ޤައުމީ ސްކައުޓް އެސެންބްލީގެ އަހަރީ އާއްމު ޖަލްސާ ލަސްކޮށްފިއެވެ.
ސްކައުޓް އެސޯސިއޭޝަނުން ބުނީ ގައުމީ ސްކައުޓް އެސެންބްލީގެ 2019 އަދި 2020 ވަނަ އަހަރުގެ އާއްމު ޖަލްސާ ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
މި ޖަލްސާ ބާއްވަން ކުރިން ނިންމާފައިވަނީ މާދަމާ ރެ އެވެ.
ސްކައުޓް އެސޯސިއޭޝަނުން ބުނީ ޖަލްސާ ލަސްކުރީ މިހާރު ކުރިއަށްދާ ދުނިޔޭގެ ސްކައުޓް ކޮންފަރެންސްގެ ބައްދަލުވުންތަކުގައި އެ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވަމުންދާތީ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ ގާއުމީ ސްކައުޓް އެސެންބްލީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ކަމަށެވެ.
ކޮވިޑް-19ގެ ބަލި މަޑުކަމާގުޅިގެން މި ޖަލްސާ ބޭއްވުމަށް އެ އެސޯސިއޭޝަނުން ހަމަޖައްސާފައިވަނީ އޮންލައިންކޮށް ކަމަށް ވެސް ގައުމީ ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ. އަދި މި ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގްރޫޕްތަކުގެ މަންދޫބުންނަށް ކަމަށް ވެސް އެ ސޯސިއޭޝަނުން ހާމަކުރެއެވެ.