ޒުވާނުންގެ ކުރިމަގަށް ހުރަސް އަޅާ ގައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން ނުރުހުންވާ ބަޔަކު އުޅޭ : ރައީސް

  ޒުވާން އަންހެނުންގެ ކުރިމަގަށް ހުރަސް އަޅާ އިޖުތިމާއީ އަދި ގަައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން އެކަމަށް ނުރުހުންވާ ބަޔަކު އުޅޭ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިހާރުވެސް މަތީ މަގާމުތައް ފުރުއްވާ، ވަރަށް ހިދުމަތްތެރި ވަރަށް ގާބިލް އަންހެން ބޭފުޅުން އެބަތިއްބެވިކަމަށެވެ. އަދި  ސަރުކާރުގެ މަގާމެއްގައި ނޫނަސް، މުޖުތަމައަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާ ވަރަށް […]

ރެހެންދި އެވޯޑް 14 ފަރާތަކަށް ދީފި

    ތަފާތު އެކި ދާއިރާތަކުން މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކުރަމުން އަންނަ އަންހެނުންނަށް ދެމުން އަންނަ ރެހެންދި އެވޯޑް 14 ފަރާތަކަށް ދީފި އެވެ.   ރެހެންދި އެވޯޑް ދިނުމަށް ރޭ އޮތް ރަސްމިއްޔާތުގައި މިދިޔަ އަހަރާއި މިއަހަރު އެވޯޑް ލިބުނު ފަރާތްތަކަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. މި އަހަރު އެވޯޑް ލިބިފައިވަނީ އަހުމީމާ ލުތުފީ އާއި އައިމިނަތު ޝާހާ ހާޝިމް އާއި ޒީނިއާ އަހުމަދު ހަމީދު އާއި ނާދިޔާ އަބްދުލްޣަފޫރު އާއި ހައްވާ ރާމިޒާ […]

މީހެއްގެ އެކައުންޓުން 180000 ރުފިޔާ ނެގި އަންހެނަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި

    މީހެއްގެ އެކައުންޓުން 180000 ރުފިޔާ ނެގި މައްސަލައިގައި ތުހުމަތުވާ އަންހެނަކު ހޯދަން ފުލުހުން އެ މީހާގެ ވީޑިއޯއެއް އާއްމުކޮށްފިއެވެ. ފުލުހުން ބުނީ އެ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން 180000ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ. ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަނީ ގަދަ ނޫކުލައިގެ ބުރުގާއެއް އަޅައިގެން ކަޅު ދިގު ހެދުމެއް ލައިގެން ހުރި އަންހެނަކު […]

ވެރިކަންކުރާ ނިޒާމް ބަދަލުކުރުމަށް ވޯޓެއްނަގަން އެއްބަސް ވެފައި ނުވާނެ: އެމްއާރްއެމް

  ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަދަލުކުރުމަށް ވޯޓެއްނަގަން އެއްބަސްފައި ނުވާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ ނޫން އެހެން ޕާޓީތަކުން، ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ތާއީދުކުރި ކަމަށެވެ. މިކަމާގުޅިގެން އެމްއާރްއެމް އިން ބުނީ ވެރިކަމުގެ ނިޒާމު […]

 ނިޒާމް ބަދަލުކުރަން ވޯޓެއްނަގަން ސަރުކާރު ކޯލިޝަން ޕާޓީތަކުން އެއްބަސްވި: ނަޝީދު

  ރާއްޖޭގައި ވެރިކަންކުރާ ނިޒާމް ބަރުލަމާނީ ނިޒާމްގެނައުމަށް  ވޯޓެއްނަގަން ސަރުކާރު ކޯލިޝަން ޕާޓީތަކުން އެއްބަސްވިކަމަށް  މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި 6 ގައި ދިން ބޮމުގެ ހަމަލާއަށްފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި އެމަނިކްފާނު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ވެސް ނިޒާމު ބަދަލުކުރުމުގެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އެމްޑީޕީން ނުކުތް ކެނޑިޑޭޓަށް […]

ގުރޭޑް 1ގެ ދަރިވަރުންގެ އަތުން ގްރުއާން ފޮތްތައް ނަގަނީ

  ގުރޭޑް 1ގެ ދަރިވަރުންގެ ގުރުއާން ފޮތުން މައްސަލައެއް ފާހަގަވެފައިވާތީ އެކަމާ ގުޅިގެން އެ ގްރޭޑް ދަރިވަރުންގެ އަތުން ފޮތްތައް ނަގަން އެޑިއުކޭޝަނުން އަންގައިފިއެވެ. ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތްތަކުގައި މައްސަލަ އެއް ހުރިކަން ފާހަގަކުރެވުނީ މިދިޔަ ހަފްތާގައެވެ. އެޑިއުކޭޝަނުން ބުނީ އެއީ ފޮތްތައް ޕްރިންޓް ކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަމަށެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވާ، އެ ސާކިއުލާއާ އެއްގޮތަށް އަމަލުކުރުމަށް އަންގާފައިވެއެވެ. އެޑިއުކޭޝަނުން އަންގާފައިވަނީ ކުދިންގެ […]

ކުޅުދުއްފުށީ ސިޓީގެ ލޯކަލް މާރުކޭޓް ކޮވިޑް ފެސިލިޓީއަށް ބަދަލުކުރަނީ

    ކުޅުދުއްފުށީސިޓީގެ ލޯކަލް މާރުކޭޓް ކޮވިޑަށް ފަރުވާ ދޭ ފެސިލިޓީއަށް އަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން  ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު(ކޭއާރުއެޗު)ން ވަނީ އިއުލާނެއްކޮށްފައެވެ. ކޭއާރުއެޗުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުން ފުލޫ ކުލިނިކެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ލޯކަލް މާރުކޭޓު ކޮވިޑް ފެސިލިޓީއެއް ގާއިމްކުރުމަށް ބޭނުންވާކަމަށެވެ. އަދި މި ކޮވިޑް ފެސިލިޓީ ގާއިމުކުރުމަށް ތަނަށް ގެންނަށްޖެހޭ ބަދަލުތައް ގެނެސްދޭނެ ފަރާތެއް ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ އިއުލާންކޮށްފައެވެ. މި މަސައްކަތް ކޮށްދިނުމަށް […]

މާލޭގެ ގެއަކުން ހަރުފައެއް ފެނިއްޖެ

  މާލޭގެ ގެއަކުން ހަރުފައެއް ފެނިއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ހަރުފަ ފެނިފައިވަނީ މ. މަރުދާނުގެއިން ކަމަށެވެ. ސިފައިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ 15:33ގައި ކަމަށާ އެމައުލޫމާތާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުސާވިސް އިން އެގެއަށް ގޮސް އެހަރުފަ ސިފައިގެން ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. ސިފައިންވަނީ އެ ހަރުފައާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް އާންމުކޮށްފައެވެ. ނަމަވެސް އެހަރުފަ އަކީ ކިހިނެތް ފެނުނު އެއްޗެއް ކަމެއް […]

އެމްޑީޕީ އޮފީހުގައި މާރާމާރީއެއް ހިންގައި މީކާއިލްގެ މަންމަގެ ބޯފަޅާލައިފި

  ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އޮފީސްތެރޭގައި މާރާމާރީއެއް ހިންގައި މީކާއިލްގެ މަންމަގެ ބޯފަޅާލައިފިއެވެ. ފުލުހުން ބުނީ އެމްޑީޕީގެ ރަސްމީ އޮފީހުގެ ތެރޭގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު 12:30 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.   ފުލުހުން ބުނީ އަނިޔާވީ 50 އަހަރުގެ އަންހެނެއް ކަމަށާ އެ މީހާ އަށް އޭޑީކޭގައި ފަރުވާ ދެމުންމާ ކަމަށެވެ. މި މާރާމާރީގައި އަންހެނަކަށް އަނިޔާވެފައިވާއިރު މައުލޫމާތު ލިބޭގޮތުގައި އެ އަންހެން މީހާއަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެންބަރު […]

ވޯކް ޕާމިޓްފީ ދެއްކޭނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންސުއަރެންސް ހުށަހެޅުމުން

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދެއްކޭނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންޝުއަރެންސް ހުށަހެޅުމުން ކަމަށް އިކޮންމިކް މިނިސްޓްރީން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ  ބިދޭސީންނަށް ވޯކް ޕާމިޓް ފީ މިމަހުގެ 15 ވަނަދުވަހުގެ ފަހުން ދެއްކޭނީ އެ މިނިސްޓްރީގެ މިނިމަމް ރިކުއާމަންޓާ އެއްގޮތަށް، އިންޝުއަރެންސް ޕެކޭޖުގެ މައުލޫމާތު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ކަމަށެވެ.   އިކޮނޮމިކް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ މައުލޫމާތު އެ […]