ވޯކް ޕާމިޓްފީ ދެއްކޭނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންސުއަރެންސް ހުށަހެޅުމުން

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދެއްކޭނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންޝުއަރެންސް ހުށަހެޅުމުން ކަމަށް އިކޮންމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ  ބިދޭސީންނަށް ވޯކް ޕާމިޓް ފީ މިމަހުގެ 15 ވަނަދުވަހުގެ ފަހުން ދެއްކޭނީ އެ މިނިސްޓްރީގެ މިނިމަމް ރިކުއާމަންޓާ އެއްގޮތަށް، އިންޝުއަރެންސް ޕެކޭޖުގެ މައުލޫމާތު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ކަމަށެވެ.

 

އިކޮނޮމިކް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓްން ލިބޭނެ ގޮތްހަދާފައެވެ.

މިނިސްޓްރީން ބުނީ މީގެ ކުރިން އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ނަގާފައިވާ މުއްދަތު ހަމަނުވާ ވޯކް ޕާމިޓް އިންޝުއަރެންސް ޕެކޭޖެއް އޮތްނަމަ، އެ ޕެކޭޖްގެ މުއްދަތު ހަމަވަން ދެން ވޯކް ޕާމިޓް ދޫކުރާނެ ކަމަށެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް 177،585 ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ އެވެ. އޭގެ ތެރޭއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް