ހިޔާ ފްލެޓްތައް ބަދަލުކުރަން ބޭނުންވި ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރަންފަށައިފި

Loading

Facebook
Twitter
WhatsApp

 

 

ހިޔާ ފުލެޓްތައް ލިބުނު ދެ ފަރާތެއްގެ ދެމެދުގައި ފްލެޓްތައް ބަދަލުކުރަން އެދި ހުށަހަޅާފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.

އެޗްޑީސީން ބުނީ ލިބުނު ފްލެޓް އެހެން ފްލެޓަކަށް ބަދަލުކުރަން 400 މީހަކު އެދިފައިވާ ކަމަށާ އެ ފަރާތްތަކާއި އެކުގައި ކުރެވޭ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރަން ފަށާފައިވާ ކަމަށެވެ.

މި އެއްބަސް ވުންތަކުގައި ސޮއިކުރުން ކުރިއަށް ދަނީ ހުޅުމާލޭގެ ހުރަވީ ސްކޫލްގައެވެ.

އެޗްޑީސީން ބުނީ ހުރަވީ ސްކޫލުގައި މި އެއްބަސްވުންތަކުގައި ސޮއިކުރަމުންދާއިރު، އެންމެ ފުރަތަމަ ސޮއިކުރުމަށް ތާވަލު ކޮށްފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބުރާސްފަތި ދުވަހާ ހަމައަށް މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތައްކަމަށެވެ.

އަދި ބޭނުންވާ މައުލޫމާތުތައް ކަށަވަރުކޮށް ނުނިމި ހުރި ފަރާތްތަކުގެ މައުލޫމާތު ކަށަވަރު ކުރެވުމުން، އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތު ދޭނެކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ. ފްލެޓްތައް ލިބުނު 5000 އަށް ވުރެ ގިނަ މީހުން އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އަދި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 250 މީހަކު ވިނަރެސް ފްލެޓަށް ބަދަލުވުމަށް ނަންނޯޓު ކޮށްފައިވާކަމަށެވެ.

ވިނަރެސް އިން ފްލެޓަށް އެދި ފައިވާ ބައެއް ފަރާތްތަކުން އަނެއްކާވެސް އެބުރި ހިޔާ ފްލެޓް ބޭނުންވެގެން ހައުސިން މިނިސްޓްރީއަށް ދަނީ ހުށަހަޅަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް