ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ނަމަށް ބަދަލުކުރައްވައިފިއެވެ.
މި ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް
ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން ގެންނެވި ބަދަލެކެވެ.
އެ ވުޒާރާގެ ނަމަށް ގެނެވުނު ބަދަލާއެކު، އިސްލާމީކަންތައްތަކާ ބެހޭ އެންމެހާ މަސައްކަތްތަކާއި ދިވެހިރާއްޖޭގައި އައުޤާފްގެ ދާއިރާއިން ކުރެވޭ މުހިންމު ހުރިހާ މަސައްކަތް ކުރިއަށް ދާނީ އެ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
މިއީ އައުޤާފްތައް ފުޅާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރައްވަމުން ގެންދަވާ މަސަައްކަތްޕުޅަށް އިތުރު ކުރިއެރުން އަންނާނެ ކަމެކެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އައުޤާފް ވުޒާރާ އުފެދުނީ 1932 ވަނަ އަހަރުގައެވެ. މިއަދު މި ބަދަލު މި ގެނެވުނީ އައުޤާފަށް ޚާއްސަ ވުޒާރާއެއް އުފެދިފައި ނެތްތާ އަހަރުތަކެއް ފަހުންނެވެ.
![]()
