ސްރީލަންކަން އެއާލައިންސްއިން އިން އައްޑޫ ސިޓީއަށް ދަތުރުކުރަން ފަށާނީ

ސްރީލަންކަން އެއާލައިންސްއިން އިން އައްޑޫ ސިޓީ ގަމާއި ކޮލަންބޯއާ ދެމެދު ޗާޓާ ދަތުރުތަކެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ. ސްރީލަންކަން އެއާލައިނުން ބުނީ އައްޑޫއާ ދެމެދު ހަފްތާއަކު ދަތުރެއް ކުރުމަށް ޝެޑިއުކް ކުރަމުން އަންނަ ކަމަށާ މި ދަތުރުތަކަށް ރިޒަވޭޝަން ހެދުމަށް މިހާރު ހުޅުވާލާފައިވާނެކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫއަށް އަންނަ ފަތުރުވެރިން އުފުލުމަށް ކުރަމުންދާ މި ދަތުރުތަކަކީ ވަގުތީ ދަތުރުތަކެކެވެ. ސްރީލަންކަން އެއާލައިންސް މީގެ ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ވަނީ ކޮށްފައެވެ. އޭރު ހަފްތާއަކު […]
ހުޅުދެލީ ބަނދަރު މަސައްކަތް އަންނަ މަހު ނިންމޭނެ: އެމްޓީސީސީ

ދ. ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އަންނަމަހު ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ ހުޅުދެލީ ބަނދަރު މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމފައިވާ ކަމަށެވެ. ބަނދަރުގެ މަސައްކަތް އަންނަމަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. އަދި މިހާރު ނުނިމި ހުރި މަސައްކަތްތުގެ ތެރެއިން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމަންޓް ވެސް ސައިޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްޓީސީން ބުނެއެވެ. […]
ޤައުމީ ސްކައުޓް އެސެންބްލީގެ އަހަރީ އާއްމު ޖަލްސާ ލަސްކޮށްފި

ޤައުމީ ސްކައުޓް އެސެންބްލީގެ އަހަރީ އާއްމު ޖަލްސާ ލަސްކޮށްފިއެވެ. ސްކައުޓް އެސޯސިއޭޝަނުން ބުނީ ގައުމީ ސްކައުޓް އެސެންބްލީގެ 2019 އަދި 2020 ވަނަ އަހަރުގެ އާއްމު ޖަލްސާ ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. މި ޖަލްސާ ބާއްވަން ކުރިން ނިންމާފައިވަނީ މާދަމާ ރެ އެވެ. ސްކައުޓް އެސޯސިއޭޝަނުން ބުނީ ޖަލްސާ ލަސްކުރީ މިހާރު ކުރިއަށްދާ ދުނިޔޭގެ ސްކައުޓް ކޮންފަރެންސްގެ ބައްދަލުވުންތަކުގައި އެ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވަމުންދާތީ ކަމަށެވެ. އެ […]
ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި އަމަލީ މަސައްކަތް މިހާރު ވާނީ ފަށާފައި: ރައީސް

ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސުލް ޖުމޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފްގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުވާ ކުރުމާއި ބަޑި ހަވާލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ އޮނިގަނޑު އެކުލަވާލައިފައިވާ ކަމަށެވެ. […]
ކްރޮސް ރޯޑް އާންމުންނަށް ހުޅުވާލަނީ

ތައިލެންޑުގެ ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުންފުނި ސިންހާ އެސްޓޭޓުން އެނބޫދޫ ފަޅުގައި ތަރައްގީކުރި ކްރޮސްރޯޑް އަންނަ މަހު އެކަކުން ފެށިގެން އާންމުންނަށް ހުޅުވައިލާން ނިންމައިފިއެވެ. ކްރޮސް ރޯޑުން ބުނީ އަންނަ ބުދަދުވަހުން ފެށިގެން އާންމުންނަށް އެ ތަން ހުޅުވައިލާއިރު އާންމުންނަށް އެތަނަށް ދެވޭނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ. އެތަނަށް ދާ މީހުން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ގެންދަން ޖެހޭނެ ކަމަށް ވެސް ކްރޮސް ރޯޑުން ބުނެއެވެ. ކްރޮސްރޯޑް […]
ރަސްފަރި ފަރަށް ބޯޓު އެރުމުގައި ކެޕްޓަންގެ އިހުމާލު އޮތް: ޓްރާސްޕޯޓް މިނިސްޓްރީ

މިމަހުގެ 19 ވަނަ ދުވަހު ރަސްފަރި ފަރަށް އެރި އާގު ބޯޓް އެފަރަށް އެރުމުގައި އެ ބޯޓްގެ ކެޕްޓަނުގެ އިހުމާލުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ. މި ބޯޓް ފަރަށް އެރުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް […]
ޖުލައި 11 ގައި ވައްކަންކުރި ބަޔަކު ހޯދަން އެ މީހުންގެ ވީޑިއޯ މިއަދު ފުލުހުން އާންމުކޮށްފި

ޖުލައި މަހުގެ 11 ވަނަ ދުވަހު ގުދަނަކުން ވައްކަންކުރި މައްސަލައެއްގައި ވައްކަންކުރިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވީޑިއޯ މިއަދު ފުލުހުން އާންމުކޮށްފި އެވެ. އެކި ގަނޑިތަކުގެ ފްޓޭޖްތައް އެއްކޮށްލައިގެން ފުލުހުން ހަދާފައިވާ ކުރު ވީޑިއޯއިން ފެންނަނީ ތިން ޒުވާނެއް މާލޭ މަގުމަތީގައި ހަރަކާތްތެރިވާތަނެއެވެ. އެމީހުންގެ އަތުގައި ކަރުދާސް ފޮށިގަޑެއްގެ އިތުރުން ލަގެޖްގެ ގޮތުގައި ގެންގުޅޭ ދެ ފޮށި ގެންގުޅުމަންޒަރު ވީޑިއޯއިން ފެނެއެވެ. އޭގެއިން އެއްފޮށި ގަދަ ރަތް ކުލައިގައި ކަމަށް ބެލެވޭއިރު ދެން ގެންގުޅުނު ފޮށީގައި […]
ހުޅުމާލޭގައި ސުކޫލެއް އެޅުމަށް ކުވައިތުގެ ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލޭގައި އިންޓަނޭޝަން ސްކޫލެއް އަޅައި ހިންގަން ކުވެއިތުގެ އަލްޖެރީ ހޯލްޑިން ގްރޫޕާ ހަވާލު ކޮށްފި އެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު އަލީ އެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޗެއާމަން ތޮލާލް ހަލީފާ އަލްޖެރީ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުޅުމާލޭގެ ފުރަތަމަ […]
އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވޭ

ކޯޓަށް ފިލައިގެން އުޅޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީވަހީދު އިނގިރޭސިވިލާތުން ހައްޔަރުކުރުމާއި ގުޅޭ ގޮތުން ފުލުހުންނަށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ދެންމެ ބުނީ އަލީ ވަހީދު ހައްޔަރުކުރުމާއިގުޅޭ ގޮތުން އެއްވެސް ފަރާތަކުން އެ އިދާރާއަށް މައުލޫމާތު ހިއްސާ ކޮށްފައި ނުވާކަމަށެވެ. “ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުންނާގުޅޭ އެއްވެސް ފަރާތަކުން އަދި ހިއްސާކޮށްފައިނުވޭ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައެއްނުވޭ“ ފުލުހުން މީޑީއާ އަށް ހިއްސާ […]
ފިލައިގެން އުޅުނު އަލީ ވަހީދު ހައްޔަރުކޮށްފި

ކޯޓަށް ފިލައިގެން އުޅޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައިމިވަނީ މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމްކުރި ތަނުންނެވެ. އަލީ ވަހީދު ރާއްޖެއިން ފުރީ ބޭސްފަރުވާ އަށް ކަމަށް ބުނެ ހަތަރުމަސް ދުވަހުގެ ތެރޭ ރާއްޖެ އައުމަށް ޝަރުތު ކުރުމަށްފަހު މިދިޔަ އަހަރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގެ […]