މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަންވީ ވަގުތެއް ނޫން: ރައީސް ޞާލިޙު

90

މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރަން ވީ ވަގުތެއް ނޫންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުންވެސް އެކަން ޤަބޫލުކުރައްވާކަން ހާމަވެގެންދާކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 39 މެމްބަރުންގެ ވޯޓުން އެ ގަރާރު ފާސްކުރި ނަމަވެސް، ޤައުމީ މަޖިލީހުގައި 142 މެމްބަރުން ތިއްބަވައެވެ.

އެހެންކަމުން އެ މަޖިލީހުގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ބައިވެރިވެ ވަޑައިނުގެންނެވީ މި ދަނޑިވަޅުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރަން ޖެހޭކަމަށް ނުފެންނާތީ ފާޅުގައި ރައީސް ނަޝީދުގެ އެންގެވުމަށް ދެކޮޅު ނުހެއްދެވުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުއްލި ނުރައްކާތެރިކަމުގެ ޙާލަތު އިއުލާނު ނުކުރި ނަމަވެސް އެކަމާ ގުޅޭގޮތުން ހަރުކަށި ފިކުރުގެ މީހުން ހޯދައި އެކަހަލަ ޙަރަކާތްތައް ހުއްޓުވުމަށް މިހާރުވެސް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި އަދި އެކަމުގެ ނަތީޖާ ފެނަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ޓެރަރިސްޓް ސަސްޕެކްޓުން ހައްޔަރު ކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް އެމްޑީޕީއިން އިޤުރާރުވެފައިވަނީ މިކަމަށްޓަކައި އެޕާޓީގެ ޤައުމީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް ފަހުގައެވެ.

އެމްޑީޕީގެ 180 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މި ގަރާރު ފާސްވެފައި ވަނީ އޮންލައިންކޮށް ބޭއްވި ޖަލްސާގައި ބައިވެރިވި 43 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ އަޣުލަބިއްޔަތަކުން ކަމުގައި ބުނެއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިކަމަކީ ޤާނޫނު އަސާސީން ރައީސަށް ލިބިދޭ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރުމަށް ލިބިދެވިފައިވާ ބާރަށް އަރައިގަތުމަށް އެޅުއްވި ފިޔަވަޅެއް ނޫންކަމަށެވެ.

 

1 ހިޔާލު

  1. މިހުރިހާ އެއްޗެއްގައިވެސް ވާނެ އެކްސްޕައަރީ ޑޭޓެއް. ވީމާ ދެން އެމްޑީޕީ އެކްސްޕައަރީ ޑޭޓް ހަމަވެއްޖެކަމަށް ބައްލަވާށެވެ. އެހެނީ އެޖެންޑާ19 އެއީ ހަމައެކަނި އޮޕޯޗިނުސްޓުންތަކެއްގެ ދަންމަރެވެ. އެކަން އެންމެނަށްވެސް އެގިއްޖެއެވެ. ތިޔަހެން ނަހަށްދަވާށް އިނގޭތޯ ވެރީސޮރީ! ދޮހޮއްކޮބެ ވިދާލުވީ މިހެން.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ