ރަސްފަރި ފަރަށް ބޯޓު އެރުމުގައި ކެޕްޓަންގެ އިހުމާލު އޮތް: ޓްރާސްޕޯޓް މިނިސްޓްރީ

266

 

މިމަހުގެ 19 ވަނަ ދުވަހު ރަސްފަރި ފަރަށް އެރި އާގު ބޯޓް އެފަރަށް އެރުމުގައި އެ ބޯޓްގެ ކެޕްޓަނުގެ އިހުމާލުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

މި ބޯޓް ފަރަށް އެރުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ގަނީ ވިދާޅުވީ ބޯޓު ފަރަށް އަރާފައިވަނީ އިންޖީނު ނިވާލުމާ ގުޅިގެން ޑްރިފްޓްވެގެން ކަމަށާއި އެ ހާދިސާ ހިނގުމުގައި ކެޕްޓަންގެ އިހުމާލު ވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

“މި ހާދިސާ ހިނގާފައިވަނީ މިހާރު ލިބިފައިވާ މައުލޫމާތަށް ބިނާ ކުރަންޔާ ބޯޓުގެ އިންޖީންގެ ޔުނިޓް ތިނެއްގެ ޓެމްޕަރޭޗާ މަތިވުމުން އިންޖީން ނިއްވާލުމުގެ ސަބަބުން އުޅަނދު ޑްރިފްޓްވެގެންގޮސް ފަރަށް އަރާފައިވަނީ،”

އަދި  އޭނާ ވިދާޅުވީރަސްފަރި ފަރު ސަލާމަތްކުރުމަށް ބޯޓުގެ ކެޕްޓަންގެ އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ފާހަގަ ކުރެވުނުކަމަށާ ބޯޓު ފަރަށް އެރުމުގެ ކުރިން ބޯޓަށް އެފަދަ މައްސަލައެއް ދިމާވެފައިވާކަން ކޯސްޓަލް ސްޓޭޓަށް އަންގާފައި ނުވާކަމަށެވެ.

“އުޅަނދު ފަރަށް އެރުމުގެ ކުރިން އުޅަނދަށް މިފަދަ މައްސަލައެއް ޖެހިފައިވާކަން ކޯސްޓަލް ސްޓޭޓަށް އަންގާފައިވާ ނުވާކަން ފާހަގަކުރެވޭ، އަދި ކެޕްޓަންގެ ހައިސިއްޔަތުން ނަގަންޖެހޭ އެކްޝަންތައް ނަގާފައި ނުވާކަންވެސް ފާހަގަވޭ، ހާއްސަކޮށް ނަގިލިލުން ކަހަލަ ކަންކަން ކޮށްފައި ނުވެ، އަދި އެހީއަށް އެދިފައި ނުވުމަކީ އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވާ ކަންކަން،” ހަމަދު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ބޯޓް ފަރަށް އެރުމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށާއި، އަދި ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ނުލިބެނީސް ބޯޓަށް ނުފުރޭނެކަމަށެވެ.

އެމްއެންޑީއެފްން ބުނީ ބޯޓް ފަރަށް އެރުމުގެ ރިޕޯޓް ލިބުނީ ބޯޓުން އަންގައިގެން ނޫންކަމަށާ އެކަން އެންގީ އާންމުފަރާތަކުންކަމަށެވެ.

އަދި މި ބޯޓުން ފަރަށް ތެޔޮ އެޅުނަ ނުދޭން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފްން ބުނެއެވެ. އަދި މީގެ އިތުރުން އެ ބޯޓް ފުންކުރުމަށް ގެންނަންޖެހޭ ޓަގު ބޯޓްތައް ރާއްޖެ ގެނެސްފައިވާއިރު ބޯޓު ފުންކުރުމުގެ މަސައްކަތް ބޯޓްގެ ވެރިފަރާތުންނާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފްން ބުނެއެވެ.

ރަސްފަރި ފަރަށް މިބޯޓު އަރާފައިވަނީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ފަރަށް އެރިއިރު އެ ބޯޓްގައި 19 މީހުން ތިއްބެވެ. އެއެންމެންނަކީ ވެސް ފިލިޕީންސް މީހުންނެވެ.  އެ ބޯޓުގައި އެއްވެސް ކާގޯއެއް ނެތްކަމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ،

 

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ