ކުޑަކުއްޖަކު ބަލިވެއިނުމުގެ މައްސައިގައި ދެން ޝާމިލްވަނީވެސް ކުޑަކުއްޖެއް

Loading

Facebook
Twitter
WhatsApp

 

މާލެ ސަރަހައްދުން 18 އަހަރުންދަށުގެ ކުޑަކުއްޖަކު ބަލިވެ އިނުމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު އެ މައްސަލައިގައި ދެން ޝާމިލް ވަނީވެސް 18 އަހަރުން ދަށުގެ ކުއްޖެއްކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ހާމަކޮށްފިއެވެ.

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން މިއަދު ނެރުނު  ބަޔާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުން ކުޑަކުއްޖަކު ބަލިވެ އިން މައްސައެއް އެ ސާވިސްއަށް އިއްޔެ ހަވީރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަމުގައި ދެން ޝާމިލް ވަނީ ވެސް ކުޑަކުއްޖެއް ކަމަށެވެ.

“ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިކަމުގައި ދެން ޝާމިލް ވަނީ ވެސް 18 އަހަރުން ދަށުގެ ކުއްޖެއް“ އެ ނޫސް ބަޔާނުގައި ވެއެވެ.

އެ ސާވިސް އިން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާ ގުޅިގެން އަޅާފައިވާނެކަމަށެވެ. އަދި މި ކަމާގުޅިގެން މި ކުދިންގެ އާއިލާއަށް ބޭނުންވާ ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް