ތޭރަ އަހަރަށް ފަހު "ގަންސް އެން ރޯސަސް" މުޅިން އާ ލަވައެއް ނެރެފި

Loading

Facebook
Twitter
WhatsApp

ތޭރަ އަހަރަށް ފަހު ”ގަންސް އެން ރޯސަސް“އިން އެ މީހުންގެ މުޅިން އާ ލަވައެއް ނެރެފިއެވެ.

މި ލަވަ ނެރެފައި ވަނީ އެ ބޭންޑުން ހުކުރު ދުވަހު ހެނދުނު ކުރި ޓުވީޓަކުންނެވެ. އެ ޓުވީޓުގައި ”އެބްސާރޑް“ މި ލަވައާ ބެހޭ ކުރު މައުލޫމާތު ކޮޅަކާއި ވީޑިއޯ ކޮޅެއް ހިމަނާފައިވެއެވެ.

މިއީ 2008 ވަނަ އަހަރު ޗައިނީސް ޑިމޮކްރަސީއަށްފަހު އެމީހުންގެ ސްޓޫޑިޔޯއިން ނެރުނު ފުރަތަމަ ލަވައެވެ.

ރޯލިން ސްޓޯން އިން ބުނިގޮތުގައި ”އެބްސާރޑް“ އަކީ ގަންސް އެންޑް ރޯސަސް ބޭންޑުގެ ކުރީގެ ލަވަ ”ސިލްކް ވޯރމްސް“ އަށް ބަދަލުތަކެއް ގެނެސްގެން ހަދާފައިވާ ލަވައެކެވެ.

އެ ބޭންޑުން އެހުންތެރިންނަށް ރަސްމީކޮށް ލަވަ ހުށަހަޅައި ދީފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޮސްޓޮންގެ ފެންވޭ ޕާކުގައެވެ. ބޭންޑުގެ އިސް ލަވަ ކިޔުންތެރިޔާ އެކްސްލް ރޯސް ބުނިގޮތުގައި އެހެން ނަމެއްގައި އަޑުއެހުންތެރިންނަށް އެ ލަވަ އިވިފައިވުމީ އެކަށީގެންވާ ކަމެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު މެންދުރު ބޭންޑުގެ ޓުވިޓާ އެކައުންޓަށް އަޕްލޯޑުކޮށް އެ ލަވަ ހުށަހަޅައިދޭތަން ވަގުތުން ގެނެސްދީފައިވެއެވެ.

”ގަންސް އެން ރޯސަސް“ މި ވަގުތު ވަނީ އުތުރު އެމެރިކާއަށް ކުރާ ދަތުރެއްގައެވެ. އޮކްޓޯބަރު މަހުގެ ކުރީކޮޅު އެމެރިކާ ދަތުރު ނިންމާފައި އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑަށް ދާން ހަމަޖެހިފައިވެއެވެ. މި ބޭންޑުން 2022 ވަނަ އަހަރު ޔޫރަޕުގެ ގައުމުތަކަށް ދިއުމަށްވެސް ވަނީ ނިންމާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް