އިންޑިއާގެ ކަނޑުގެ ލަޝްކަރުގެ ހަތަރު މަނަވަރު ޗައިނާގެ ދެކުނު ކަނޑަށް ފޮނުވަނީ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ކަނޑުގެ ލަޝްކަރުގެ ހަތަރު މަނަވަރު ޗައިނާގެ ދެކުނު ކަނޑަށް ފޮނުވަން ނިންމާފައިވާކަމަށް އިންޑިޔާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.

ދިފާއީ ވުޒާރާއިން ބުނި ގޮތުގައި ކަނޑުގެ ލަޝްކަރީ އުޅަނދުތައް އެ ސަރަހައްދަށް ދިޔުމަށް މި މަހު ކުރީ ކޮޅު ދަތުރުފަށާނެއެވެ. ނަމަވެސް ދަތުރު ފަށާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ.

ދެ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނުތަކުގައި ބައިވެރިވާން އިންޑިއާގެ ކަނޑުގެ ސިފައިންގެ ހަތަރު އުޅަނދު ދަނީ އިންޑިއާކަނޑުގައި ބާރުގަދަކުރަމުންދާ ޗައިނާގެ ލަޝްކަރުގެ ބާރު ކުޑަކުރުމުގެ ބޭނުމުގައި އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ”ކުއާޑް ބައިވެރިއެއް“ގެ ގޮތުގައެވެ. އިންޑިއާގެ އިތުރަށް އެ ޖަމާއަތުގައި ހިމެނެނީ އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިޔާއެވެ. އަދި ”މަލަބާރ 2021“ ގެ ކަނޑުމަތީ ހަރަކާތްތަކާއި، ސިންގަޕޯރ، ވިއެޓްނާމް، އިންޑޮނޭޝިޔާ އަދި ފިލިޕީންސްގެ ކަނޑުމަތީ ސިފައިންގެ އުޅަނދުތަކާއެކު ވެސް ބައެއް ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.

އިންޑިޔާއިން ގަބޫލުކުރާ ގޮތުގައި މިފަދަ ކަނޑުމަތީ ހަރަކާތްތަކުގެ ސަބަބުން އިންޑިޔާ ސިފައިންނާ އަވަށްޓެރި ގައުމުތަކުގެ ސިފައިންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެ ކަނޑުގެ ސިފައިންނަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް