ދުނިޔެއަށް ކުރިމަތިވި އެންމެ ހޫނުގަދަ މަހަކީ ފާއިތުވި ޖުލައި މަސް

Loading

Facebook
Twitter
WhatsApp

ދިރާސާތަކުން ދައްކާގޮތުގައި ފާއިތުވެ ދިޔަ 142 އަހަރުގެ ރެކޯޑުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ޖުލައި މަހަކީ މިވީހާތަނަށް ދުނިޔެއާ ކުރިމަތިލީ އެންމެ ހޫނުގަދަ މަހެވެ.

އާންމުކޮށް ޖުލައި މަހަކީ ކޮންމެ އަހަރެއްގެ ވެސް އެންމެ ހޫނުގަދަ މަސް ނަމަވެސް މިއަހަރުގެ ޖުލައި މަހަކީ އެންއޯއޭއޭއިން 1880 ވަނަ އަހަރު ރެކޯޑުތައް ބަލަހައްޓަން ފެށިފަހުންވެސް ހޫނުމިން އެންމެ މަތިވެގެން ދިޔަ މަހެވެ.

މިއަހަރުގެ ޖުލައި މަހު ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހޫނުގަދަ އެތައް ރާޅެއް އަރާފައިވެއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އިރުމަތީ ޔޫރަޕް އަދި އޭޝިޔާގެ ސަރަހައްދުތައް ހިމެނެއެވެ. މީގެ އިތުރުން ޖަރުމަނު، ޗައިނާ އަދި ބެލްޖިއަމް ފަދަ އެތައް ގައުމަކަށް ވެސް މޫސުމީ ގިނަ ކާރިސާ ތަކަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.

މި ހަފްތާތެރޭގައި ދުނިޔޭގެ މޫސުމާބެހޭ އެންމެ މަތީ ސައިންސް ބޮޑީ ކަމަށްވާ، ޔޫއެންގެ އައިޕީސީސީ އިން ނެރުނު ރިޕޯޓުގައި ވާ ގޮތުން އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ދިމާވާ ނުރައްކާތެރި މޫސުމީ ކާރިސާތަކުން ސަލާމަތްވުމަށް އޮތް ފުރުސަތު ވެސް ދަނީ ކުޑަވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް