ތައިލެންޑުގެ ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުންފުނި ސިންހާ އެސްޓޭޓުން އެނބޫދޫ ފަޅުގައި ތަރައްގީކުރި ކްރޮސްރޯޑް އަންނަ މަހު އެކަކުން ފެށިގެން އާންމުންނަށް ހުޅުވައިލާން ނިންމައިފިއެވެ.
ކްރޮސް ރޯޑުން ބުނީ އަންނަ ބުދަދުވަހުން ފެށިގެން އާންމުންނަށް އެ ތަން ހުޅުވައިލާއިރު އާންމުންނަށް އެތަނަށް ދެވޭނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.
އެތަނަށް ދާ މީހުން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ގެންދަން ޖެހޭނެ ކަމަށް ވެސް ކްރޮސް ރޯޑުން ބުނެއެވެ.
ކްރޮސްރޯޑް ބަންދު ކުރީ ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ތެރޭގައެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ ކްރޮސް ރޯޑް މަޝްރޫއުގެ ދަށުން ދަށުން ނުވަ ރަށެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 4.7 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖައްސާފައިވާއިރު މަޝްރޫއު ނިމޭއިރު މުޅި މަޝްރޫ 12.3 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.