އިންޑިއާގެ ކަނޑުގެ ލަޝްކަރުގެ ހަތަރު މަނަވަރު ޗައިނާގެ ދެކުނު ކަނޑަށް ފޮނުވަނީ

އިންޑިއާގެ ކަނޑުގެ ލަޝްކަރުގެ ހަތަރު މަނަވަރު ޗައިނާގެ ދެކުނު ކަނޑަށް ފޮނުވަން ނިންމާފައިވާކަމަށް އިންޑިޔާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ. ދިފާއީ ވުޒާރާއިން ބުނި ގޮތުގައި ކަނޑުގެ ލަޝްކަރީ އުޅަނދުތައް އެ ސަރަހައްދަށް ދިޔުމަށް މި މަހު ކުރީ ކޮޅު ދަތުރުފަށާނެއެވެ. ނަމަވެސް ދަތުރު ފަށާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ. ދެ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނުތަކުގައި ބައިވެރިވާން އިންޑިއާގެ ކަނޑުގެ ސިފައިންގެ ހަތަރު އުޅަނދު ދަނީ އިންޑިއާކަނޑުގައި ބާރުގަދަކުރަމުންދާ ޗައިނާގެ ލަޝްކަރުގެ ބާރު […]