ްއެއްބިލިއަން ޑޮލަރާއި ތުރުކީގެ އެންމެ ރީތި އަންހެންމީހާ އަހަރެންގެ އަންބަކަށް ދޭންޖެހޭނެ

Loading

Facebook
Twitter
WhatsApp

މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރާއި އަދި ތުރުކީގައި ހުރި އެންމެ ރީތި އަންހެންމީހާ އަހަރެންގެ އަންބަކަށް ނުދީފިނަމަ ތުރުކީއާއެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލާނެކަމަށާއި ކެމްޕާލާގައިހުރި ތުރުކީގެ އެމްބަސީ ބަންދުކުރާނެކަމަށް ޔޫގެންޑާގެ ސިފައިންގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނަރުގަބާ އިންޒާރު ދީފިއެވެ.

ޖެނެރަލް މުހޫޒީ ކައިނަރުގަބާ އަކީ އެގައުމުގެ ރައީސް ޔުވޭރީ މޫސަވެނީގެ ފިރިހެން ދަރިއެވެ. ކައިނަރުގަބާ ބުނެފައިވަނީ ޔޫގެންޑާއިން ސޮމާލިއާގެ އަލް ޝަބާބު ހަނގުރާމަވެރިންނާ ދެކޮޅަށް ގިނަ އަހަރުތަކެއްވަންދެން ހަނގުރާމަ ކުރަމުންގެންދާއިރު ތުރުކީން ގެންދަނީ ބަނދަރުތަކާއި އެއާރޕޯރޓްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ އިމާރާތްކުރުމުގައި ފައިދާ ނަގަމުންނެވެ. ތުރުކީން ނަގަމުންގެންދާ ފައިދާއިން އަހަރެންގެ ހިއްސާއަކީ އެއް ބިލިއަން ޑޮލަރާއި އަދި އަންބެއްގެ ގޮތުގައި ތުރުކީގައި ހުރި އެންމެ ރީތި އަންހެންމީހާއެވެ. މިކަންތައް ފުރިހަމަ ކޮށްދިނުމުން ތުރުކީއާ ދޭތެރޭ އަހަރެންގެ އެއްވެސް ދެކޮޅުވެރިކަމެއް ނެތެވެ. މިހާތަނަށް އަހަރެމެން މިތިބީ ތުރުކީއަށް ފުރުސަތުދީގެންނެވެ. ކުރިއަށް އޮތް ތަނުގައިވެސް ތުރުކީއާ ދެކޮޅުވެރިކަން އަހަރެމެން ބޭނުމެއް ނޫނެވެ. ތުރުކީން އަހަރެމެންގެ ޑިމާންޑަށް އިއުތިރާޒް ކުރާނަމަ ތުރުކީއަށް ސަލާމަތެއް ނޯންނާނެއެވެ. އަދި ހަނގުރާމައެއްގައި އަހަރެމެންނާ ދެކޮޅަށް ތުރުކީން ހިފާއްޓައެއްވެސް ނުލެވޭނެއެވެ. އަހަރެމެންނަކީ އީސާގެފާނުގެ ދީނީ ފިލާވަޅުތަކުން ދަރުސް ލިބިގެން ތިބި ބަޔަކީމުއެވެ. އަހަރެންގެ މި ޑިމާންޑްތައް ތުރުކީން ފުރިހަމަކޮށްދޭނެކަން އަހަރެން ގަބޫލުކުރަމެވެ. އަދި މީގެ އެއް އަހަރުދުވަސްފަހުން ގައުމީ ބަތަލެއްގެ ގޮތުގައި އަހަރެން ތުރުކީއަށް ދާނަމެވެ. އަދި އަންކަލް އުރުދުޣާނާ ބައްދަލުވެސް ކުރާނަމެވެ. ހިންދުސްތާން ޓައިމްސް ގައި ބުނެފައިވެއެވެ. މި ފެންވަރުގެ މީހުން ގައުމުތަކުގެ ސިފައިންގެ ވެރިންނަށް ތިބީމާ ބުނެވޭނީ ސަހަރޯއެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހިނގުރާމައިގާ އިސްރާއީލާ އެކުގައި އީރާނަށް އަރައިގަތުމަށް އެއްލައްކަ ސިފައިގެން ލަޝްކަރެއް ޔުގެންޑާގައި ތައްޔާރަށް އޮތްކަމާށާއި ތެހެރާން އަތުލައިގަތުމަކީ އެ ލަޝްކަރަށް އުނދަގޫ ކަމެއް ނޫންކަން ބަޔާކޮށް މީގެ ދެތިންދުވަސްކުރިން ޖެނެރަލް މުހޫޒީ ކައިނަރުގަބާ ވަނީ އިއުލާންކޮށްފައެވެ. މީގެ ކުރިން ޖެނެރަލް މުހޫޒީ ކައިނަރުގަބާ ވަނީ އިޓަލީގެ ބޮޑުވަޒީރު ޖޯރޖިއާ މެލޯނީއާ ކައިވެނި ކުރަން ބޭނުންވެގެންވެސް އަހާފައެވެ. އަދި ކައިވެނީގެ ރަނަކަށް ދުނިޔޭގައި އެންމެ މަޝްހޫރު ގެރީގެ ނަސްލު ކަމުގައި ބެލެވޭ އެންކޯލް ކަވްގެ 100 ގެރި ދޭނެކަމަށްވެސް ބުނެފައިވެއެވެ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް