އެއާ އަސްތާނާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

  ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އަސްތާނާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ. އެއާ އަސްތާނާގެ ދަތުރުތައް އިތުރުކޮށްފައި މިވަނީ ކޮވިޑްގެ ހާލަތު ގޯސްވެ ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެން އެ އެއާލައިނުގެ ދަތުރުތައް މިއަހަރުގެ ކުރީކޮޅު މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފަށުމާއެކުއެވެ. އެއާ އަސްތާނާއިން ވަނީ ރާއްޖެއަށް ހަފްތާއަކު ހަތަރު ދަތުރުކުރުމަށް ނިންމާފައެވެ. އެގޮތުން ހަފްތާގެ ދުވަސްތަކުގެ ތެރެއިން  ހޮނިހިރު ، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ދަތުރުތައް ބޭއްވުމަށް އެ އެއާ ލައިނުންވަނީ […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

  ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒުރުކުރަން މީހަކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން ހޯދަމުން ދަނީ ތ. ވިލުފުށި، އަބްލަޣީގެ، ހުސައިން ނިޔާޒް (43އ) އެވެ. ފުލުހުން ބުނީ ހުސައިން ނިޔާޒަކީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވުމުގެ ސަބަބުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ހޯދަމުން ދާ މީހެއް ކަމަށެވެ. ފުލުހުން ބުނީ އޭނާ  ބަންދުގައި ބަހައްޓައިގެން މާދަމާ 12:00 […]

ރެސްޓޯރެންޓެއްގެ ކައުންޓަރުމަތީ އޮތް ފޯނެއް ވަގަށްނެގިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

  ރެސްޓޯރެންޓެއްގެ ކައުންޓަރުމަތީ އޮތް ފޯނެއް ވަގަށްނެގިކަމުގެ ތުހުމަތުކުރެވޭ މީހަކު ހޯދަން އެ މީހާގެ ވީޑިއޯ ފުލުހުން އާންމު ކޮށްފި އެވެ. ފުލުހުން މިއަދު އާންމުކުރި ވީޑިއޯގައި ފެންނަނީ ގަދަ ނޫކުލައިގެ ގަމީހަކާއި އެކުލައިގެ ޖިންސެއް ލައިގެން ހުރި ޒުވާނަކު ކައުންޓަރެއްގެ މަތީގައި އޮތް ފޯނެއް ނަގައިގެން ދާ މަންޒަރެވެ. https://www.youtube.com/watch?v=RqBt4v8Qag ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުންނަ ރެސްޓޯރެންޓެއްގެ ކައުންޓަރު މަތީގައި އޮތް […]

މާލޭ ޖަލުގައި ބަންދު މީހަކު މަރުވެއްޖެ

    ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެއެވެ. ޖަލުގައި ހުއްޓާ މަރުވެފައިވަނީ މ. މަލަސް، އިސްމާއީލް ޝަބީން 46، އެވެ. ކަރެކްޝަނުން ބުނީ ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި ރޭ ހަތެއް ޖަހާއެހާއްކަށް ހާއިރު އިސްމާއިލް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ. އޭނާ މަރުވީ ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް ކޮށް 19:30 ގައެވެ. ކަރެކްޝަނުން ބުނީ އިސްމާއިލަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ […]

ރާއްޖެއިން ބަންގްލަދޭޝާއި ނޭޕާލަށް ކޮވިޑް ވެކްސިން ހަދިޔާކޮށްފި

    ރާއްޖެއިން ބަންގްލަދޭޝް އާއި ނޭޕާލަށް ކޮވިޑް ވެކްސިން އިއްޔެ ހަދިޔާ ކޮށްފިއެވެ. ރާއްޖެއިން ބަންގްލަދޭށަށާއި ނޭޕާލަށް ހަދިޔާކޮށްފައިވަނީ އެސްޓްރަޒެނެކާ ވެކްސިން އެވެ. އެ ދެ ގައުމުން ކޮންމެ ކޮންމެ ގައުމަކަށް ދެލައްކަ އަށް ވުރެ ގިނަ ޑޯޒް ރާއްޖެ ސަރުކާރުން ވަނީ ހަދިޔާކޮށްފައިއެވެ. ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާ ހަވާލާދީ ބަންގްލަދޭޝްގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން 201,600 އެސްޓްރަޒެނެކާ ވެކްސިން އެޤައުމަށް ވަނީ ހަދިޔާ ކޮށްފައެވެ. ހިލޭ އެހީގެ […]

ކިނޮޅަހު ބަނދަރު ބަންދުވެ ރައްޔިތުން އިހުތިޖާޖަށް

  ރ. ކިނޮޅަހު ބަނދަރަށް ވެލިއަރައި ބަނދަރު ބައްދާލައިފައި އޮތްއޮތުމަށް ހައްލެއް ނުލިބޭތީ ރަށުގެ ރައްޔިތުން އިހުތިޖާޖު ކޮށްފިއެވެ. ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ފޮޓޯޓަކުން ފެންނަ ގޮތުގައި ބަނދަރުގެ ނެރުމައްޗާއިއެކު ވެލިތަށް އަރައި ބަނދަރުން ވަނީ ފިނޮޅެއް އުފެދިފައެވެ. ދޯނިފަހަރަށް ބަނދަރު ތެރެއަށް ވަދެވޭނެހާ ޖާގަވެސް ނެތެއެވެ. ލަފާފުރުމަށް ބޮޑު ބުރައަކަށް ވުމުން ރަށުގެ ރައްޔިތުންވަނީ އިއްޔެ ހަވީރު އިހުތިޖާޖު ކޮށްފައެވެ. އެމީހުން އިހުތިޖާޖު ކޮށްފައިވަނީ ފިނޮޅެއްހެން އޮތް އެ ވެލިތަކުގެ މަތީގައެވެ. އިހުތިޖާޖުގައި ބައިވެރިވި ކިނޮޅަހުގެ […]

ރައީސް ޔާމިން ކަފާލާތުގެ ދަށުން ދޫނުކުރަން ނިންމައިފި

    މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުއްލާ ޔާމީން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. ކަފާލާތުގެ ދަށުން ރައީސް ޔާމިން ދޫކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން މިއަދު  ގޮތެއް ނިންމާފައިވާއިރު ރައުޔު ނެރެދެއްވީ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސާތުގައި އިންނަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އެ ރައުޔަށް ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު ޑރ. މުހައްމަދު […]

މުދައްރިސުންގެ މަސައްކަތަކީ ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެއް: ރައީސް

  ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން ކުރައްވަމުން އަންނަ މަސައްކަތަކީ ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެއްކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅވެއްޖެެއެވެ. މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ މުދައްރިސުންނަކީ އަގުނުކުރެވޭވަރުގެ ބޮޑު މަސައްކަތެއްކުރައްވާ މަސައްކަތެއް ކުރައްވާ ބައެއް ކަމަށެވެ. ”ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެއް. މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު […]

ނުބައި އިޖެކްޝަނެއް ޖެހުމުގެ ސަބަބުން ކުޑަކުއްޖަކު މަރުވި ކަމުގެ ތުހުމަތު

    ފުވައްމުލައް ސިޓީ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ކުޑަކުއްޖަކު ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށާ އެ ކުއްޖާ މަރުވީ ނުބައި އިންޖެކްޝަނެއް ޖެހުމުން ކަމަށް އާއިލާއިން ތުހުމަތުކޮށްފިއެވެ. އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ނިޔާވީ އެ ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް ރޭ ގައެވެ. އާއިލާއިން ބުނަނީ އެ ކުއްޖާގެ ހާލު ސީރިއަސް ވީ އިއްޔެ ހަވީރު ކުއްލިއަކަށް ކަމަށާ ހާލު ގޯސްވީ އިންޖެކްޝަން ޖެހި ފަހުންކަމަށެވެ. ކުޑަކުއްޖާގެ މާރާ ގުޅިގެން އާއިލާއިން ވާހަކަދެއްކި […]

ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމައަށް ސައިކަލެއް ހަދިޔާކޮށްފި

  ހުޅުމާލޭ ދެވަނަ ފިޔަވމަަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓަށް ދާން ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމަ އަށް ލިޓަސް އިން ސައިކަލެއް ހަދިޔާކޮށްފި އެވެ. ލިޓަސް އިން ބުނީ  ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމަ ކަމުގައިވާ ވަސީމާ މުހައްމަދަށް އެ ކުންފުނީގެ ފަރާތުން ސައިކަލެއް ހަދިޔާކޮށްފައިވާ ކަމަށާއި އެ ސައިކަލަށް ދެ އަހަރުދުވަހު ހިލޭ ސާވިސްކޮށްދިނުމުގެ އިތުރުން ދެ އަހަރު ދުވަހު ދުއްވުމަށް ބޭނުންވާނެ ޕެޓްރޯލް ހަރަދުވެސް ދޭނެ ކަމަށެވެ.  ލިޓަސް އިން ވަސީމާއަށް […]