މޯލްޑިވްސް މީޑިއާ ކައުންސިލަށް މުހައްމަދު ޝާފިއު

Loading

Facebook
Twitter
WhatsApp

 

ހުސްވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް( އެމްއެމްސީ)ގެ މެންބަރެއް ހޮވުމަށް މިއަދު ބޭއްވި އިންތިހާބު މުހައްމަދު ޝާފިއު ކާމިޔާބު ކުރައްވައިފި އެވެ.

ޝާފިއު އިންތިހާބް ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި އަހުމަދު ވަހީދު އަލީ އާއި އައިޝަތު ހުސެއިން މަނިކުގެ މައްޗަށް ކުރި ހޯއްދަވައިގެން ނެވެ. ޝާފިއުއަށް 57 ވޯޓު ވޯޓު ލިބިވަޑައިގެންނެވި އިރު ވަހީދަށް 36 ވޯޓު ލިބިވަޑައިގެންނެވި އެވެ. ދެން ވާދަކުރެއްވި އައިޝަތުއަށް އެއްވެސް ވޯޓެއް ލިބިވަޑައެއް ނުގަންނަވަ އެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 103 މީޑިއާއަކުން ރަޖިސްޓްރީ ވެފައި ވާއިރު  ވޯޓު ލާފައިވަނީ 93 މީޑިއާ އަކުންނެވެ.

އިންތިހާބު ބޭއްވީ އެ ކައުންސިލްގެ އާންމު މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ

މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވާއިދު ބުނާގޮތުން މީޑިއާ ކައުންސިލްގެ މެމްބަރެއްގެ މަގާމު ހުސްވާތާ 28 ދުވަސް ތެރޭ މެމްބަރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރަންޖެހެއެވެ. މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ދައުރަކީ ދެ އަހަރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް