ރައްޔިތުންނަށް ވަޒީފާ ހޯދައިދޭން ބޭރު މީހުންގެ ވަޒީފާގެ ގަވައިދުތަކަށް ސިންގަޕޫރުން ބަދަލު ގެންނަނީ

Loading

Facebook
Twitter
WhatsApp

ސިންގަޕޯރުގެ ރައްޔިތުންނަށް ވަޒީފާ ލިބުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް، އެ ގައުމުގައި މަސައްކަތް ކުރާ ބޭރު ގައުމުތަކުގެ މީހުންނާ ގުޅޭ ގަވާއިދުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައި ވާކަމުގައި ބޮޑުވަޒީރު ލީ ސިއެން ލޫންގް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ގަވައިދަށް ބަދަލު ގެންނަ ވާހަކަ ވިދާޅުވީ ގައުމީދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާޠަބުކުރައްވައި މިދިޔަ އާދީއްތަ ދުވަހު ފޮނުވި މެސެޖެއްގައެވެ.

ބޮޑުވަޒީރުގެ މެސެޖުގައި ވާގޮތުން ސިންގަޕޫރަށް މަސައްކަތްކުރަން އަންނަ ބޭރު ފަރާތްތަކުގެ އަދަދާއި ފެންވަރު ދެނެގަތުމަށް ރަނގަޅު ގަވާއިދުތަކެއް ހެދިއްޖެނަމަ މިހާރެކޭ އެއްގޮތަށް އެހެން ގައުމުތަކުން އަންނަ ހުނަރުވެރި މަސައްކަތް ތެރިންނަށް މަރުހަބާ ކިޔޭނެއެވެ.

ބޭރުގެ މަސައްކަތްތެރިންގެ މައްސަލައަކީ ސިންގަޕޫރުގައި ވަރަށް ދުވަސްވީ މައްސަލަ އެކެވެ. ނަމަވެސް ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވަބާއާ ގުޅިގެން ބޭރުގެ މަސައްކަތްތެރިންގެ ސަބަބުން ގައުމުގެ ރައްޔިތުންނަށް ވަޒީފާ ނުލިބިދާނެކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ.

ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސިންގަޕޯރުގެ 5.7 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 30 އިންސައްތަ މީހުންނަކީ އެހެން ގައުމުތަކުގެ މީހުންނެވެ. މިއީ 1990 ވަނަ އަހަރާ އަޅާ ބަލާއިރު 20 އިންސައްތަ އިތުރު އަދަދެކެވެ.

ބޭރުގެ މަސައްކަތްތެރިންނާ ގުޅޭ ގަވާއިދުތަކަށް ބަދަލުގެނެސް ގައުމުގެ ރައްޔިތުންނަށް ވަޒީފާ ދިނުމުގައި އިސްކަންދިނުމަށް އެ ގައުމުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި މުސާރަ ބޮޑުކުރުން ހިމެނެއެވެ.

ކޮރޯނާ ވަބާގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް ސިންގަޕޯރުގައި ދިރިއުޅެމުންދާ މީހުންގެ 0.3 އިންސައްތަ ދަށްވެގެން ދިޔައެވެ. މިއީ 2003 ވަނަ އަހަރުން ފެށިގެން މި އަދަދު ދަށްވި ފުރަތަމަ ފަހަރެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް