެޔޮތާ ދެން އެބޯއެއްޗެއް. މިއީ މިހާރު ދައުލަތެއް ހިންގާ ސަރުކާރެއްނޫން. އެއަށްވުރެ ކަމީނާ ޗޯރުބާޒާރު ބައެއްކަން ހަވަރު އެގޮވާނަގަނީ.
    ޝާޢިރު ބުނާހެން.: ޙާލަތު އަދު މިވަނީ، ބަދަލޭވެވިފާ ދުނިޔޭން، ނިމުމެއްނުވާ ތިއައީމަގޭ، ލޯބިން އާލާވީ!! ވައްކަން، ފޭރުން، ދީނަށްޓަކައި ދީނަށް ފުރަށްސާރަކުރުން. ބޮޑު ޝެއިޚުންނާއި އެކު.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ