ޖަލުގައި ހުންނެވި ދެކުނު އެފުރިކާގެ ކުރީގެ ރައީސް ޒޫމާ ހޮސްޕިޓަލުގައި އެނދުމަތިކުރައްވައިފި

Loading

Facebook
Twitter
WhatsApp
Former South African President Jacob Zuma in the dock facing corruption trial Pietermaritzburg High Court. (Photo: SANDILE NDLOVU)

ޖަލުގައި ހުންނެވި ދެކުނު އެފުރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ ސިއްހީ ފަރުވާއަށް ހޮސްޕިޓަލުގައި އެދުމަތި ކުރައްވައިފިއެވެ.

ދެކުނު އެފުރިކާގެ ކަރެކްޝަނަލް ސާރވިސް (ޑީސީއެސް) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވާގޮތުން ޒޫމާ އިތުރު ފަރުވާއަށް ޖަލުން ބޭރު ހޮސްޕިޓަލެއްގައި އެނދުމަތިކުރައްވާފައި ވަނީ އާދައިގެ މަތިން ކުރިއަށް ގެންދިޔަ ޓެސްޓުތަކުގެ ނަތީޖާއިން އިތުރު ފަރުވާ ބޭނުންވާކަން އެނގުމާ ގުޅިގެންނެވެ. އެ ބަޔާނުގައި ރައީސް ޒޫމާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޯޓުގައި ކުރެވުނު ޝަރީޢަތަށްފަހު ޒޫމާއަށް ވަނީ 15 އަހަރު ދުވަހުގެ ޖަލުހުކުމެއް ކުރެވިފައެވެ.

ޒޫމާ ވަނީ 2009 އަކުން ފެށިގެން 2018 އާ ހަމައަށް އެގައުމުގެ ރައީސްކަން ކުރައްވާފައެވެ. އޭނާ އަކީ އެގައުމަށް މިނިވަންކަން ހޯދައިދިނުމުގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.

ކުރީގެ ރައީސް ނެލްސަން މަންޑޭލާ އާ އެކުވެސް އޭނާ ވަނީ ޖަލުގައި 10 އަހަރު ދުވަސް ހޭދަކުރައްވާފައެވެ.

ގާތް ތިން ވިޔަފާރިވެރިންނާ އެކު ކޮރަޕްޝަންގެ އަމަލެއް ހިންގެވި ކަމުގެ ތުހުމަތުވެސް އޭނާ އަށް ވަނީ ކުރެވިފައެވެ. އޭގެ ތެރޭގައި އެމީހުންނަށް ސަރުކާރުގެ ގަވާއިދުތައް ބަދަލުކުރުމަށް ހުއްދަދިނުމާއި އާއިލީ ވިޔަފާރިއަށް ފައިދާވާގޮތަށް މިނިސްޓަރުން އައްޔަނުކޮށް މަޤާމުން ވަކިކުރުން ހިމެނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް