ޗައިނާއިން މާސްކުއެޅުމާބެހޭ އާ އުސޫލުތަކެއް އާންމުކޮށްފި

ޗައިނާއިން މާސްކުއެޅުމާބެހޭ އައު އުސޫލުތަކެއް އާންމުކޮށްފިއެވެ. ޗައިނާގެ ސިއްހީ އިދާރާތަކުން މި އުސޫލުތައް އާންމުކޮށްފައި ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް ވައިރަހުގެ ޑެލްޓާ ވެރިއަންޓުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. މިހާރު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓުގެ ބިރު ޗައިނާ ޕްރޮވިންސުގެ ދެބައިކުޅަ އެއްބަޔަށް ވުރެ އިތުރަށް ފޯރާފައިވާއިރު އެއިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއްވެސް ދަނީ އަޅަމުންނެވެ. އޭގެ ތެރޭގައި ފުރަބަންދު ކުރުމާއި ކޮވިޑް-19 އަށް ޓެސްޓުކުރާ މިންވަރު އިތުރު ކުރުމުގެ އިތުރަށް ދަތުރުފަތުރު ކުރުމާ ބެހޭ ގަވާއިދުތައް […]

މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަންވީ ވަގުތެއް ނޫން: ރައީސް ޞާލިޙު

މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރަން ވީ ވަގުތެއް ނޫންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުންވެސް އެކަން ޤަބޫލުކުރައްވާކަން ހާމަވެގެންދާކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 39 މެމްބަރުންގެ ވޯޓުން އެ ގަރާރު ފާސްކުރި ނަމަވެސް، ޤައުމީ މަޖިލީހުގައި 142 މެމްބަރުން ތިއްބަވައެވެ. އެހެންކަމުން އެ […]

ދުނިޔެއަށް ކުރިމަތިވި އެންމެ ހޫނުގަދަ މަހަކީ ފާއިތުވި ޖުލައި މަސް

ދިރާސާތަކުން ދައްކާގޮތުގައި ފާއިތުވެ ދިޔަ 142 އަހަރުގެ ރެކޯޑުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ޖުލައި މަހަކީ މިވީހާތަނަށް ދުނިޔެއާ ކުރިމަތިލީ އެންމެ ހޫނުގަދަ މަހެވެ. އާންމުކޮށް ޖުލައި މަހަކީ ކޮންމެ އަހަރެއްގެ ވެސް އެންމެ ހޫނުގަދަ މަސް ނަމަވެސް މިއަހަރުގެ ޖުލައި މަހަކީ އެންއޯއޭއޭއިން 1880 ވަނަ އަހަރު ރެކޯޑުތައް ބަލަހައްޓަން ފެށިފަހުންވެސް ހޫނުމިން އެންމެ މަތިވެގެން ދިޔަ މަހެވެ. މިއަހަރުގެ ޖުލައި މަހު ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހޫނުގަދަ އެތައް ރާޅެއް އަރާފައިވެއެވެ. […]

ކަނޑުގެ ލޮނުގަނޑު އުފުލެނީ: ނުރައްކާ ބޮޑުވަނީ

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބެހޭގޮތުން ޔުނައިޓެޑް ނޭޝަންގެ އިންޓަރ ގަވަންމެންޓަލް ޕެނަލް އިން ނެރުނު ސްޓޭޓް އޮފް ދަ ސައެންސް ރިޕޯޓުގައި ވާ ގޮތުން މިހާރު ދުނިޔޭގެ ފިނިހޫނުމިން ވަނީ 1.1 ޑިގުރީ ސެލްސިއަސް އަށް އުފުލިފައެވެ. އަދި އަވަސް މުސްތަޤުބަލެއްގައި މި އަދަދު 1.5 ޑިގުރީ ސެލްސިއަސް އަށް އުފުލިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ދުނިޔޭގެ ފިނި ހޫނުމިނަށް އަންނަމުންދާ ބަދަލުތައް ހުއްޓުވުމަށް ގްރީން ހައުސް ގޭސް ފަދަ ވިހަ ގޭސްތައް ބޭނުންކުރުން މަދުކޮށް […]

ޖަލުގައި ހުންނެވި ސެމްސަންގްގެ ވައިސް ޗެއާމަން ޕެރޯލްގެ ދަށުން މިނިވަން ކުރަނީ

ޖަލުގައި ހުންނެވި ސެމްސަންގްގެ ވައިސް ޗެއާމަން އަދި ޑިފެކްޓޯގެ ލީޑަރު ލީ ޖައެ ޔޮން ޕެރޯލްގެ ދަށުން މިނިވަންކުރަން ނިންމާފައިވާކަމަށް ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީން މިދިޔަ ހޯމަދުވަހު ބުނެފިއެވެ. ޖަނަވަރީ މަހު ސިއޯލް ގެ ހައިކޯޓުގައި އޮތް ޝަރީޢަތުގައި ލީއަށް ވަނީ ވައްކަމާއި ރިޝްވަތުގެ ތުހުމަތުގައި ދެ އަހަރާއި ފަސްމަސްދުވަހުގެ ޖަލު ހުކުމެއް ކުރެވިފައެވެ. ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ވަނީ އޯގަސްޓް 13 ވަނަ ދުވަހު، ލީ މިނިވަން ކުރަން […]

ރައްޔިތުންނަށް ވަޒީފާ ހޯދައިދޭން ބޭރު މީހުންގެ ވަޒީފާގެ ގަވައިދުތަކަށް ސިންގަޕޫރުން ބަދަލު ގެންނަނީ

ސިންގަޕޯރުގެ ރައްޔިތުންނަށް ވަޒީފާ ލިބުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް، އެ ގައުމުގައި މަސައްކަތް ކުރާ ބޭރު ގައުމުތަކުގެ މީހުންނާ ގުޅޭ ގަވާއިދުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައި ވާކަމުގައި ބޮޑުވަޒީރު ލީ ސިއެން ލޫންގް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު ގަވައިދަށް ބަދަލު ގެންނަ ވާހަކަ ވިދާޅުވީ ގައުމީދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާޠަބުކުރައްވައި މިދިޔަ އާދީއްތަ ދުވަހު ފޮނުވި މެސެޖެއްގައެވެ. ބޮޑުވަޒީރުގެ މެސެޖުގައި ވާގޮތުން ސިންގަޕޫރަށް މަސައްކަތްކުރަން އަންނަ ބޭރު ފަރާތްތަކުގެ އަދަދާއި ފެންވަރު ދެނެގަތުމަށް ރަނގަޅު ގަވާއިދުތަކެއް […]

ތޭރަ އަހަރަށް ފަހު ”ގަންސް އެން ރޯސަސް“ މުޅިން އާ ލަވައެއް ނެރެފި

ތޭރަ އަހަރަށް ފަހު ”ގަންސް އެން ރޯސަސް“އިން އެ މީހުންގެ މުޅިން އާ ލަވައެއް ނެރެފިއެވެ. މި ލަވަ ނެރެފައި ވަނީ އެ ބޭންޑުން ހުކުރު ދުވަހު ހެނދުނު ކުރި ޓުވީޓަކުންނެވެ. އެ ޓުވީޓުގައި ”އެބްސާރޑް“ މި ލަވައާ ބެހޭ ކުރު މައުލޫމާތު ކޮޅަކާއި ވީޑިއޯ ކޮޅެއް ހިމަނާފައިވެއެވެ. މިއީ 2008 ވަނަ އަހަރު ޗައިނީސް ޑިމޮކްރަސީއަށްފަހު އެމީހުންގެ ސްޓޫޑިޔޯއިން ނެރުނު ފުރަތަމަ ލަވައެވެ. ރޯލިން ސްޓޯން އިން ބުނިގޮތުގައި ”އެބްސާރޑް“ އަކީ ގަންސް އެންޑް ރޯސަސް […]

ޖަލުގައި ހުންނެވި ދެކުނު އެފުރިކާގެ ކުރީގެ ރައީސް ޒޫމާ ހޮސްޕިޓަލުގައި އެނދުމަތިކުރައްވައިފި

ޖަލުގައި ހުންނެވި ދެކުނު އެފުރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ ސިއްހީ ފަރުވާއަށް ހޮސްޕިޓަލުގައި އެދުމަތި ކުރައްވައިފިއެވެ. ދެކުނު އެފުރިކާގެ ކަރެކްޝަނަލް ސާރވިސް (ޑީސީއެސް) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވާގޮތުން ޒޫމާ އިތުރު ފަރުވާއަށް ޖަލުން ބޭރު ހޮސްޕިޓަލެއްގައި އެނދުމަތިކުރައްވާފައި ވަނީ އާދައިގެ މަތިން ކުރިއަށް ގެންދިޔަ ޓެސްޓުތަކުގެ ނަތީޖާއިން އިތުރު ފަރުވާ ބޭނުންވާކަން އެނގުމާ ގުޅިގެންނެވެ. އެ ބަޔާނުގައި ރައީސް ޒޫމާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. […]

ކުށްކުރާކަމަށް ޝައްކު ކުރެވޭ މީހަކާ ގުޅުން ބަދަހި ކުރެވުމަކީ ގޯހެއް ކަމަށް ބިލް ގޭޓްސް ވިދާޅުވެއްޖެ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށް މަގުފަހި ކޮށްދިނުމުގެ ތުހުމަތު ކުރެވޭ މަޝްހޫރު ވިޔަފާރިވެރިޔާ ޖެފްރީ އެޕްސްޓެއިން އާ ގުޅުން ބަދަހި ކުރެވުމީ ހެދުނު ބޮޑު ގޯހެއް ކަމުގައި މައިކްރޯ ސޮފްޓުގެ ބާނީ ބިލް ގޭޓްސް ވިދާޅުވެއްޖެއެވެ. ބިލް ގޭޓްސް މިހެން ވިދާޅުވެފައި ވަނީ މިދިޔަ ބުދަ ދުވަހު ސީ.އެން.އެންއަށް ދެއްވި އިންޓަވިއު އެއްގައެވެ. ސީ.އެން.އެންގެ އެންޑާސަން ކޫޕާއާ ވާހަކަ ދައްކަވަމުން ބިލް ގޭޓްސް ވިދާޅުވީ އޭނާ އެޕްސްޓެއިންއާ ބައްދަލު ކުރެއްވީ ދުނިޔެއަށް ކުރިމަތިވަމުންދާ ސިއްހީ މައްސަލަތައް ހައްލުކުރުމަށް […]

އިންޑިއާގައި ނުވަ އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުމުން އިހުތިޖާޖު ކުރަނީ

ނުވަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައިގައި އެތައް ސަތޭކަ ބަޔަކު ނިކުމެ، އިންޑިޔާގެ ވެރިރަށް ދިއްލީގައި ބުދަދުވަހު އިހުތިޖާޖުކޮށްފިއެވެ. މިއީ އެ މައްސަލައާ ގުޅިގެން އެމީހުން ނުރުހުން ފާޅުކޮށް އިހުތިޖާޖު ކުރި ހަތަރު ވަނަ ދުވަހެވެ. މި އިހުތިޖާޖުގައި ކުޑަ ކުއްޖާގެ މައިންބަފައިންވެސް ބައިވެރިވެފައިވެއެވެ. އެމީހުން ދިރިއުޅޭ އަވަށުގެ ސަފޯޓަރުންނާއެކު އިނދެ ދަރިފުޅު އެނބުރި އައުމަށް އެދި އޭނާގެ މަންމަ ވަރަށް އަސަރާއެކު ގޮވަމުން ދިޔައެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި ހެނދުނު އިހްތިޖާޖުކުރުމަށް ނިކުމެ […]