ކްރިމިނަލް ކޯޓްގެ ފަޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ކްރިމިނަލް ކޯޓްގެ ފަޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.

ކްރިމިނަލް ކޯޓަށް ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރީ  އދ.މާމިގިލި، ފްރީޕާކް، އަލްއުސްތާޒު އަލީ ނަދީމް އަދި ހ.އަސްރަފީވިލާ، އަލްއުސްތާޒު އިސްމާއީލް ޝަފީއު އެވެ.

އަލީ ނަދީމް ވަނީ މިސްރުގެ އަޒްހަރު ޔުނިވާރސިޓީއިން ޝަރީއާވަލްގާނޫނުގެ ޑިގްރީ ހާސިލުލްކުރައްވާފައެވެ. މީގެ އިތުރުން ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވެއެވެ.

އިސްމާއީލް ޝަފީއު ވަނީ ޔޫކޭގެ ކާރޑިފް ޔުނިވާރސިޓީއިން ބެޗެލާރސް އޮފް ލޯ ހާސިލްކުރައްވާފައެވެ. އަދި ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަގާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އިތުރުން އަމިއްލަ ލޯ ފާމް ތަކުގައިވެސް ވަކީލެއްގެ ހައިސިއްޔަތުން އިސްމާއިލް ޝަފީއު މަސައްކަތް ކުރައްވާފައިވެއެވެ.


ކްރިމިނަލް ކޯޓަށް އައްޔަން ކުރެވުނު ދެބޭފުޅުން އިތުރުން ތިން ރަށެއްގެ މެޖިސްޓްރޭޓްކަމުގެ މަގާމަށްވެސް ވަނީ ބޭފުޅުން އައްޔަން ކުރައްވާފައެވެ. އެއީ ބ އޭދަފުށީ ކޯޓަށާއި ޏ. ފުވައްމުލައް ކޯޓްގެ އިތުރުން ގއ. ކޮލަމާފުށީ ކޯޓެވެ.

އެގޮތުން  ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަންކުރީ ، ބ.ދަރަވަންދޫ، ކުރިކީލަގެ، މަރްޔަމް އިފްހާމް ނާޝިދުއެވެ.

މަރްޔަމް އިފްހާމް ނާޝިދު ވަނީ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗްލާ ޑިގްރީ ވިތް އޮނާސް ހާސިލްކުރައްވާފައެވެ. މީގެ އިތުރުން، މަރްޔަމް އިފްހާމް ނާޝިދު ވަނީ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓުގެ މަގާމުގައި ހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.

ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.ގެމަނަފުށި، މިސްކިތްދޮށުގެ، އަބްދުއްސަލާމް އެވެ.

އަބްދުއްސަލާމް ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލްކުރައްވާފައެވެ. މީގެ އިތުރުން، އަބްދުއްސަލާމް ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައި 4 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ·

ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، އައްޔަންކުރެއްވީ ގއ.މާމެންދޫ، މައިސަން، ވިޝާހް ވަޖީދް އެވެ.

ވަޖީދް އަކީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓެއްގެ މަގާމުގައި 1 އަހަރާއި 7 މަސް ދުވަހުގެ މުއްދަތަކަށް ހދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެބޭފުޅާވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން ބެޗްލ އޮފް ޝަރީއ އެންޑް ލޯ ހާސިލް ކުރައްވާފައެވެ.

މި ބޭފުޅުން އައްޔަން ކުރައްވާފައިވަނީ މި މަގާމަށް އިއުލާނު ކޮށް އެމަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ގާބިލުކަމަށް ފެނިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް