ބެލެނިވެރިންނަށް  " ގްރީން ކާޑު" ދޫކޮށް ނިމިއްޖެ

Loading

Facebook
Twitter
WhatsApp

 

ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް ”ގްރީން ކާޑު“ ދޫކުރުމުގެ މަސައްކަތް ހުރިހާ ސްކޫލެއްގައި މިހާރު ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ގްރީން ކާޑަކީ ސްކޫލްތަކަށް ދަރިވަރުން ބަލާ ދާ ބެލެނިވެރިންނަކީ ކޮވިޑް-19 އިން ދިފާއުވުމަށްޖަހާ ވެކްސިން ފުރިހަމަ ކޮށްފައި ތިބި ބައެއްކަން ކަށަވަރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައާރަފުކުރި ކާޑެކެވެ.

މި ކާޑު ޑިޒައިންކޮށް ބެލެނިވެރިންނަށް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސީ ސްކޫލް ތަކުންނެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ކަން ޔަގީން ކުރުމަށްފަހު ގްރީން ކާޑު ދޫކުރުމުގެ މަސައްކަތް ސްކޫލްތަކުގައި ފެށީ އޯގަސްޓްމަހުގެ ފަހުކޮޅު އެވެ.

އެޑިއުކޭޝަނުން ބުނީ މިހާރު ހުރިހާ ސްކޫލެއްގައި ކާޑު ބެލެނި ވެރިންނަށް ދޫކުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ.

އެޑިއުކޭޝަނުން ބުނާގޮތުން މި ކާޑް ބޭނުމަކީ ސްކޫލްތަކަކީ ދަރިވަރުންނަށް ކިޔެވުމަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމެވެ.

މިމަހުގެ އެކަކުން ފެށިގެން ވެކްސިން ފުރިހަމަނުކޮށް ތިބޭ ދުކޫލު ދަރިވަރުން ފިޔަވާ އިތުރު ފަރާތްތަކަށް ސްކޫލްތަކަށް ވަނުން ވަނީ މަނާކޮށްފައެވެ.

ބެލެނިވެރިންނަށް ވެކްސިން ފުރިހަމކޮށްގެން ނޫނީ ސްކޫލުތަކަށް ވަނުން މަނާކޮށްފައިވާއިރު އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ވެސް އަންނަނީ ވެކްސިން ޖަހަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 190 ސްކޫލެއްގެ 32500 އަށްވުރެ ގިނަ ދަރިވަރުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ.

 

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދިނުން މެދުކަނޑާލާފައި އޮތުމަށްފަހު ސްކޫލަށް ހާޒިރުވެގެން ކިޔެވުމުގެ ކަންކަން އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް