ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި އަމަލީ މަސައްކަތް މިހާރު ވާނީ ފަށާފައި: ރައީސް

Loading

Facebook
Twitter
WhatsApp

 

ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސުލް ޖުމޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުވާ ކުރުމާއި ބަޑި ހަވާލު ކުރުމަށް ރޭ ބޭއްވި  ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ އޮނިގަނޑު އެކުލަވާލައިފައިވާ ކަމަށެވެ.

”ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިހާރު ވާނީ ފަށާފައި.“ ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދުވަސްވަރަކީ ސަރަހައްދީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައިވެސް، ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށާ ޓެރަރިޒަމާއި  ހަރުކަށި ފިކުރުގެ ނުރައްކާތެރިކަމާވެސް ކުރިމަތިލާންޖެހިފައިވ ދުވަސްވަރެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމާ ގުޅިގެން ކުރިަމތިވެފައިވާ ގޮންޖެހުންތަކަކީ މުޅިދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކއް ކަމަށާ މިކަމުގައި ކުޑަ ގައުމެއް ބޮޑު ގަައުމެއް ތަފާތެއް ނެތްކަމަށެވެ.

އެހެންކަމުން، މިފަދަ ފިކުރީ އޮއިވަރުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”މިދެންނެވި ގޮންޖެހުންތަކާ ކުރިމަތިލާއިރު އެންމެ މުހިންމު ކަމަކީ ސަލާމަތީ ހިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުން“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތައް ގުޅިގެން މިހާރުވެސް މަސައްކުރަމުން ދާކަމަށެވެ.

އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށްވުރެ ރަނގަޅަށް ވަޒަންކުރެވި އެފަދަ ކަންކަމާ ކުރިމަތިލުމުގެ ގާބިލުކަން ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގައި އިތުރުވެގެންދާނެކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި 80 ސިފައިން ހުވައިކޮށްފައިވާއިރު  އެސިފައިންނާއި ބަޑި ހަވާލުކޮށްދެއްވީ ރައީސްލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް