ހުޅުދެލީ ބަނދަރު މަސައްކަތް އަންނަ މަހު ނިންމޭނެ: އެމްޓީސީސީ

Loading

Facebook
Twitter
WhatsApp

 

ދ. ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އަންނަމަހު ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހުޅުދެލީ ބަނދަރު މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމފައިވާ ކަމަށެވެ. ބަނދަރުގެ މަސައްކަތް އަންނަމަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އަދި މިހާރު ނުނިމި ހުރި މަސައްކަތްތުގެ ތެރެއިން  އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމަންޓް ވެސް ސައިޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްޓީސީން ބުނެއެވެ.
ހުޅުދެލީ ބަނދަރު ބޮޑުކޮށް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ 10 ޑިސެމްބަރު 2019 ގައެވެ.  މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

ގާތްގަނޑަކަށް 39.8 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން  49,612 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ. އަދި  252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހުމުގެ އިތުރުން  1,645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް