ޖަލުގައި ހުންނެވި ސެމްސަންގްގެ ވައިސް ޗެއާމަން ޕެރޯލްގެ ދަށުން މިނިވަން ކުރަނީ

Loading

Facebook
Twitter
WhatsApp
Lee Jae-yong, vice chairman of Samsung Electronics, arrives at a court for a trial in his bribery scandal involving former South Korean president Park Geun-hye in Seoul on January 18, 2021. (Photo by Jung Yeon-je / AFP) (Photo by JUNG YEON-JE/AFP via Getty Images)

ޖަލުގައި ހުންނެވި ސެމްސަންގްގެ ވައިސް ޗެއާމަން އަދި ޑިފެކްޓޯގެ ލީޑަރު ލީ ޖައެ ޔޮން ޕެރޯލްގެ ދަށުން މިނިވަންކުރަން ނިންމާފައިވާކަމަށް ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީން މިދިޔަ ހޯމަދުވަހު ބުނެފިއެވެ.

ޖަނަވަރީ މަހު ސިއޯލް ގެ ހައިކޯޓުގައި އޮތް ޝަރީޢަތުގައި ލީއަށް ވަނީ ވައްކަމާއި ރިޝްވަތުގެ ތުހުމަތުގައި ދެ އަހަރާއި ފަސްމަސްދުވަހުގެ ޖަލު ހުކުމެއް ކުރެވިފައެވެ.

ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ވަނީ އޯގަސްޓް 13 ވަނަ ދުވަހު، ލީ މިނިވަން ކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ.

މިނިސްޓަރ ޕާކް ބެއޮމް-ކައި ވިދާޅުވިގޮތުގައި އެ ގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖަލުގައި ތިބި ގައިދީންގެ ތެރެއިން 810 ގައިދީން މިނިވަން ކުރަން ހަމަޖެހިފައި ވެއެވެ. އޭގެ ތެރޭގައި ލީ ވެސް ހިމެނެއެވެ. މިދިޔަ އަހަރު ވެސް އެގައުމުން ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި 600 ގައިދީން ދޫކޮށްލާފައެވެ.

ބަލިމަޑުކަމުގެ މިހާލަތުގައި ޖަލުގައި ހުރި ވަސީލަތްތަކަށް އަދި ފައިސާގެ ދަތިކަމަށް ބަލައި މިއަހަރު ޖަލުން މިނިވަންކުރެވޭ މީހުންގެ އަދަދު ކުރީ އަހަރުތަކާ އަޅާއިރު ވަރަށް ބޮޑުތަން އިތުރު ކަމުގައި މިނިސްޓަރު މާކް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ސެމްސަންގުން އަދި މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ޖަލުން މިނިވަންވިނަމަވެސް ލީއަށް އެނބުރި ވަޒީފާއަކަށް ވަޑައެއް ނުގެންނެވޭނެއެވެ. އޭނާއަށް ވަނީ ދެކުނު ކޮރެއާގެ ޤާނުނޫނުގައި ވާ ގޮތުގެ މަތިން ފަސް އަހަރު ދުވަހުގެ މުއްދަތަށް ވަޒީފާ އަދާކުރުން މަނާކުރެވިފައެވެ.

މީގެ ކުރިން 2017 ވަނަ އަހަރުގެ އޮގަސްޓު މަހުވެސް ލީއަށް ވަނީ ވައްކަމާއި ރިޝްވަތުގެ މައްސަލައެއްގައި ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއް ކޮށްފައެވެ. ނަމަވެސް ބަންދުގައި އަހަރު ދުވަސް ހޭދަކުރފަހުން އޭނާ ޖަލުން ސަލާމަތްވީއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް