ކަނޑުގެ ލޮނުގަނޑު އުފުލެނީ: ނުރައްކާ ބޮޑުވަނީ

Loading

Facebook
Twitter
WhatsApp

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބެހޭގޮތުން ޔުނައިޓެޑް ނޭޝަންގެ އިންޓަރ ގަވަންމެންޓަލް ޕެނަލް އިން ނެރުނު ސްޓޭޓް އޮފް ދަ ސައެންސް ރިޕޯޓުގައި ވާ ގޮތުން މިހާރު ދުނިޔޭގެ ފިނިހޫނުމިން ވަނީ 1.1 ޑިގުރީ ސެލްސިއަސް އަށް އުފުލިފައެވެ. އަދި އަވަސް މުސްތަޤުބަލެއްގައި މި އަދަދު 1.5 ޑިގުރީ ސެލްސިއަސް އަށް އުފުލިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ދުނިޔޭގެ ފިނި ހޫނުމިނަށް އަންނަމުންދާ ބަދަލުތައް ހުއްޓުވުމަށް ގްރީން ހައުސް ގޭސް ފަދަ ވިހަ ގޭސްތައް ބޭނުންކުރުން މަދުކޮށް އަދި ޖައްވުގައި ކާބަންޑައިއޮކްސައިޑް ގޭސް ހުންނަ މިންވަރުވެސް ދަށް ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ސައެންސްވެރިން އިރުޝާދުދެއްވައެވެ.

މޫސުމަށް އަންނަ ބަދަލާ ގުޅޭ ގޮތުން2001 ވަނަ އަހަރުގެ އައިޕީސީސީ ރިޕޯޓްގެ އިސް ލިޔުންތެރިޔާ މައިކަލް ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ހިތާމައަކީ މޫސުމަށް އަންނަމުން މިދާ ނުރައްކާތެރި ބަދަލުތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާނެ ވަގުތު ނެތުމެވެ. އެވަގުތު އައިސް ޖެހިފައިވުމެވެ.

ޔޫއެންގެ ސެކެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ލިޔުއްވި ”އަ ކޯޑް ރެޑް ފޯ ހިޔުމޭނިޓީ“ ރިޕޯޓުގައި ވާގޮތުން 1.5 ޑިގުރީ ސެލްސިއަސްގެ ޓްރެޝޯލްޑް މިވަނީ ވަރަށް ކައިރި ވެފައެވެ. މި ޓްރެޝޯލްޑަށް ވުރެ މަތި ވިޔަ ނުދީ ފިނިހޫނުމިން ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރާނެ ރަނގަޅު ގޮތްތައް ހޯދައި މިހާރުއްސުރެ ގަދައަޅައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ވެސް އޭނާ ލިއުއްވާފައިވެއެވެ.

ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ވާގޮތުން މިހާރުވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވާ ގަނޑުފެންތައް ދަނީ ހަލުވިކަމާއެކު ވިރެމުންނެވެ. އަދި މީގެ ނަތީޖާ އަކަށް ވެގެންދާނީ ކަނޑުގެ ލޮނުގަނޑު އުފުލިގެންދާ މިންވަރު އިތުރުވެގެންދިއުމެވެ. ހޯދުންތަކުން ދައްކާގޮތުގައި ދުނިޔެ ހޫނުވުމުގެ ސަބަބުން 22ވަނަ ގަރުނާހަމައަށް ދާއިރު ކަނޑުގެ ލޮނުގަނޑު އޭގެ އަމިއްލަ ޒާތުގައި އުފުލިގެން ދާނެއެވެ.

ކަންމިހެން އޮތުމާއެކު ދުނިޔޭގެ މޫސުމަށް އަންނަމުން ދާ ނުރައްކާތެރި ބަދަލުތައް ހުއްޓުވުމަށް ދުރާލައި މަސައްކަތް ފެށުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ..

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް