ތިނަދޫން މީހުން ބޭލުމުގެ ތެރެއިން – 2

  ބަލިހާލު ބޮޑުވެ އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނުލިބި މި ދުނިޔެ ދޫކުރި ”ރައްކޮޅާ“އަކީ އުފެދުމުގައި ވެސް އަންހެން މިޒާޖެއް ހުންނަ ޒުވާނެކެވެ. އެހެންކަމުން ގޭގެއަށް ގޮސް ހަވާދު ފުނޑައިދީ ހުނިގާނައިދީ ލަވަކިޔައިދީ އުޅުނު ޒުވާނެއްވެސް މެއެވެ. އެހެނަސް މަދު މީހަކު ފިޔަވައި އެހެން އެންމެންނަކީ އެއްފަހަރު ކާނެއެތިކޮޅެއް ނެތިގެން އުޅޭ މީހުންނެވެ. ފަސްދުއަށް ހިޖުރަ ކުރި މީހުންނެކޭ އެރަށުގެ އުފަން ރައްޔިތުން ނެކޭ އުޅެމުން ދިޔައީ އެއްޙާލެއްގައެވެ. އެހެން ކަމުން ރައްކޮޅާއާ އަޅާލާނެ އެއްވެސް ފުދުންތެރިއަކު […]

ތިނަދޫން މީހުން ރަށުން ބޭލުމުގެ ތެރެއިން -1

    އަޅުގަޑުގެ ބައްޕަ ނިސްބަތްވާ ރަށަށް ތިނަދޫން ބާލާފައިވާ ދެ ޢާއިލާއެއް ހިޖުރަ ކުރިއެވެ. ދެ ޢާއިލާ އަކީ ތިނަދޫގެ ނަންހުރި ދެ ޢާއިލާ ވެސް މެއެވެ. އެ ދެ ޢާއިލާ އެރަށަށް ހިޖުރަ ކުރުމަށްފަހު ރަށުން ބޭލުމުގެ ހިތްދަތި އިޙުސާސްތައް ތަޙަމަލް ކުރަމުން އައީ މިދެންނެވި ރަށުގައެވެ. އެންމެންވެސް ދުވަސް ކޮޅަކު އެ ރަށުގައި އުފާފާގަތި ކަން މަތީގައި ދިރިއުޅުނެވެ. ހ.ފަސްދޫ (އަސްލު ނަމެއް ނޫން) އަކީ ހ. އަތޮޅުގެ އެންމެ މީހުން މަދު […]

މާލެ ސަރަޙައްދަށް ރައްޔިތުން ޖަމާނުކޮށް ރާއްޖޭގެ ބޮޑެތި ރަށްތައް ތަރައްގީ ކޮށް އާބާދު ކުރަންޖެހޭ!

ރާއްޖޭގައި ބިންބޮޑު ރަށްތައް ފަޅަށް ނުބަހައްޓައި އެރަށްތަކުގައި ރައްޔިތުން އާބާދުކޮށް ތަރައްގީ ކުރުމަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޙައްލުވެގެން ދާނެ ކަމެކެވެ. ރާއްޖޭގައި ބިންބޮޑެތި ރަށްރަށާއި ބިމާއި ފަޅު ބޮޑެތި ރަށްރަށް ހުރި އިރު އެރަށްތައް ފަޅުވާން ދޫކޮށްލުމަށްފަހު މާލެ ސަރަހައްދަށް ރައްޔިތުން ޖަމާކުރުމުގެ ސަބަބުން މާލެ ސަރަހައްދު ވެގެން މިދަނީ އިންސާނީ މުޞީބާތަކަށެވެ. އިޖްތިމާޢީ މައްސަލަތަކުގެ ބިރުވެރި ހާއްޔަކަށެވެ. ވެރިކަން ކުރާ ސިޓީގެ ފަސޭހަ ދިރިއުޅުން މުޞީބާތަކަށް ބަދަލުވެގެން މިދަނީ ވެރިކަމުގެ […]

މާލެ ސަރަޙައްދަށް ރައްޔިތުން ޖަމާ ނުކޮށް ރާއްޖޭގެ ބޮޑެތި ރައްތައް ތަރައްގީ ކޮށް އާބާދު ކުރަންޖެހޭ

ރާއްޖޭގައި ބިންބޮޑު ރަށްތަށް ފަޅަށް ނުބަހައްޓާ އެރަށްތަކުގައި ރައްޔިތުން އާބާދުކޮށް ތަރައްގީ ކުރުމަކީ އިޖްތިމާޢީ އަދި އިގްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަށް ޙައްލުވެގެން ދާނެ ކަމެކެވެ. ރާއްޖޭގައި ބިންބޮޑެތި ރަށްރަށާއި ބިމާއިމފަޅު ބޮޑެތި ރަށްރަށް ހުރި އިރު އެރަށްތައް ފަޅުވާން ދޫކޮށްލުމަށްފަހު މާލެ ސަރަހައްދަށް ރައްޔިތުން ޖަމާކުރުމުގެ ސަބަބުން މާލެ ސަރަޙައްދު ވެގެން މިދަނީ އިންސާނީ ބޮޑު މުޞީނާތަކަށެވެ. އިޖްތިމާޢީ މައްސަލަތަކުގެ ބިރުވެރި ހާއްޔަކަށެވެ. ވެރިކަން ކުރާސިޓީ ފަސޭހަ ދިރިއުޅުން ބަދަލުވެގެން މިދަނީ ވެރިކަމުގެ ފަރާތުން ގައުމާ […]

ބައެއް ސީންތަކަށް ދާ ޕޮލިހުން ވަރަށް އަނިޔާވެރިއެވެ.

ކުށުގެ ވެށިން އަތުލައިގަނެވޭ މީހުންނާ މެދު ޕޮލިހުން މުޢާމަލާތް ކުރަނީ ވަރަށް ހުތުރު ބަހުރުވައިންނެވެ. އަދި ޢަމަލު ކުރަނީ ވެސް މުސްލިމް އުންމަތެއްގެ ތެރޭގައި އޮންނަން ޖެހޭ އަޚުލާޤީ މިންގަނޑުތަކާ މުޅިން ޚިލާފަށެވެ. އެހެން ކަމުން ބައެއް ޕޮލިހުންގެ މަށްޗަށް ގިނަ ބަޔަކު ހިތް ނުބައިވެ ބަދަލު ހިފުމުގެ ރޫޙު އުފެދޭ ކަމީ އިންސާނީ ކަރާމާތް ގެއްލިގެން ދާ ކަމެކެވެ. މިވާހަކަ މިދަންނަވަނީ ކުރެވިފައިވާ ތަޖްރިބާގެ އަލީގައެވެ. ކުށުގެ ވެށިން ހައްޔަރު ކުރެވޭ މީހާ ޕޮލިހުންނަށް އެއްބާރުލުންދީ […]

ގައުމުގެ ހީރަސް ކަނޑުވާލި މީހުންނަށް ދެން އެފުރުސަތެއް ނުލިބޭނެ

މިރާއްޖެ އަކީ ތަފާތު އެކިފަހަރު އެތައް ބައެއްގެ އަޅުވެތިކަން ތަޙަންމަލް ކޮށްފައިވާ ގައުމެކެވެ. އެ އަޅުވެތި ކަމާއި އެ އަޚުވެތިކަމުގެ ހިތިކަން ދިވެހިން އިތުރަށް ތަޙަންމަލް ކުރާކަށް ބޭނުމެއް ނުވާއެވެ. ދެކުނު އިންޑިޔާއިން ވެސް އެތައް ފަހަރަކު ދިވެހީންގެ މައްޗަށް އަތްގަދަ ކުރަން އުޅެފައިވާކަމަށް ތާރީޚު ހެކިދެއެވެ. ގައުމުތަކުން ރާއްޖޭގައި ޢަސްކަރީ ބޭހެއް ގާއިމު ކުރުމުގެ ބޭނުން އޮންނާނެއެވެ. މިހާރު ރާއްޖެ ބޭރު ގައުމުތަކަށް ދަރަމުން މިދާ ރޭޓުން ބަލާ ނަމަ ޗައިނާ ނުވަތަ އިންޑިޔާ ގެ […]

މިހާރު ކަނޑައަޅާފައިވާ އެންމެ ކުޑަ މުސާރަ ކުޑަ ކުރުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް

ވަޒީފާ އަދާކުރާފަރާތްތަކަށް ދެންޖެހޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުމަށްޓަކައި ދުވަސްތަކެއް ވަންދެން އެތަކެއް ދިރާސާއަކާއި އެތަކެއް މަޝްވަރާއެއް ކުރުމަށްފަހު އެންމެ ކުޑަ މުސާރަ ވަނީ ކަނޑައަޅާފައެވެ. އެހެނަސް މަޓީ އާއި މަސީ އިން އެ މުސާރައާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެން ކަނޑައެޅުނު މިނިވަން ވޭޖް ސަރުކާރުން އަލުން މުރާޖަޢާ ކުރަން އުޅޭކަމަށް ބެލެވެއެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ދިރިއުޅުމުގެ ޚަރަދުބޮޑު ގައުމެކެކެވެ. އެހެންކަމާއެކު ތިންހަތަރު ހާސް ރުފިޔާ އެންމެ ކުޑަމުސާރައިގެ ގޮތުގައި ލިބިގެން މި ރާއްޖޭގެ […]

އެމްޑީޕީގެ ކޯލިޝަން ސަރުކާރު: ތަރައްގީއަށް އެޅިފައިވާ ހުރަހެއް

މިހާރު ރާއްޖޭގައި މިއޮތް ވެރިކަމަކީ ކޯލިޝަނަކުން ކުރާ ވެރިމެކެވެ. ހަމައެކަނި އެމްޑީޕީގެ މީހަކު ރައީސްކަމުގެ މަގާމުގައި ހުންނެވުން ފިޔަވައި އެމްޑީޕީގެ އެއްވެސް ބާރެއް މިވެރިކަމަކު ތެރެއަކު ނެތެވެ. މާޒީ ވެދިޔަތާގައި ކޯލިޝަނަކުން ކޮށްފައިވާ އެހެން ވެރިކަމާ މިވެރިކަން ތަފާތު ވަނީ އެންމެ ގޮތަކުންނެވެ. އެގޮތަކީ ކޯލިޝަން ނުރޫޅިއޮތްކަމެވެ. ތަންފީޒު ކުރަނީ ވެސް ހަމަ އެކަނި އެމްޑީޕީގެ ސިޔާސަތު ތަކެއްނޫނެވެ. މުޅި ކޯލިޝަން ގެމަޝްވަރާގެ މަތިން ހިންގާ މި ވެރިކަމަކީ އެމްޑީޕީގެ ވެރިޔަކު ހުރީތީ އެމްޑީޕީގެ ވެރިކަމެއް ކަމަށް […]

ރާއްޖެއަކީ ބިރުވެރިކަމާއި ނާމާން ކަމުން ފުރިގެންވާ ކިއްލާއަކަށް ބަދަލުވާން ފަށައިފި

ވެރިކަން ކުރާ ސިޓީ އާއި ރާއްޖޭގެ އެހެނިހެން ރަށްތަކުން މިހާރު ފެންނަމުން މިދަނީ ބިރުވެރި ކަމާއި ނާމާންކަން އިންތިހާއަށް ބޮޑުވެފައި ވާ މަންޒަރެވެ. އެ ގޮތުން މަގުމަތިން މީހުން ކަތިލުމާއި ބޮންގޮއްވުމާއި އިންސާނުން ކަތިލާފައި ގޯނިގޯންޏަށް އާޅާފައި ވަޅަށްލުންފަދަ ބިރުވެރި ކާރިސާތަކާ ރައްޔިތުން މި ވަނީ ކުރިމަތިލާން ޖެހިފައެވެ. މާލޭ ސިޓީގައި އޭޓީ އެމް ބެހެއްޓި ދުވަސްވަރު ގައިބާރު ދެރަ މުސްކުޅިން އޭޓީއެމް ތަކުގެ ސެކިއުރިޓީ ކުރަން ތިއްބެވެ. މިހާރު އެކަމެއް ވެސް ނެތެވެ. ރަނގަޅެވެ. އެހާ […]

އިންސާނުންގެ ތެރޭގައި ވާހަކަ ދެއްކުމުގެ އަޚުލާޤީ މިންގަޑެއް އޮންނާންވާނެ

މިރާއްޖޭގެ ރައްޔިތުންނަށް ވެރިކަމުގެ ފަރާތުން ފުއްދައިދޭން ޖެހޭ އެންމެހައި އަސާސީ ހައްގުތަކާއި ވެރިން ޒިންމާދާރު ކުރުވުމާއި މިހިރަމިހިރަ ކަންކަން ރައްޔިތުންނަށް ކޮށްދިނުމަށް ޓަކައި ރައްޔިތުންގެ ލޯބޯ ފިއްސައިގެން ހޯދާ އާމްދަނީއާ ނުބައްދަލު ބޮޑު މުސާރައެއް ދީގެން އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހަކީ މާޒީގެ ބަސްމަގުގެ ތެރޭގައި އެބުނާ ވަކަރުގެ ކަމަށް ސިފަ ކުރެވެން ފަށައި ފިއެވެ. ރައްޔިތުންގެ މަޖިލީހަކީ އެމަޖިލީހަށް ރައްޔިތުން ހޮވާ މެންބަރުން މަހުޖަނުންގެ ޖީބަށް ވެއްޓެމުން ދިޔަ ދިއުން ނިމުމަކަށް ގެނެވޭ ވަރުގެ މުސާރައަކާއި ޢިނާޔަތާއި […]