ރައީސުލް ޖުމްހޫރިއްޔާ ވާންޖެހޭނީ ހެޔޮލަފާ ބޭފުޅަކަށް

ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ގިނަ ސިޔާސީ ޕާޓީތަކުން ގިނަ ކެންޑިޑޭޓުން ވާދަކުރަން ދުރާލައި އަންނަނީ ތައްޔާރު ވަމުންނެވެ. ރައީސުލް ޖުމްހޫރިއްޔާއަކީ ގައުމުގެ ވަލިއްޔުލް އަމްރެވެ. ރައްޔިތުންގެ އެންމެހައި ހައްގުތަކާއި ރައްޔިތުންނަށް ކާންބޯން ދިނުމާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ރައީސުލް ޖުމްހޫރިއްޔާ ރާއްކާތެރި ވާންޖެހޭނެއެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭންވާނީ ހަމައެކަނި 25 ބުރީގެ ޓަވަރުތަކަކުން ނޫނެވެ. އެއްވެސް ރައްޔިތަކު ކާނެ ބޯނެ އެއްޗެއް ނެތި ބަނޑަށް ހުރިތޯ ބެލުމަކީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ. […]

ކޮންމެ ރައްޔިތަކަށް ބޯހިޔާ ވަހިކަން

    މާލޭ ސަރަހައްދުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބޯހިޔާ ވަހިކަން ދޭން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން މުޅިރާއްޖޭގެ އެންމެހައި ރައްޔިތުން މާލޭގެސަރަހައްދަށް ޖަމާވެ ދަފްތަރުގައި ރަޖިސްޓަރީވުމަށްފަހު މާލޭން ގެދޮރު ހޯދުމަށްޓަކާ އެދަނީ ވަކާލާތު ކުރަމުންނެވެ. އެންމެފަހުން ފުލެޓް މިދިން ބުރުގައި ރަށުގައި ދިރިއުޅޭ ދަފްތަރުގެ ރަޖިސްޓަރީގައި ވާ އެތައް ބަޔަކަށް ފްލެޓް ލިބުނެވެ. އެހެނަސް ދާނެ ރަށެއް ނެތް މާލޭގެ ރައްޔިތުންނަށް ވަނީ ފްލެޓް ނުލިބި މަގުމަތި ވެފައެވެ. […]

ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހުރި އަޚުލާޤީ ރިވެތި ސިފަތައް ކޮބައިހެއްޔެވެ؟

ދިވެހީންނަކީ ދީނަށް ލޯބިކުރާ ބޮޑެތި މީހުނަށް އިޙުތިރާމް ކުރާ އަޚުވަންތަކަމުގެ މިސާލެއް ނެތްފަދަ ރިވެތި އަޚުލާޤުގެ އަހުލުވެރި ބައެކެވެ. ނަމަވެސް މިފަހަކަށް އައިސް އަވައްޓެރިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު ގެއްލި ތިމާގެކަން ކެނޑި ރަޙިމްގެ ގުޅުމަށް ވެސް މި ވަނީ ބުރޫ އަރަން ފަށާފައެވެ. މާޒީގެ ތެއަށް ޖެހިލާއިރު ފެންނަމުން ދިޔަ އުފާވެރި އެކުވެރި ކަމުގެ ގުޅުން ކެނޑި އަވަށްޓެރީންގެ މެދުގައި އާލާވަމުން އައިސްފައި ވާ އަޚުވަންތަ ގުޅުމަށް ވެސް މި ވަނީ ބުރޫ […]

ރައްޔިތުންނަށް މިހާރު ނުވެ އޮތް ކަމަކީ ޖައްވަށް ދިއުންބާ!

  ނާސާއިން ސައިންސިސްޓަކު ގެނެވިދާނެއެވެ. އޭނާ ރައްޔިތުންނަށް ކޮށްދޭނީ ކޮންކަމެއްތޯ އެވެ؟ ހަމަޔަގީނުން ވެސް ނާސާގެ ސައިންސިސްޓުން މިގައުމަށް އެއްވެސް ކަމެއް ކޮށް ދީފައެއް ނުވެއެވެ. މަތިންދާ ބޯޓު ދުއްވަން ޕަޢިލެޓުކަން ކިޔަވައިގެން ކަނޑުބޯޓުފަހަރު ދުއްވުން ވާނީ ބޮޑު ޖޯކަކަށެވެ. އެހެނަސް މިކަހަލަ ދެކޮޅުނުޖެހޭ ކަންކަން ކުރާ ވާހަކަ ދިވެހިންގެ ތެރެއިން ކަމުވޮށި ވެގެންވާ ބޮޑެތި މީހުން ދެއްކީމާ ހިންޏެއްފަހެ ނައަންނާނެ ހެއްޔެވެ؟ މިއުޅެނީ ކަނޑުދަތުރު ފަތުރު ކުރާ ކެޕްޓަނުން ނެތިގެނެއް ނޫން ވިއްޔާއެވެ! ރާއްޖޭގެ ރައީސުލް […]

މާލެއާއި ހުޅުމާމާލޭގެ މަގުތަކުގައި ކުނި ގިނަވަނީ

ވެމްކޯއަށް ފައިސާ ނުދަކާ މީހުން އިތުރުވަމުން ދާތީ ފައިސާނު ދައްކާ ގޭބިސީތަކުގެ ކުނި އުކައި ނުދޭ ގޮތަށް ހަމަޖެއްސުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ކުނި ގިނަވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ކުންޏަކީ ވަރަށް ނުރައްކާ ބަލިތައް ފެތުރިގެން ހިނގައިދާނެ އެއްޗަކަށް ވާއިރު ކުއްލިޔަކަށް މިކަހަލަ ފިޔަ ވަޅެއް އެޅުމުގެ ކުރިން މަޝަވަރާ ކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާ ނުކޮށް ވެމްކޯއިން މިފަދަ ނުރައްކާތެރި ފިޔަވަޅެއް އެޅީތީ ހިތާމަ ކުރަމެވެ. ގައުމީ ބޮޑެތި މައްސަލަތަކުގައި ފިޔަވަޅު އެޅުއްވުމުގެ […]

ރާއްޖެ ސައްތައިން ސައްތަ މުސްލިމް ގައުމެއް: ނަމާދު ކުރާ މީހުންގެ ޢަދަދު ނިސްބަތުން ވަރަށް މަދު

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ނަމާދު ނުކުރާ މީހަކު ހުރެގެން ނުވާއެވެ. އެހެނަސް މިސްކިތްތަކަށް އަރަނީ މަދު ދިވެހިން ކޮޅެކެވެ. މިސްކިތްތަކަށް ގިނައިން އަރަނީ ބިދޭސީ މުސްލުމުންނެވެ. ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ފަރުޟު ފަސްނަމާދު ގާއިމު ކުރަނީ މަދު ބައެކެވެ. ޚާއްޞަ ކޮށް ފަތިސް ނަމާދު ކުރާ މީހުންގެ ޢަދަދަށް ބަލާއިރު ގިނަ މިސްކިތް ތަކުގެ ކުރީ ދެސަފު ވެސް ނުފުރޭ ކަން ފާހަގަ ކުރެވެއެވެ. ނަމާދު ނުކުރާ މީހުން ކުރާ ހެޔޮ ޢަމަލުތަށް ﷲ ގަބޫލުނުކުރައްވާ […]

އަތޮޅު ފިހާރަތައް ކޮބައިތޯއެވެ؟

ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ނާސިރު ވެރިކަން ދޫކުރައްވައިވަޑައި ގަތުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅަކަށް ގުރާބު ތުނޑިޔާ ދިމާއިން އެއްގަން ފަޅިން ފިހާރައެއް ދެއްވާފައި ވެއެވެ. މިއިން ކޮންމެ ފިހާރައެއްވެސް ހުންނަނީ ހަވީރީ ހިނގުމާ ބޮޑުތަކުރުފާނު މަގާ ދެމެދުގައެއެވެ. އެއިން ކޮންމެ ބިމަކީ އެކަށީގެންވާ މިނެއްގެ ބޮޑު ބިމެކެވެ. މިއީ އަތޮޅުތަކުގެ ކުރިއެރުމާ ތަރައްގީއަށްޓަކާ ސަރުކާރުން ކޮންމެ އަތޮޅެއްގެ ކުދިބޮޑު އެންމެހައި ރައްޔިތުންގެ ހިއްސާ އޮންނަގޮތަށް ދެއްވާފައިވާ އަތޮޅު ފިހާރައެކެވެ. ކުރިން ކޮންމެ އަތޮޅެއްގެ ނަން […]

ހުޅުމާލޭ އޭ.ޓީ.އެމްތަކުން އަވަސް އަވަހަށް ފައިސާ ހުސްވާތީ ހުޅުމާލޭ ރައްޔިތުން ރަތަށް

ސިޓީއަކީ ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކުރެވެމުން އައި ސިޓީއަކަށް ވީނަމަވެސް މިހާރު އެޕްލޭން ވަނީ ގަޑުބަޑު ވެ ހަމައެއް ލަމައެއް ނެތިފައެވެ. ހުޅުމާލެ ސިޓީގެ އާބާދީ މިހާރު ލައްކައަކާ ގާތް ކޮށްފައިވާއިރު ހުޅުމާލެ ސިޓީގައި ހުންނަނީ ބޭންކް އޮފް މޯލްޑިވްސްގެ ތިން އޭޓީއެމް އެވެ. މި ތިން އޭޓީއެމް ގައި ހުރީ ހަ މެޝިނެވެ. ސަތޭކައިން ދަށުގެ ނޫޓްނެގޭ ދެ މެޝިން ހުރި އިރު ފަސް ރުފިޔާނެގޭ މެޝިނެއް ނުހުރެއެވެ ހުޅުމާލޭ ސިޓީގެ ގިނަ ރައްޔިޔުން […]

މިއީ ސަމާސާއެއް ނޫނެވެ!

މިރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ވައްކަން ނުވަތަ ޚިޔާނާތް ފަޅާއެރީ ދާދި ފަހުންނެވެ. ވައްކަމާއި ޚިޔާނާތުގެ އެތައް މައްސަލައެއް ސަރުކާރުގެ ތެރެއިން ފަޅާއަރާފައި ވެއެވެ. އޭގެ ތެރޭގައި އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ އިތުރުން ވެންޓީލޭޓަރުގެ ޚިޔާނާތާއި، އެފްޕީއައިޑީގެ ޚިޔާނާތާއި އެއަރމޯލްޑިވްސް ގެޚިޔާނާތް ފަދަ އެތައް ކަމެއް ހިންގާފައިވެއެވެ. ކޮންމެ މައްސަލައެއް ވެސް ވަކި ހިސާބަކުން ހުދު ކާފޫރަށް ބަދަލުވެ ދެއެވެ. ރައްޔިތުންނަށް އެނގެނީ ކައިފި ކަމެވެ. ކޭމިން ވަރެއް ކޭ ގޮތެއް، ކޭތަނެއް ވީގޮތެއް ރައްޔިތުންނަށް އަދިއަދަށްދާނދެން […]

ޖީލުތަކަކަށް ގައުމު ދަރާފައި ވަނިކޮށް ގައުމު ތަރައްގީ ކުރަން ލޯނު ނެގުމަކީ މޮޅުކަމެއް ނޫން!

ބައިނަލްއަގުވާމީ މާލީ އިދާރާތަކަށާއި ވޯލްޑް ބޭންކަށާއި ޗައިނާއަށާއި އިންޑިއާއަށް ދަރައި، ދަރަނި އަދާނުކުރެވޭ މިންވަރަށް ދަރަނި ބޮޑުވެފައި ވަނިކޮށް ލޯނު ނަގައިގެން ގައުމު ތަރައްގީ ކުރުމަކީ މޮޅުކަމެއް ނޫނެވެ! ގައުމެއް ތަރައްގީ ކުރަން ވާނީ އެގައުމަކަށް ލިބޭ މިންވަރަކުންނެވެ. މިރާއްޖެއަކީ ނިސްބަތުން ފުދުންތެރި ގައުމެކެވެ. އެހެންކަމުން ބޭރުގެ ލޯނުތައް ނުނަގައި ގައުމު ތަރައްގީ ކުރެވެން ވާނެއެވެ. މަދު މީސްކޮޅެއްގެ މައްޗަށް އެކުލެވިގެންވާ މިގައުމު ދަރަނިވެރި ވެގެން ތަރައްގީ ކުރުމަކީ ބަޔަކަށް މާ މޮޅުކަމެއް ކަމަށް ގަބޫލު ކުރެވުނަސް […]