ހުޅުމާލޭގައި ސުކޫލެއް އެޅުމަށް ކުވައިތުގެ ކުންފުންޏަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭގައި އިންޓަނޭޝަން ސްކޫލެއް އަޅައި ހިންގަން ކުވެއިތުގެ އަލްޖެރީ ހޯލްޑިން ގްރޫޕާ ހަވާލު ކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު އަލީ އެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޗެއާމަން ތޮލާލް ހަލީފާ އަލްޖެރީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުޅުމާލޭގެ ފުރަތަމަ ފޭސްގައި އެޅުމަށް ހަމަޖައްސާފައިވާ މި ސްކޫލަކީ ގާތްގަޑަކަށް 1200 ދަރިވަރުންގެ ޖާގައިގެ ސްކޫލެއްކަމަށެވެ. މި ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭން ހަމަޖައްސާފައިވާ އިރު މި ސްކޫލުގައި ކިޔަވައިދޭނީ އިނގިރޭސި މީޑިއަމަށް ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ. އަދި މި ސްކޫލުގައި އަރަބި ބަސް ވެސް ކިޔަވައި ދިނުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.

އެ ސްކޫލުގައި ކިޔަވައިދޭން ފަށަން ނިންމާފައި ވަނީ ދެ ފޭހަކަށް ބަހާލައިގެނެވެ. އަދި ފުރަތަމަ ފޭސްގައި އަންނަ ދިރާސީ އަހަރު ފެށޭއިރު ކިޔަވައިދޭން ފެށުމަށް މަސައްކަތް ކުރަމުދާކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އަދި  އަދި ދެވަނަ ފޭސްގައި 2023 ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފަށާނެކަމަށް ވެސް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލް އިމާރާތް ކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެން ކަމަށާއި އިމާރާތް ކުރުމަށް ބަޔަކާ ހަވާލު ކުރުމަށް މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އަލްޖެރީ ހޯލްޑިން ގްރޫޕުން ހުޅުމާލޭގައި ސުކޫލެއް ހެދުމަށް ނިންމާފައިވާއިރު އެ ކުންފުނިން ދިން ދައުވަތަކަށް ނައިބް ރައީސް ފައިސަލް ނަސީމް ވަނީ މިދިޔަ އަހަރު ކުވައިތަށް ވަޑައިގެންފައެވެ. އެދަތުރުގައި ނައިބް ރައީސް  ވަނީ އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދަށުން ހިންގާ 20 ސްކޫލްގެ ތެރެއިން ކުވެއިތުގައި ހުންނަ އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖާމަން ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. އެދަތުރުގައި އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 40،000 ފޮތް ވެސް ހަދިޔާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް