ކްރިމިނަލް ކޯޓްގެ ފަޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފި

ކްރިމިނަލް ކޯޓްގެ ފަޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ. ކްރިމިނަލް ކޯޓަށް ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރީ އދ.މާމިގިލި، ފްރީޕާކް، އަލްއުސްތާޒު އަލީ ނަދީމް އަދި ހ.އަސްރަފީވިލާ، އަލްއުސްތާޒު އިސްމާއީލް ޝަފީއު އެވެ. އަލީ ނަދީމް ވަނީ މިސްރުގެ އަޒްހަރު ޔުނިވާރސިޓީއިން ޝަރީއާވަލްގާނޫނުގެ ޑިގްރީ ހާސިލުލްކުރައްވާފައެވެ. މީގެ އިތުރުން ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވެއެވެ. އިސްމާއީލް ޝަފީއު ވަނީ ޔޫކޭގެ ކާރޑިފް ޔުނިވާރސިޓީއިން ބެޗެލާރސް […]
ބެލެނިވެރިންނަށް “ ގްރީން ކާޑު“ ދޫކޮށް ނިމިއްޖެ

ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް ”ގްރީން ކާޑު“ ދޫކުރުމުގެ މަސައްކަތް ހުރިހާ ސްކޫލެއްގައި މިހާރު ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ގްރީން ކާޑަކީ ސްކޫލްތަކަށް ދަރިވަރުން ބަލާ ދާ ބެލެނިވެރިންނަކީ ކޮވިޑް-19 އިން ދިފާއުވުމަށްޖަހާ ވެކްސިން ފުރިހަމަ ކޮށްފައި ތިބި ބައެއްކަން ކަށަވަރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައާރަފުކުރި ކާޑެކެވެ. މި ކާޑު ޑިޒައިންކޮށް ބެލެނިވެރިންނަށް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސީ ސްކޫލް ތަކުންނެވެ. ވެކްސިން ފުރިހަމަކޮށްފައިވާ ކަން ޔަގީން ކުރުމަށްފަހު ގްރީން ކާޑު ދޫކުރުމުގެ މަސައްކަތް ސްކޫލްތަކުގައި […]
ހިޔާ ފްލެޓްތައް ބަދަލުކުރަން ބޭނުންވި ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރަންފަށައިފި

ހިޔާ ފުލެޓްތައް ލިބުނު ދެ ފަރާތެއްގެ ދެމެދުގައި ފްލެޓްތައް ބަދަލުކުރަން އެދި ހުށަހަޅާފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ. އެޗްޑީސީން ބުނީ ލިބުނު ފްލެޓް އެހެން ފްލެޓަކަށް ބަދަލުކުރަން 400 މީހަކު އެދިފައިވާ ކަމަށާ އެ ފަރާތްތަކާއި އެކުގައި ކުރެވޭ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރަން ފަށާފައިވާ ކަމަށެވެ. މި އެއްބަސް ވުންތަކުގައި ސޮއިކުރުން ކުރިއަށް ދަނީ ހުޅުމާލޭގެ ހުރަވީ ސްކޫލްގައެވެ. އެޗްޑީސީން ބުނީ ހުރަވީ ސްކޫލުގައި މި އެއްބަސްވުންތަކުގައި ސޮއިކުރަމުންދާއިރު، އެންމެ ފުރަތަމަ […]
އެއިޑްސް ޖެހުމާ ގުޅިގެން ވަޒީފާ ގެއްލުނު ޕައިލެޓް އެޓެންޑެންޓް އެދުނު މިންވަރަށް ބަދަލު ނުދޭން ހުކުމް ކޮށްފި

އެއިޑްސް ޖެހުމުން ފްލައިޓް އެޓެންޑެންޓެއްގެ ވަޒީފާ ގެއްލުނު ކަމަށް ބުނެ ބަދަލު ހޯދަން ހުށަހެޅި ނަމަވެސް އޭނާ އެދުނު މިންވަރަށް ބަދަލު ނަގައިދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. މެގަ މޯލްޑިވްސްގައި ވަޒީފާ އަދާކުރި މި ފްލައިޓް އެޓެންޑެންޓް މި މަސައްލައިގައި ބުނެފައިވަނީ މެގަ މޯލްޑިވްސް އާ އެކު 28 ސެޕްޓެމްބަރު 2010 އަކުން ފެށިގެ ދެ އަހަރުގެ މުއްދަތަކަށް ވަޒީފާގެ އެއްބަސްވުމެއް ވެފައިވާކަމަށެވެ. އަދި ޖޫން 2012ގައި […]
މޯލްޑިވްސް މީޑިއާ ކައުންސިލަށް މުހައްމަދު ޝާފިއު

ހުސްވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް( އެމްއެމްސީ)ގެ މެންބަރެއް ހޮވުމަށް މިއަދު ބޭއްވި އިންތިހާބު މުހައްމަދު ޝާފިއު ކާމިޔާބު ކުރައްވައިފި އެވެ. ޝާފިއު އިންތިހާބް ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި އަހުމަދު ވަހީދު އަލީ އާއި އައިޝަތު ހުސެއިން މަނިކުގެ މައްޗަށް ކުރި ހޯއްދަވައިގެން ނެވެ. ޝާފިއުއަށް 57 ވޯޓު ވޯޓު ލިބިވަޑައިގެންނެވި އިރު ވަހީދަށް 36 ވޯޓު ލިބިވަޑައިގެންނެވި އެވެ. ދެން ވާދަކުރެއްވި އައިޝަތުއަށް އެއްވެސް ވޯޓެއް ލިބިވަޑައެއް ނުގަންނަވަ އެވެ. މި އިންތިޚާބުގައި ވޯޓުލުމަށް […]
ބ އަތޮޅުގެ ތިން ރަށެއްގެ ކަރަންޓް އެއް ވިއުގައުކުން ގުޅާލަނީ

ބ.އަތޮޅުގެ ތިން ރަށެއްގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ނިންމައި މި މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ. ފެނަކައިން ބުނީ ބ އަތޮޅުގައި ކަރަންޓް އެއް ވިއުގައަކުން ގުޅަން ނިންމާފައިވަނީ އެއަތޮޅު ގޮއިދޫ އާއި ފެހެންދޫ އަދި ފުޅަދޫ ކަމަށެވެ. މޫދުގައި އަޅާ ކޭބަލް ނެޓްވޯކަކުން ކަރަންޓްގެ ގުޅާލުމަށް ނިންމާފައިވާ މި ތިން ރަށަކީ އެ އަތޮޅުގެ އެހެން ރަށަތަކާ ވަކިން އެއް ފަޅެއްގެ ތެރޭގަ އޮންނަ ތިން ރަށެވެ. ފެނަކައިން […]
ކުޑަކުއްޖަކު ބަލިވެއިނުމުގެ މައްސައިގައި ދެން ޝާމިލްވަނީވެސް ކުޑަކުއްޖެއް

މާލެ ސަރަހައްދުން 18 އަހަރުންދަށުގެ ކުޑަކުއްޖަކު ބަލިވެ އިނުމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު އެ މައްސަލައިގައި ދެން ޝާމިލް ވަނީވެސް 18 އަހަރުން ދަށުގެ ކުއްޖެއްކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ހާމަކޮށްފިއެވެ. ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުން ކުޑަކުއްޖަކު ބަލިވެ އިން މައްސައެއް އެ ސާވިސްއަށް އިއްޔެ ހަވީރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަމުގައި ދެން ޝާމިލް ވަނީ ވެސް ކުޑަކުއްޖެއް […]
ވޯލްޑް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި

ވޯލްޑް އެކްސްޕޯ ގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލައިފިއެވެ. ވޯލްޑް އެކްސްޕޯއަކީ، ބިއުރޯ އޮފް އިންޓަރނޭޝަނަލް އެކްސްޕޮޒިޝަން އިން އިންތިޒާމުކޮށްގެން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކަނޑައެޅޭ ވަކި ގައުމެއްގައި ހަމަސް ދުވަހުގެ މުއްދަތަށް ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ މިފަރު ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ބާއްވުމަށް ހަމަޖައްސާފައިވާ މި އެކްސްޕޯ ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 1 އިން, އަންނަ އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. […]
ގައިންގަޔަށް ނާރާ ބަލިތަށް ޖެހުމަށް މެދުވެރިވާ ކަންތައް ދެނެގަތުމާގުޅޭ ސާވޭ އަލުން ފަށަނީ

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ކަންތައް ދެނެގަތުމަށް ހިންގާ ”ސްޓެޕް ސާވޭ“ އަލުން ފަށަން ނިންމައފިއެވެ. މި ސާވޭ އަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ ) އިން ބުނީ މި ސާވޭގެ މަސައްކަތް މާދަމާ މާލެ ސިޓީގައ އަލުން ފަށުމަށް ހަމަޖެހިފައިވާކަމަށެވެ. މި ސާވޭ އަކީއެޗްޕީއޭ އިން އިސްނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާ ގުޅިގެން […]
އިންތިހާބުގައި މަހްލޫފަށް ވާދަކުރެވޭނެކަމަށް ނިންމައިފި

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުން ނިންމައިފި އެވެ. އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މަހުލޫފަށް އިންތިހާބުގައި ވާދަކުރެވޭނެކަމަށް ނިންމާފައިވަނީ އިންތިހާބުގައި އޭނާ އަށް ވާދަކުނުކުރެވޭނެކަމަށް ނިންމުމުން އެ މައްސަލަ އެ މަޖިލީހަށް އިސްތިއުނާފަށް ހުށަހެޅުމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފް ވާދަ ކުރައްވަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީ […]