ވޯލްޑް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

 

ވޯލްޑް އެކްސްޕޯ ގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލައިފިއެވެ.

ވޯލްޑް އެކްސްޕޯއަކީ، ބިއުރޯ އޮފް އިންޓަރނޭޝަނަލް އެކްސްޕޮޒިޝަން އިން އިންތިޒާމުކޮށްގެން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކަނޑައެޅޭ ވަކި ގައުމެއްގައި ހަމަސް ދުވަހުގެ މުއްދަތަށް ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ
މިފަރު ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ބާއްވުމަށް ހަމަޖައްސާފައިވާ މި އެކްސްޕޯ ކުރިއަށްދާނީ  އޮކްޓޫބަރު މަހުގެ 1 އިން, އަންނަ އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް، ޔޫއޭއީން ދިވެހިރާއްޖެއަށް ދައުވަތު ދީފައިވާއިރު، އެކްސްޕޯ 2020 ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ޕާޓިސިޕޭޝަން ކޮންޓްރެކްޓްގައިވަނީ ސޮއިކޮށްފައެވެ. މިއީ ވޯލްޑް އެކްސްޕޯގައި ދިވެހިރާއްޖެއިން ބައިވެރިވާ ހަތަރުވަނަ ފަހަރެވެ.

މި އެކްސްޕޯ ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން، އެކްސްޕޯ މި އަހަރުގެ އޮކްޓޫބަރު މަހަށް ފަސްކުރީއެވެ.

ދިވެހިރާއްޖެއިން މި އެކްސްޕޯގައި ބައިވެރިވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު އެކްސްޕޯގައި ފަންނުވެރި ހަރަކާތްތަށް ހުށަހަޅައި ދިނުމުގެ ދިވެހި ފަންނުވެރިންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަންނުވެރީންގެ ދަތުރު ހަރަދާއި، ހުރުމާއި، ކެއުމުގެ ހަރަދުތައް ހަމަޖައްސައިދިނުމުގެ އިތުރުން ޕާފޯމަންސް ފީއަކާއި ޕޮކެޓްމަނީ ފައިސާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ދޭން ވަނީ ނިންމަވާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި  އެކްސްޕޯއަކީ  ރާއްޖޭގެ ޓޫރިޒަމްއާއި ސަގާފަތާއި ރާއްޖޭގެ އުފެއްދުންތައް އަދި ރާއްޖޭގެ ތަރައްގީގެ ކުރިމަގު މުޅި ދުނިޔެއަށް ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ.

 

އެކްސްޕޯ 2020 ގެ ތީމަކީ ”ކަނެކްޓިންގ މައިންޑްސް، ކްރިއޭޓިންގ ދަ ފިއުޗާރ“ އެވެ. އެކްސްޕޯގެ ސަބް ތީމްސްތަކަކީ، ”އޮޕަޗުނިޓީ“، ”މޮބިލިޓީ“ އަދި ”ސަސްޓެއިނެބިލިޓީ“ އެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ ޕެވިލިއަން ބިނާވެފައިވަނީ ސަސްޓެއިނެބިލިޓީ ތީމްގެ ދަށުންނެވެ.

އޭގެ ދަށުން ދިވެހި ފަންނާނުންނަށް ވަނީ ތިން ދާއިރާއަކުން ވަނީ ފުރުސަތުހުޅުވާލާފައެވެ.

އެއީ ދިވެހި ސަގާފީ ބޮޑުބެރު (ލަވައާއި ނެށުމާއި އެކު)، ދިވެހީންގެ މިއުޒިކީ އާލާތްތަކާއި އަޑުތަކާއި ޒަމާނީ މިއުޒިކް އެކުލެވޭގޮތަށް ”ފިޔުޝަން މިޔުޒިކް“، އަދި ކުރެހުންތެރިންގެ ދާއިރާއެވެ.

މި ދާއިރާތަކުން އެކްސްޕޯގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރަޖިސްޓްރީވުމާއެކު ޕަރފޯމަންސް ވީޑިއޯ (އޮޑިޝަން ޕަރފޯމަންސް) ނުވަތަ ޕޯޓްފޯލިއޯ ހުށަހެޅުމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް، އެންސީއޭއިން ވަނީ ހުޅުވާލާފައެވެ.

އެންސީއޭއިން އިން ބުނީ އެކްސްޕޯގައި ބައިވެރިވާނެ ޕަރފޯމިން އާޓިސްޓުން އިވެލުއޭޓްކުރުމުގައި ދިވެހި ސަގާފަތް ރަމްޒުކޮށްދޭ މިންވަރަށާއި، ހުށަހެޅުންތެރިކަމާއި ހުށަހެޅުމުގެ ފެންވަރާއި، ޕޯޓުފޯލިއޯއަށް ބަލާނެކަމަށެވެ. އަދި ކުރެހުންތެރިން އިވެލުއޭޓް ކުރުމުގައި ދިވެހި ސަގާފަތާއި ދިރިއުޅުން އަދި މާހައުލު ރަމްޒުކޮށްދީފައިވާ މިންވަރަށާއި ކުރެހުމުގެ ފެންވަރުގެ އިތުރުން މަސައްކަތުގެ ތަޖުރިބާއަށް ބަލާނެކަމަށްވެސް އެ ސެންޓަރުން ހާމަކުރެއެވެ.
މި އެކްސްޕޯގެ ތެރެއިން، ޓެކްނޮލޮޖީ، މުނިފޫހިފިލުވުން، ފަންނުވެރިކަމާއި ސަގާފަތް، ކެއުންބުއިމާއި، ތައުލީމާއި، އާކިޓެކްޗާ ދާއިރާގެ އިތުރުން ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން ތަފާތު ތަޖުރިބާތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވޯލްޑް އެކްސްޕޯއަކި އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އިންޓަނޭޝަނަލް އެކްސްޕޯއަށް ވީއިރު، މިއީ ވޯލްޑް އެކްސްޕޯއެއް މެދުއިރުމަތީ ސަރަހައްދުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް