ކޮންމެ ރައްޔިތަކަށް ބޯހިޔާ ވަހިކަން

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ކޮންމެ ރައްޔިތަކަށް ބޯހިޔާ ވަހިކަން

 

 

މާލޭ ސަރަހައްދުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބޯހިޔާ ވަހިކަން ދޭން ޖެހެނީ ކީއްވެގެން ހެއްޔެވެ؟

ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން މުޅިރާއްޖޭގެ އެންމެހައި ރައްޔިތުން މާލޭގެސަރަހައްދަށް ޖަމާވެ ދަފްތަރުގައި ރަޖިސްޓަރީވުމަށްފަހު މާލޭން ގެދޮރު ހޯދުމަށްޓަކާ އެދަނީ ވަކާލާތު ކުރަމުންނެވެ. އެންމެފަހުން ފުލެޓް މިދިން ބުރުގައި ރަށުގައި ދިރިއުޅޭ ދަފްތަރުގެ ރަޖިސްޓަރީގައި ވާ އެތައް ބަޔަކަށް ފްލެޓް ލިބުނެވެ. އެހެނަސް ދާނެ ރަށެއް ނެތް މާލޭގެ ރައްޔިތުންނަށް ވަނީ ފްލެޓް ނުލިބި މަގުމަތި ވެފައެވެ.

ރަށުގެ އަމިއްލަ ގޭގައި ނުހަނު އަރާމުކޮށް އުޅެމުން ދަނިކޮށް ފްލެޓް ލިބުނު މީހުންގެ ލިސްޓަށް ނަން އެރުމާއެކު އެވަނީ މާލެއަށް ބަދަލުވެ ފުލެޓް ގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ. މާލޭގެ ރައްޔިތުންނަށް ނޫނީ ދަފްތަރުގައި ޖެހެވިގެން ނުވާނެއެވެ. ކުދިންނަށް ކިޔަވައިދޭން މަލެއައިސް މާލޭގައި 10 އަހަރު ވެސް ހޭދަކުރަން ޖެހިދާނެއެވެ. އެހެނަސް އެމުއްދަތަކީ ރާއްޖެތެރޭގެ އެ ޢާއިލާ ދަފްތަރުގައި ރަޖިސްޓަރީވެގެން މާލޭގެ ރައްޔިތުންނަށް ވާނެ ތޯއެވެ؟

ދަފްތަރަކީ ރެފިޖީންގެ ގޮތުގައި ދިރި އުޅޭ މާލޭގެ ރައްޔިތުންނަށް ޚާއްޞަ ކުރެވިފައިވާ ދަފުތަރެކެވެ. އެދަފްތަރުގައި ރަށުގައީ ބޮޑެތި ގެ އަޅައިގެން ތިބޭ މީހުން ޖެއްސުމަކީ ބޭ އިންޞާފު ކަމެކެވެ. ކުދީންނަށް ޒަމާނީ ފެންވަރަށް ރަށުގައި ތިބެގެން ކިޔަވައި ނުދެވޭތީ މާލެއަށް ކިޔަވައިދޭން އަންނަ އެންމެން މާލޭގެ ރައްވެހީންނަށް ވެވެނީ ކޮން ސަބަބެއް އޮވެގެން ކިހިނެއްވެގެން ތޯއެވެ؟

ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ފްލެޓް އަޅައިދޭން ވީ ނޫން ހެއްޔެވެ؟ ހެއުނުވާނެއެވެ. މާލޭގެ ސަރަހައްދު މުޅި ރާއްޖޭގެ އެންމެން ގެނެސް ތޮއްޖެއްސުމުގެ ސިޔާސަތު ދޫކޮށް ލައްވާށެވެ!

ރަށްފުށުގައި 1970ގެ އަހަރު ތަކުގައި އެކަށޭނެ ތަޢުލީމެއް ދެވެން ނެތުމުން އޭރު ކިވަން އައި މީހުން ކިޔަވައިގެން ރަށަށް އެނބުރި ގޮސް ކުރާނޭ އެހެން މަސައްކަތެއް ޚިޔާލަށް ނައި ގިނަ ބަޔަކު މާލޭގައި ވަޒަންވެރިވާން މަޖުބޫރު ވިއެވެ. އޭރު މާލޭގައި ހުސްބިމާއި މޫދުން ބާޑި ނަގާނެ ޖާގަ ވެސް އޮތުމާއެކު އަމިއްލަ އަށް ބިން ހިއްކައިގެން ގެދޮރު ބިނާ ކުރިއެވެ. ޒަމާން މާޒީވެ މާލޭގެ ބިމާއި މޫދު ހިއްކައި ހުސް މާލެ ވިލިނލިން ވެސް ގޯތިކަނޑައިދީ މާލޭގެ ސަރަޙައްދު ވަނީ އެކީ ހުސްވެފައެވެ. ދުވަސްތައް މާޒީވެ މާލޭގެ ސަރަހައްދަށް ރާއްޖެ ތެރޭގެ ފައިސާ ވެރީން ޖަމާވާން ފެށުމާއެކުވެސް މާލޭގެ ތަޞައްވަރު ސަރުކާރަށް ރޭކާނުލިއެވެ، އެހެންކަމުން އާ އެހެން ގޮތެއް ހޯދަން ޖެހުނެވެ. އެގޮތުން ތިލަފަޅުގައި އޮތް ފިނޮޅެއް ހިއްކަން ޖެހުނެވެ. މިހިސާބުން ވެސް ސަރުކާރުގެ ތޮއްޖެއްސުމުގެ ސިޔާސަތަށް އައި ބަދަލެއްނެތެވެ. މިގޮތުން ހުޅުމާލެ ހިއްކައިގެން މާލޭގެ ގެދޮރު ނެތް ރައްޔިތުންނަށް ބޯހިޔާ ވަހިކަން ހޯއްދައިދިނުމުގެ މަޝްރޫޢެއް އިފްތިތާޙު ކުރެވުނެވެ. މި މަޝްރޫ ގެ ދަށުން މާލޭގެ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބެން ފެށުނެވެ.

ހުޅުމާލެ ތައްގީ ކުރުމުގެ ޕްލޭނަށް ކޮންމެ ވެރިޔަކު ބަދަލެއް

ގެނައެވެ. އޭގެ ސަބަބުން މާލޭގެ ހަގީގީ ރަށްވެހީން ފަހަތަށް ޖެއްސުމަށްފަހު ރަށްރަށުން މާލޭގެ ސަރަހައްދަށް ހިޖުރަ ކުރި ދަފްތަރު ރައްޔިތުން ހޯދި ކާމިޔާބީ މާބޮޑެވެ. ހަގީގީ މާލޭ މީހާއަށް ބޯހިޔާވަހިކަން ނުލިބި ދަފްތަރުގައި ޖެހިގެން ރަށުގައި ތިބި ރާއްޖެ ތެރޭގެ މީހުނަށް ގިނަފުލެޓް ލިބުނު ކަން ފާހަގަކުރަމެވެ.

މާލެ އައިސް މާލޭގައި ގިނަ ޒަމާންތަކެއް ވަންދެން ރައްޔިތު މީހާ އުޅެން މަޖުބޫރުވާ އެތައް ސަބަބެއް ވަނީ ކުރިމަތި ވެފައެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ މަޝްރޫޢު: ތަރުހީބު އެބަ ލިބޭ ފޮޓޯތައް: ވަޖުދީ

ކިޑްނީ ފެއިލްވެފައިވާ ބައްޕަ ކޮއްކޮ ދައްތަ ބޭބެ ގޮވައިގެން ރަށަށްގޮސް ފަރުވާ ދެވޭނެ ގޮތެއްނެތެވެ. މިކަހަލަ އެތައް ކަމެކެވެ. މިހާރު ވެސް މާލޭ މީހުނަށް ގޯތި ކަނޑައި ދިނުމަށްޓަކައި ގުޅިފަޅާއި އުތުރު ތިލަފަޅު ފަދަ އެތައް ފަޅެއް އެބަހިއްކައެވެ. ގޯތި ލިބޭނީ ދަފްތަރުގައި ރަޖިސްޓްރީ ވެގެން ރަށުގައި ތިބި މީހުންނަށެވެ. މިއީ ދެން ކޮންކަހަލަ އިންޞާފެއް ހެއްޔެވެ؟

ފްލެޓް ވެސް ގޯތި ވެސް ލިބެން ވާނީ އެއް އަގެއްގައި އެއްގޮތަކަށެވެ. އެއްބައި މީހުނަށް 85000 ރުފިޔާއަށް އެނެއްބައި މީހުނަށް 7000 ރުފިޔާއަށް ދެން ތިބި މީހުނަށް 4000 ރުފިޔާއަށް އެއްވަރުގެ ފްލެޓް މިހާ ތަފާތު ބޮޑުވީމާ މީހުން އެއްޗެހި ކިޔާނެތާއެވެ! އެއްބައި މީހުންނަށް ބަންޑާރަ ބިމެވެ. އަނެއްބައި މީހުން ބިމަށް ކުލި ދައްކައިގެންނެވެ. މިއީ ދެން ދެކޮޅުޖެހޭ އިންސާފެއް ހެއްޔެވެ؟ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ފުރުސަތު ދެއްވާށެވެ!

 

 

 

4 Responses

  1. ފުރަމަ ބުނީ މާލެ ރަށްޔިތުންނަށް ގޯތި ދީފަ ރާއްޖެތެރޭ މީހުނަށް މާލެ ސަރަހައްދުން ގޯތި ނުދޭން‘ދެން ތިޔަ ބުނީ ހުރިހާ ރަށްޔިތުންނަށް އިންސާފްވެރި ވާވާހަކަ.ތިކަހަލަ ވާނުވާ ނޭންގޭ ރުންޑިން ނޫސް ނުލިޔުނިއްޔާ މާ ރަންގަޅުވާނެ.

  2. ރާއްޖެތެރޭގެ ރައްޔިތުންނަށް މާލޭގެ ބޭފުޅަކު ސްޕޮންސަރ ކުރީމާ މާލެއަށް އަންނަން ހުއްދަ ލިބުނު ދުވަސްވަރެއްވެސް މާޒީގައި ދުށީމެވެ. އޭރުވެސް މާލޭ ބޭފުޅަކު ރާއްޖެތެރެއަށް ދިއުން އޮންނަނީ އޭނާގެ އިޚްތިޔާރަށެވެ. މިހާރުވެސް މިއުޅެވެނީ ރާއްޖެތެރޭގެ ރައްޔިތުންނާ މާލޭގެ ރައްޔިތުންނޭ ބުނާ ބަހުން ސަލާމަތް ނުވެވިގެންނެވެ. އެންމެންނަކީވެސް ދިވެހިރައްޔިތުންނޭ ބުނަން ޖެހިލުން ވާކަހަލައެވެ.

  3. މާތްކަލާކޯ މާލޭގެކިތައްމުއްސަދިން ރާއްޖޭގެ އެތައް މިތަނުންގޯތިނަގާ ގެސްޓު ހައުސް ހަދާވިޔަފާރި ކުރަމުން އެދަނީ ރައްވެހިކަން ކޮންތާކު އޮތީ ރަށުމީހާއާމްދަނީ ހޯދެން އޮތްމަގު މާލޭގެ މުއްސަދި މީހާއެމަގުވެސް ބަންދުކޮއްލަނީ އެތާކުވެސް މިތާކުވެސް ރާއްޖެތެރޭ މީހާއައް ފުރުސަތެއްނެތް މާލޭގެދޮރު ވިއްކާމީހުން ނުރުހޭނެ ރާއްޖެތެރޭ މީހަކައް އަކަ އިންޗިއެއްވެސ މާލޭން ލިބޭކައް ސަންދާ ނަކަސް އެހެން ދާނަކަސް ހަގީގަތް ހާމަކުރޭ؟

ފަހުގެ އަޕްޑޭޓް