ގައިންގަޔަށް ނާރާ ބަލިތަށް ޖެހުމަށް މެދުވެރިވާ ކަންތައް ދެނެގަތުމާގުޅޭ ސާވޭ އަލުން ފަށަނީ

Loading

Facebook
Twitter
WhatsApp

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ކަންތައް ދެނެގަތުމަށް ހިންގާ ”ސްޓެޕް ސާވޭ“ އަލުން ފަށަން ނިންމައފިއެވެ.

މި ސާވޭ އަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ ) އިން ބުނީ މި ސާވޭގެ މަސައްކަތް މާދަމާ މާލެ ސިޓީގައ އަލުން ފަށުމަށް ހަމަޖެހިފައިވާކަމަށެވެ.

 

މި ސާވޭ އަކީއެޗްޕީއޭ އިން އިސްނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާ ގުޅިގެން ކުރިޔަށް ގެންދާ ސާވޭއެކެވެ.

 

ރާއްޖޭގެ ހުރިހާ ހިސާބެއް ތަމްސީލުވާ ގޮތަށް 2019 ވަނަ އަހަރު  ފެށި ސްޓެޕް ސާވޭ މެދުކަނޑާލީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

އެޗްޕީއޭން ބުނީ މި ސާވޭ އަލުން ފަށަން ނިންމީ ކޮވިޑްގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށްފައި ކަމަށާ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ސާވޭ ނިންމުންކަމަށެވެ.

އެޗްޕީއޭން ބުނީ ސާވޭ ކުރުމަށް ގުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތް ކުރާނެކަމަށެވެ. ސާވޭގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތިބޭނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީން މިކަމަށް ދޫކޮށްފައިވާ ފާހެއް އަޅައިގެންނެވެ.

އަދި އެ ސާވޭ ކުރިއަށްގެންދިއުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް