އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވޭ

Loading

Facebook
Twitter
WhatsApp
{"source":"other","uid":"362AC872-D25A-460D-B603-6C1C62CEE1FC_1628799357662","origin":"unknown","fte_sources":[],"used_sources":"{"version":1,"sources":[]}","premium_sources":[],"is_remix":false}

 

 

ކޯޓަށް ފިލައިގެން އުޅޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީވަހީދު އިނގިރޭސިވިލާތުން ހައްޔަރުކުރުމާއި ގުޅޭ ގޮތުން ފުލުހުންނަށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ދެންމެ ބުނީ އަލީ ވަހީދު ހައްޔަރުކުރުމާއިގުޅޭ ގޮތުން އެއްވެސް ފަރާތަކުން އެ އިދާރާއަށް މައުލޫމާތު ހިއްސާ ކޮށްފައި ނުވާކަމަށެވެ.

“ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުންނާގުޅޭ އެއްވެސް ފަރާތަކުން އަދި ހިއްސާކޮށްފައިނުވޭ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައެއްނުވޭ“ ފުލުހުން މީޑީއާ އަށް ހިއްސާ ކުރި މެސެޖްގައި ބުނެފައި ވެއެވެ.

ނަމަވެސް އަލީ ވަހީދު އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރުކޮށްފައި ވާކަމަށް ހަބަރުވަނީ ފެތުރިފައެވެ.

އޭނާ ހައްޔަރުކޮށްފައިމިވަނީ މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން  ތައްޔާރުވަމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމްކުރި ތަނުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން ކްރިމިނަލް ކޯޓުން ހުއްދަދީފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން އޭނާގެ މައްޗަށް ވަނީ ދެ މަހާ 12 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް