ރައީސް ޔާމިން ކަފާލާތުގެ ދަށުން ދޫނުކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

 

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުއްލާ ޔާމީން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމިން ދޫކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން މިއަދު  ގޮތެއް ނިންމާފައިވާއިރު ރައުޔު ނެރެދެއްވީ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސާތުގައި އިންނަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އެ ރައުޔަށް ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއިދުކުރައްވާފައެވެ.

ކޯޓުން އިއްވި އަމުރުގައިވާ ގޮތުގައި ކަފާލާތަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ބަންދުން ދޫކޮށްލުމަށް ކޯޓުތަކަށް ދީފައިވާ އިހްތިޔާރެއްކަމަށެވެ.  އަދި, އެއީ ކުށްވެރިންނަށް އޮތް ހައްގެއް ނޫން ކަމަށާ، ކުށްވެރިވުމަށްފަހު ކަފާލާތުގެ ދަށުން ބަންދުން ދޫކުރުމަކީ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނެތް އުސޫލެއްކަން އަމުރުގައި ފާހަގަކުރި އެވެ.

އަދި ކުށްވެރިންނަށް ކަފާލާތުގެ ހައްގު ދީފި ނަމަ ހަމަހަމަކަމާއި އެކު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެ ކަމަށާ އެކި މައްސަލަތަކުގައި އެކި ގޮތައް އަމަލުކޮށް ހަމަހަމަކަން ގެއްލިދާނެ ކަމަށް ވެސް ފަޑިޔާރު އިއްވެވި އަމުރުގައި ވެއެވެ.

ނަމަވެސް, ޔާމީން މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއެކު ކޮށްފައިވާ ފަަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުން ސުޕްރީމް ކޯޓުން ފަސްކޮށްދިނެވެ. ތިން ފަނޑިޔާރުން ވެސް އެއްބަސްވީ ޖޫރިމަނާގެ ފައިސާއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ޔާމީންގެ މައްޗަށް ނޭޅުމަށް އަމުރު ކުރުމަށެވެ.

އަދި މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ވެސް ނެރޭނެ ތަނެއް ނެތް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް