އިންޑިއާގައި ނުވަ އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުމުން އިހުތިޖާޖު ކުރަނީ

39

ނުވަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައިގައި އެތައް ސަތޭކަ ބަޔަކު ނިކުމެ، އިންޑިޔާގެ ވެރިރަށް ދިއްލީގައި ބުދަދުވަހު އިހުތިޖާޖުކޮށްފިއެވެ. މިއީ އެ މައްސަލައާ ގުޅިގެން އެމީހުން ނުރުހުން ފާޅުކޮށް އިހުތިޖާޖު ކުރި ހަތަރު ވަނަ ދުވަހެވެ.

މި އިހުތިޖާޖުގައި ކުޑަ ކުއްޖާގެ މައިންބަފައިންވެސް ބައިވެރިވެފައިވެއެވެ. އެމީހުން ދިރިއުޅޭ އަވަށުގެ ސަފޯޓަރުންނާއެކު އިނދެ ދަރިފުޅު އެނބުރި އައުމަށް އެދި އޭނާގެ މަންމަ ވަރަށް އަސަރާއެކު ގޮވަމުން ދިޔައެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ހެނދުނު އިހްތިޖާޖުކުރުމަށް ނިކުމެ ތިބީ 80 އެއްހާ މީހުންނެވެ. ނަމަވެސް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ބައިވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން ސަލާމަތީ ކަންތައްތައް ބަލަހައްޓަން 200 ފުލުހުން އެމައިދާނަށް ފޮނުވާފައިވެއެވެ.

ދިއްލީގެ ސީނިޔާ ޕުލުސް އޮފިސަރު އިންޖިތު ޕްރަތާބް ސިންގް ކުއްޖާގެ މަންމަގެ ފަރާތުން ނެގި ބަޔާނުގައި ވާގޮތުން މިދިޔަ އާދިއްތަ ދުވަހު އެކުއްޖާ ދިއްލީގެ ފައްޅި އަކަށް ފެން ބަލައެވެ. އެކުއްޖާ ގެއިން ދިޔަތާ ދޮޅުގަޑިއިރެއްހާއިރު ފަހުން ފައްޅީގައި މަސައްކަތްކުރާ ފާދިރީއެއްކަމަށް ވާ 55 އަހަރުގެ ރާދޭ ޝިޔަމް ކުއްޖާގެ މަންމައަށް ގުޅައި ފުރާނަ ނެތް މަސްގަނޑު ދައްކާފައިވެއެވެ.

ބުއްދިވެރި ގޮތަކީ ފުލުހުން ބައިވެރިނުކޮށް ކުއްޖާ ވަޅުލުމުގެ ކަންކަން ކުރުން ކަމުގައި ޝިޔަމް އަދި އެ ފައްޅީގައި މަސައްކަތްކުރާ އިތުރު ތިން މީހުން އެކުއްޖާގެ މައިންބަފައިންނަށް ވިސްނައިދީ މަންމައާއި ބައްޕަގެ ހާޒިރުގައި އެކުއްޖާ ވަޅުލާފައިވެއެވެ.

އެހެންނަމަވެސް އެ އަވަށުގެ ރައްޔިތުންނަށް އެ ޚަބަރު ލިބި 200 އެއްހާ މީހުން ނުކުމެ އިންސާފު ހޯދުމަށް އަޑުއުފުލާފައިވެއެވެ.

މިމައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު އެމީހުންނަށް ދޭނެ ވަކި އަދަބެއް ކަނޑައާފައެއްނުވެއެވެ. ނަމަވެސް ބަންދުގެ މުއްދަތަށް 14 ދުވަސް ޖަހާފައިވެއެވެ.

އިންޑިއާއަކީ ކުޑަކުދީންނާއި އަންހެނުން ރޭޕްކޮށް މެރުމުގެ ރޮނގުން މުޅިދުނިޔއެިން ރަތް ވަނައެއް ހޯދާފައިވާ ގައުމެކެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ