ޖުލައި 11 ގައި ވައްކަންކުރި ބަޔަކު ހޯދަން އެ މީހުންގެ ވީޑިއޯ މިއަދު ފުލުހުން އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

 

ޖުލައި މަހުގެ 11 ވަނަ ދުވަހު ގުދަނަކުން ވައްކަންކުރި މައްސަލައެއްގައި ވައްކަންކުރިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވީޑިއޯ މިއަދު ފުލުހުން އާންމުކޮށްފި އެވެ.

އެކި ގަނޑިތަކުގެ ފްޓޭޖްތައް އެއްކޮށްލައިގެން ފުލުހުން ހަދާފައިވާ ކުރު ވީޑިއޯއިން ފެންނަނީ ތިން ޒުވާނެއް މާލޭ މަގުމަތީގައި ހަރަކާތްތެރިވާތަނެއެވެ. އެމީހުންގެ އަތުގައި ކަރުދާސް ފޮށިގަޑެއްގެ އިތުރުން ލަގެޖްގެ ގޮތުގައި ގެންގުޅޭ ދެ ފޮށި ގެންގުޅުމަންޒަރު ވީޑިއޯއިން ފެނެއެވެ. އޭގެއިން އެއްފޮށި ގަދަ ރަތް ކުލައިގައި ކަމަށް ބެލެވޭއިރު ދެން ގެންގުޅުނު ފޮށީގައި ހުރީ ކަޅުކުލަ ކަމަށް ބެލެވެއެވެ. އެމީހުން ގެންގުޅުނު ފޮށިތަކަކީ ވަގަށް ނެގި ތަކެތިކަމެއް ނޫނީ ވަގަށް ނެގި ތަކެތި އަޅަން އެމީހުން ގެންދިޔަ ފޮށިތަކެއް ކަމެއް ފުލުހުން ހާމައެއްނުކުރެއެވެ. ވީޑިއޯއިން ފުރަތަމަ ފެންނަ މަންޒަރުން ފެންނަނީ އެ ފޮށިތަކާއެކު މަގުމަތީގައި އެމީހުން ހަރަކާތްތެރިވާތަކެވެ. އޭގެފަހުން ފެންނަނީ އޭގެއިން ދެ މީހަކު ގެއަކުން ނުކުންނަ މަންޒަރެވެ. ނަމަވެސް އެއީ ވައްކަން ކުރި ގުދަނުންކަމެއް ނުވަތަ ނޫންކަމެއް ނޭގެއެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހުންނަކީ ޖުލައި 11 ވަނަ ދުވަހުގެ ވަގުތެއްގައި މއ. ބަބުލްއަވާލީ ގޭގައި ހުރި ގުދަނަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން   ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހުންކަމަށެވެ.

އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މައުލޫމާތު ހިއްސާކުރާއިރު  މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 491146 ބުނުމަށްވެސް ފުލުހުން އެދެއެވެ.

ވައްކަމުގެ މައްސަލަތަކުގައި ހޯދަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ފުލުހުން އާންމުކުރާއިރު ގިނަ ދުވަސަތަކެއް ނަގާތީ އެކަމާގުޅީގެން އާންމުންގެ ގިނަ  ކަންބޮޑުވުންތައް އޮވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް