މިއީ ސަމާސާއެއް ނޫނެވެ!

1082

މިރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ވައްކަން ނުވަތަ ޚިޔާނާތް ފަޅާއެރީ ދާދި ފަހުންނެވެ.

ވައްކަމާއި ޚިޔާނާތުގެ އެތައް މައްސަލައެއް ސަރުކާރުގެ ތެރެއިން ފަޅާއަރާފައި ވެއެވެ. އޭގެ ތެރޭގައި އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ އިތުރުން ވެންޓީލޭޓަރުގެ ޚިޔާނާތާއި، އެފްޕީއައިޑީގެ ޚިޔާނާތާއި އެއަރމޯލްޑިވްސް ގެޚިޔާނާތް ފަދަ އެތައް ކަމެއް ހިންގާފައިވެއެވެ. ކޮންމެ މައްސަލައެއް ވެސް ވަކި ހިސާބަކުން ހުދު ކާފޫރަށް ބަދަލުވެ ދެއެވެ.

ރައްޔިތުންނަށް އެނގެނީ ކައިފި ކަމެވެ. ކޭމިން ވަރެއް ކޭ ގޮތެއް، ކޭތަނެއް ވީގޮތެއް ރައްޔިތުންނަށް އަދިއަދަށްދާނދެން ވެސް ސާފެއްނުވެއެވެ.

އެމް.އެމް.ޕީ.އާރުސީގެ ޚިޔާނާތާއި ވައްކަމުގެ މައްސަލާގެ މައި މުގޫކަމަށްވާ އަދީބާއި ޒިޔަތު މައްސަލަ ދިޔަގޮތާމެދު އެތައް ބަޔަކު ތިބީ ކަންބޮޑުވެފައެވެ. ޖަލު ހުކުމެއް އެ ދެބޭފުންނަށް އިއްވި ކަމުގައި ވިޔަސް އެ ދެބޭފުޅުން ތިއްބެވީ އަރާމައި އުފަލުގައި ގޭގައެވެ.

ވައްކަމާއި ޚިޔާނާތުގެ ތެރެއިން 16 ބިލިއަންޑޮލަރަށް ވުރެ ގިނަ ފައިސާ ދައުލަތަށް ގެއްލިފައި އެބަވެއެވެ. އެނގޭ ކަމަކީ ކޮންމެ ވައްކަމެއް ވެސް ނުވަތަ ކޮންމެ ޚިޔާނާތެއް ފަޅާއަރާ ދުވަސްވަރު ވަރަށް ބާރަށް ޝަރީޢަތްތަކާ ތަހުގީގުތައް ހިންގައި ހަދާ ކަމާއި، މީހުން ޖަލަށް ވެސް ލައިގެން އުޅުނު ކަމެވެ. ދައުލަތަށް މިހާ ގިނަ ފައިސާ ގެއްލިފައި ވާއިރު، އަލްމަރުޙޫމް ގުޅީ ޢީސާ ކަލޭގެ ފާނުގެ މައްޗަށް ޙުކުމް ކުރައްވައި އެ މަރުޙޫމުގެ މުޅި މުދަލާއި ގެދޮރު ދައުލަތަށް ނެގިފަހުން ދައުލަތަށް ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ އެއްވެސް ފައިސާ އެއް ލިބޭ ތަނެއް ނުފެނެއެވެ.

މިގައުމުގެ މިބާވަތުގެ ބޮޑެތި ޚިޔާނާތް ހިންގަނީ ރާއްޖޭގެ ގޭންގް ލީޑަރުން ގުޅިގެންނެވެ. އެއީ ގައުމުގެ އެންމެ މަތިން ފެށިގެންނެވެ. ކަމާބެހޭ ހުރިހާ މުއައްސަސާ ތަކަށް ނުފޫޒާ ރިޝްވަތު ވަދެފައިވާކަމަށް ބެލެވެއެވެ. މަގާމާއި ދަރަޖައާއި ފައިސާއަށް ޓަކައި މިދެންނެވި ގޮތަށް ކަންކަން ނުހިނގާނަމަ ގުޅީ އަލްމަރުޙޫމް ޢީސާ ކަލޭފާނުގެ މުދަލާއި ގެދޮރު ދައުލަތަށް ނަގާފައި ވަނީ ބަދަލުގެ ގޮތުގައެވެ. އެ ދުވަސްވަރަށްވުރެ އޯޑިޓް ރަނގަޅުވެ ބޭންތަކުން ވިޔާފާރިކުރާ ޒަމާން އައުމުން ދައުލަތުން ގެއްލޭ ފައިސާ ހޯދައި ދެނެގަންނަން މާފަސޭހަވާނެތާއެވެ!

ދައުލަތުން ކުރާވައްކަން ދުވަހުން ދުވަހަށް އިތުރުވަމުން ގޮސް މިހާރު އެކަން ވަނީ ހައްދުން ނެއްޓިފައެވެ. މައްސަލަތައް ބަލާނެ މުއައްސަސާއެއް ނެތެވެ. ޙަވާލުވާނެ މީހަކު ނެތެވެ. ހަނު ހުންނެވީމަ ނިމުނީއެވެ.

ރިޔާސީ ނިޒާމުގައި ދައުލަތުން ގެއްލޭ ފައިސާ ސަރުކާރަށް ހޯދައި ނުދެވިއްޖެ ނަމަ އެކަމެއްގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތަކީ ވަލިއްޔުލް އަމްރެވެ.

ރާއްޖޭގެ ވެރިކަމާއި ވެރިކަމުގެ އެންމެހައި ބާރުތައް ގާނޫނުއަސާސީގައި ވަކިކުރެވިފައި އޮތަސް އެއީ ރަމްޒީ ކަމެކެވެ. މުގުލުގައި ތިއްބަވަނީ ގޭންގް ބޮހުންނެވެ. ދައުލަތުގެ ހުރިހާ ބާރެއް ކޮންޓްރޯލް ކުރައްވަނީ އިސްވެދެންނެވި ގޭންގް ލީޑަރުންނެވެ. ދައުލަތުން ގެއްލޭ ފައިސާ ހޯދުމާއި ސިޔާސީ ލީޑަރުން ޖަލަށް ލުމާއި މުއައްސަސާތަކުގެ ވެރިން ބަދަލު ކުރުމަކީ ވެސް މިދެންނެވި ބޮހުންގެ އިޝާރާތަށް ހިންގާ ކަންކަމެވެ. ސިޔާސީ ބައި ކުޅުއްވުމާ ބޮޑެތި ވައްކަން ސަބިތުނުވާނޭ ފަދަ މޮޅު ގޮތްގޮތަށް ރާވައި ހިންގަނީވެސް އެފަރާތްތަކުންނެވެ. މިދެންވިގޮތުގެ މަތީން މިދެންނެވި އެއްވެސް ވައްކަމެއް، ނުވަތަ ޚިޔާނާތެއްގެ އެންމެ ފުނަށް ތަހުގީގު ދަތުރެއް ނުކުރާނެއެވެ، މިހާރު ޢާންކޮށް ހުޅުވާލައިގެން ހާމަކޮށް ޝަރީޢަތްތަށް ކުރެވެން ފެށުމުން ވަމުންދާގޮތް އެދަނީ ރައްޔިތުންނަށް ރޭކާލަމުންތާއެވެ!

ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް އެކަންޏެއްނޫނެވެ. ރާއްޖެއަށް ބޮޑެތި އަދަދުތަކުން އެތެރެވަމުން އަންނަ މަސަތުވާ ތަކެއްޗަކީވެސް އާދައިގެ ބަޔަކު ހިންގާ ޖަރީމާއެއް ނޫނެވެ. މިއީ ވެސް މިދެންނެވި ގޭންގް ތަކުން ހިންގާ ބައިނަލްއަގްވާމީ މަސްތުވާ ތަކެތީގެ ވިޔާފާރިއެވެ. އަތުލައިގަނެވޭ ތަކެތީގެ އަގަށް ބަލާލިޔަސް އާދައިގެ މީހަކަށް މިވަރުގެ އަގެއް ނުދެވޭނެ ކަން އެނގޭނެއެވެ. މި ރާއްޖެ މަސްތުވާ ތަކެތީގެ ހަބެއްގެ ގޮތުގައި ދަނީ ބޭނުން ކުރެވެމުންނެވެ.

ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް ނުހިނގާނެ ނިޒާމެއް ގާއިމު ކުރުމަކީ ސަރުކާރުގެ ޒިއްމާއެކެވެ.

 

 

 

 

 

3 ހިޔާލުތައް

  1. Waaaaao, vvfurihama, liunu meehakah Hama saabahun saabass, mi gaumuga fuluhunney kiyaabayaku thibeynee hingaa jareemaathakah insaafu hoadhai dheynbaa, nuvatha jareemaathakah fass alhaa foruvai dheynbaa.. nethey vaki rangalhu ekkameh vess mi gaumugaa, sharuee nixaamaa, gaanoonee nixaamu vesss bodu thanun foovehttifa..

  2. މިއީ ރައްޔިތުންގެ ކިބައިން ބާރުލިބޭ ކަމަށް އެބުނާ ހުދުމުޚުތާރު ޑިމޮކްރަސީގެ ސަބަބުން ޖެހިފައިވާ ބައްޔެކެވެ. މިބަލި ޖެހުމުން ވާގޮތަކީ ތިމާއާއި ތިމާއަށް ހެޔޮއެދޭ ރައްޔިތުންނޭ އެކިޔާ ވަކިބައެއްގެ ނުފޫޒުން ޙަޤީޤީ ރައްޔިތުންގެ ބާރުކެނޑި މުޅިޤައުމު ހަލާކުގެ ތެރެއަށް ވެއްޓި ދަނީއެވެ. އެހައިހިސާބުން ޕާޓީތަކެއް އުފަންކުރުވައި މުޅިޤައުމު އެބައެއްގެ މުށުތެރެއަށް ލައި ރަނގަޅަށް ފިތައި ލަނީއެވެ. މިހެންވުމުގެ ސަބަބުން ރައްޔިތުން ބިކަވެ، ވެރިންނާއި ވެރިންގެ ބައިވެރިން ހިތުހުރި ގޮތެއް ހަދާއެއްޗަކަށް ޤާނޫނުވެ، މުޅިޤައުމުގެ ހުރިހައި ނަފާއެއް އެއީ އެމީހުންގެ އަމިއްލަ މިލްކަކަށް ވެގެންދަނީއެވެ. ސައްކެޔޮ ގަހަށް މަކުނު އަރައި އިނދެ ފިނދާ ކުލޭގޮތައް ޤާނޫނު ތަކާކުޅެނީއެވެ. މިހެންވުމުގެ ސަބަބުން ހުރިހައި ގޮތަކުން ހަސްފަސްނެތި، ޤައުމުގެ ހައިބަ ވަންތަކަން ގެއްލި، ޤައުމަށް ބޭނުން ހައި ގޮތެއް ހެދުމަށް ޤައުމުގެ ދުޝްމަނުންނަށް މަގުފަހިވަނީއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ