އިންތިހާބުގައި މަހްލޫފަށް ވާދަކުރެވޭނެކަމަށް ނިންމައިފި

Loading

Facebook
Twitter
WhatsApp

 

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުން ނިންމައިފި އެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މަހުލޫފަށް އިންތިހާބުގައި ވާދަކުރެވޭނެކަމަށް ނިންމާފައިވަނީ އިންތިހާބުގައި އޭނާ އަށް ވާދަކުނުކުރެވޭނެކަމަށް ނިންމުމުން އެ މައްސަލަ އެ މަޖިލީހަށް އިސްތިއުނާފަށް ހުށަހެޅުމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފް ވާދަ ކުރައްވަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ.

ނަމަވެސް އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވާކަމަށް ބުނެ އިންތިހާބުގައި މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެކަން މަހްލޫފަށް އެންގުމުން އެމްޑީޕީގެ ޝަކުވާ ބަލާ ކޮމެޓީއަށް މަހުލޫފް މައްސަލަ ހުށައެޅިއެވެ. ނަމަވެސް އެ ކޮމެޓިން ނިންމި ނިންމުމުގައި ބުނެފައިވަނީ ދާއިރާ އިންތިހާބުގައި ކުރިމަތިލުމުގެ ހަތަރުވަނަ ޝަރުތުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަށް އެދި އޭސީސީން އެއްވެސް އިދާރާއަކަށް ފޮނުވާފައިވާ މީހަކަށް އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މި މައްސަލަ މަހްލޫފް އިލެކްޝަން ކޮމިޝަން ) އީސީ( އަށް ވެސް ހުށަހެޅުއްވިއެވެ. މަހްލޫފް އެ މައްސަލަ އީސީއަށް ހުށަހެޅީ އެމްޑީޕީގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޗެއާޕާސަން ހަސަން ލަތީފަށް ޝަކުވާ ފޮނުއްވުމުން އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާތީއެވެ.

އެގޮތުން އެ މައްސަލަ އީސީއަށް ހުށަހެޅީ އެމްޑީޕީގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޗެއާޕާސަން ހަސަން ލަތީފަށް ޝަކުވާ ފޮނުއްވުމުން އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާތީއެވެ.

މަހުލޫފަށް ވާދަނުކުރެވޭ މައްސަލައިގައި އީސީއަަށް ވަކި ގޮތެއް ނިންމޭކަށް ނެތްކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ. ނަމަވެސް މަހުލޫފްގެ މައްސަލާގައި އެ ޕާޓީން އަމަލުކުރި ގޮތް ގޯސްކަން އީސީންވެސް ވަނީ ފާހަގަ ކޮށްފައެވެ.

މަހްލޫފަށް އިންތިހާބުގައި ވާދަކުރެވޭނެކަމަށް ނިންމާފައިވާއިރު އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް ވެސް އެމްޑީޕީން ވަނީ އާންމުކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް